ސާފް ޗެމްޕިއަންޝިޕް ބާއްވަން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް: ރައީސް

Aug 9, 2021, 12:25 PM
2019 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން މެޗަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަލޮޅު ދަނޑަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

2019 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިން މެޗަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަލޮޅު ދަނޑަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު މިއަދު ރާއްޖެ އަށް ލިބުމަކީ ބޮޑު އުފަލެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2008 ވަނަ އަހަރު ސްރީލަންކާ ގުޅިގެންނެވެ. ރާއްޖޭން އޭގެ ފަހުން ހޯސްޓްކުރި ހަމައެކަނި ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތަކީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ރާއްޖޭން ބިޑް ކާމިޔާބުކުރީ ނޭޕާލާ ވާދަކޮށެވެ. ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ގައުމެއްގެ ތާއީދު ލިބުނީ ރާއްޖޭގައި މުބާރާތް ބާއްވާށެވެ.

Advertisement

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މި މުބާރާތް ރާއްޖޭގައި ބޭއްވުމަށްޓަކައި އެފްއޭއެމާ ގުޅިގެން މަސައްކަތް ކުރި ހުރިހާ ފަރާތަކަށް މަރުހަބާ ދަންނަވާކަމަށެވެ. ރައީސް ވަނީ މިއީ ރާއްޖެ އަށް ލިބުނު ބޮޑު އުފަލެއް ކަމުގައި ވިދާޅުވެފަ އެވެ.

ސާފް ބޭއްވުމުގެ ބިޑް ރާއްޖޭން ކާމިޔާބު ކުރުމުން އެކަމަށްޓަކައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެފްއޭއެމާއި މި ކަމުގައި ޝާމިލުވި އެންމެނަށް މަރުހަބާ ދަންނަވައިފަ އެވެ. ނައިބު ރައީސް ވިދާޅުވީ މިއީ ކާމިޔާބު އިވެންޓަކަށް ވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

މިހާރު އޮތްގޮތުން މި ފަހަރުގެ ސާފް ބާއްވަން ތާވަލު ކޮށްފައިވަނީ އޮކްޓޫބަރު 1-15 އަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމި މުބާރާތެކެވެ. އެކަމަކު މި އަހަރަށް ފަސްކުރަން ޖެހުނީ މިދިޔަ އަހަރު ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުންނެވެ. ގިނަ މަސައްކަތްތަކެއް ކޮށްގެން ވެސް މި އަހަރު ބަންގްލަދޭޝްގައި މުބާރާތް ހޯސްޓްކުރަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއްނުވި އެވެ. އެހެންވެ، ޖެހުނީ މުބާރާތް ބާއްވާނެ ގައުމެއް ކަނޑައަޅަން ބިޑަށް ހުޅުވާލާށެވެ. ބިޑް ކާމިޔާބުކުރީ ރާއްޖޭންނެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގަ އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖޭން ވަނީ ދެ ވަނަ ފަހަރަށް ސަރަހައްދުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޔަގީނުން ވެސް ޕާކިސްތާނަށް ނުކުޅެވޭނެ އެވެ. އެއީ އެ ގައުމު މި ވަގުތު އޮތީ ފީފާގެ ސަސްޕެންޝަނެއްގައި ކަމަށްވާތީ އެވެ. ބޫޓާނުން މީގެ ކުރިން މުބާރާތުގައި ނުކުޅެވޭނެކަމަށް އަންގާފައިވީ ނަމަވެސް މުބާރާތް ރާއްޖޭގައި ހޯސްޓްކުރާނަަމަ ބޫޓާން ވެސް ކުޅުމުގެ ފުރުސަތު ބޮޑެެވެ. ބޫޓާނުން މިއަދުގެ ސާފް ބައްދަލުވުުގައި އަންގާފައިވަނީ މުބާރާތުގައި ބައިވެރިވުވާ މެދު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ ގޮތެއް ނިންމާނެ ކަމަށެވެ.

މި ވަގުތު ސާފްގައި ބައިވެރިވާނެކަން އިއުލާނު ކޮށްފައިވަނީ ރާއްޖެ، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ. ފަސް ޓީމުގެ މެދުގައި ކުޅޭނަމަ ފުރަތަމަ އޮންނާނީ ލީގު ބުރެކެވެ. އެ އަށް ފަހު އެންމެ މަތިން ނިންމާ ދެ ގައުމެއް ފައިނަލްގައި ކުޅޭގޮތަށެވެ. ބޫޓާން ވާދަކުރާނަމަ މުބާރާތް ބާއްވާނީ ހަ ޓީމުގެ މެދުގައި ދެ ގްރޫޕަށް ބަހާލައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox