ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ބަންދުކޮށްފައިވާ މަގުތަކެއް ހުޅުވާލަން އަންގައިފި

މާލޭ ސިޓީ މޭޔަރު މުއިއްޒު: ދެ ކުންފުންޏަކުން ބަންދުކޮށްފައިވާ މަގުތަކެއް ހުޅުވާލަން ވަނީ އަންގާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

މާލޭ ސިޓީ މޭޔަރު މުއިއްޒު: ދެ ކުންފުންޏަކުން ބަންދުކޮށްފައިވާ މަގުތަކެއް ހުޅުވާލަން ވަނީ އަންގާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ބަންދުކޮށް، އެ ދެ ކުންފުނީގެ އިމާރާތުގެ ގޯތީގެ ތެރެއަށް ވައްދާފައިވާ މަގުތަކެއް ހުޅުވާލަން ސިޓީ ކައުންސިލުން އަންގައި، އެކަމަށް މުހުލަތެއް ދީފި އެވެ.

ސިޓީ ކައުންސިލުން ހުޅުވާލަން އަންގާފައިވަނީ ސްޓެލްކޯއިން ބަންދުކޮށްފައިވާ ތިން މަގަކާއި އެމްޑަބްލިއެެސްސީން ބަންދުކޮށްފައިވާ ދެ މަގެއްގެ ބައެކެވެ.

ހުޅުވާލަން އަންގާފައިވަނީ ސްޓެލްކޯގެ ހެޑް އޮފީހާއި ކުޑަކުދިންގެ ޕާކާ ދެމެދު އޮންނަ ކުޑަ ގޯޅި އާއި ހެޑް އޮފީހާއި ޕާކްގެ ފަހަތަށް އޮންނަ މަގެވެ.

އަދި، ސްޓެލްކޯގެ ހެޑް އޮފީސް ފަހަތަށް އޮތް ކޮއްޓާ ޖެހިގެން އޮންނަ ދޮންއަދަރާދަ ހިނގުމުގެ ބައެއް ވެސް ހުޅުވާލަން ސިޓީ ކައުންސިލުން އެންގި އެވެ.

އެމްޑަބްލިއުއެސްސީއަށް އަންގާފައިވަނީ އެ ކުންފުނީގެ ހެޑް އޮފީސް ވަށާ އޮންނަ ފަޅުމަތީ މަގާއި ނިކަގަސް ހިނގުމުގެ ބަންދުކޮށްފައިވާ ސަރަހައްދު ހުޅުވާލުމަށެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވި ގޮތުގައި އެ މަގުތައް ހުޅުވާލަން އެންގީ، އެ މަގުތައް ބަންދުކޮށްފައިވާތީ ދިމާވާ ދަތި އުނދަގޫތަކުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާތީ އެވެ.

ދެ ކުންފުންޏަށް މަގުތައް ހުޅުވާލަން ސިޓީ ކައުންސިލުން ދީފައިވަނީ އެއް މަސް ދުވަހުގެ މުއްދަތެއް ކަމަަށް މުއިއްޒު ވިދާޅުވި އެވެ.

ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ މަސައްކަތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ބަންދުކޮށްފައިވާ މަގުތައް ހުޅުވާލަން އަންގާފައިވާއިރު، ސްޓެލްކޯއިން ވަނީ އެ މަގުތައް ބަންދުކުރުމަށްފަހު އެ ސަރަހައްދުގައި މަސައްކަތްތައް ވެސް ކުރަމުންނެވެ.

ދެ ކުންފުންޏަކުން ބަންދުކޮށްފައިވާ މަގުތައް ހުޅުވާލަން ސިޓީ ކައުންސިލުން އަންގާފައިވާއިރު އިންޑަސްޓްރިއަލް ވިލެޖުގައި ސްޓެލްކޯއަށް ދީފައިވާ ބިމެއް ވެސް ސިޓީ ކައުންސިލުން ވަނީ ހުސްކޮށްފަ އެވެ. އެތަން އެންގުމަކާ ނުލައި ހުސްކުރި މައްސަލާގައި ސްޓެލްކޯއިން ފުލުހަށް ވެސް ދިޔަ އެވެ.

ޕްލޭނިން މިނިސްޓްރީން މިހާރު ވަނީ އެ ބިމަކީ ސިޓީ ކައުންސިލްގެ ބިމެއް ނޫން ކަމަށް އެ ކައުންސިލަށް އަންގާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox