ސިޓީ ކައުންސިލާ އެކު މަސައްކަތްކުރާނެ މަންދޫބުން ކުރިމަތިލާން ހުޅުވާލައިފި

މާލޭގެ މޭޔަރު މުއިއްޒު އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން މާލޭގެ ރަށްވެހިންނާ ބައްދަލު ކުރައްވަނީ: މާލޭ ބްލޮކް ތަކުގެ ވެރިންނަށް ވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި-- ފޮޓޯ: މުއިއްޒް ކެމްޕެއިން

މާލޭގެ މޭޔަރު މުއިއްޒު އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން މާލޭގެ ރަށްވެހިންނާ ބައްދަލު ކުރައްވަނީ: މާލޭ ބްލޮކް ތަކުގެ ވެރިންނަށް ވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައި-- ފޮޓޯ: މުއިއްޒް ކެމްޕެއިން

މާލޭގެ ބްލޮކްތަކުގެ ވެރިން ކަނޑައެޅުމަށް އިންތިހާބެއް ބާއްވަން ނިންމައި އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ސިޓީ ކައުންސިލުން އިއްޔެ ހުޅުވާލައިފި އެވެ.

ބުލޮކްތަކުގެ ވެރިން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އޮކްޓޫބަރު ނުވަ ވަނަ ދުވަހެވެ. އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދުން ފެށިގެން މިމަހުގެ 26 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ބްލޮކްތަކުގެ ވެރިން ހޮވަނީ، ސިޓީ ކައުންސިލާ އެކު ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކަމަށެވެ. ކައުންސިލްގެ ޕްލޭންތަކާއި މަސައްކަތްތައް އަދި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގައި ވެސް އެ މަންދޫބުންގެ އިސް ދައުރެއް އޮންނާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިއީ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރާނެ އަދި މުއާމަލާތްކުރާނެ މަންދޫބުންތަކެއް،" މުއިއްޒު ވިދާޅުވި އެވެ.

ކުރިމަތިލެވޭ މީހުންގެ ޝަރުތުތައް

  • އަށާރަ އަހަރު ފުރިފައިވާ ދިވެއްސެއްކަމުގައި ވުން.
  • އެ މީހަކު އެ ކުރިމަތިލާ ބުލޮކެއްގައި ދިރިއުޅޭ މީހެއްކަމުގައިވުން.
  • ވައްކަން، ޓެކުން، ފޭރުން، ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިނުވާ މީހެއް ކަމުގައިވުން.
  • އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް، ޖިންސީ ޖިސްމާނީ ހާނިއްކައެއް ކުރި މައްސަލައެއްގައި ހިމެނޭ މީހަކަށް ނުވުން.
  • ޖިނާއީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް ތަންފީޒު ކުރެވުނުތާ ތިން އަހަރު ވެފައިވުން.
  • އިންތިހާބު ކުރެވޭ އެއްވެސް އެހެން މަގާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
  • މުސްތަގިއްލު މުއައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރާ މީހެއް ކަމުގައި ނުވުން.

އިންތިހާބަށް ކުރިމަތިލާ ފޯމް ހުށަހަޅަން ޖެހެނީ އެ ބްލޮކެއްގައި ދިރިއުޅޭ 10 މީހެއްގެ ސޮޔާއެކު އެވެ. ބްލޮކް ވެރިންނަކީ މުސާރަ ލިބޭ މަގާމެއް ނޫން ކަމަށް ކައުންސިލުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox