ލަޑަކްގައި ތިބި އިންޑިއާ އަދި ޗައިނާ ސިފައިން ހަތިޔާރު ބަހައްޓާ ސުލްހަވެއްޖެ

ލަޑަކް ސަރަހައްދުގައި އިންޑިއާ އަދި ޗައިނާ ސިފައިން.-- ފޮޓޯ: ނޭޝަނަލް ހެރަލްޑް އިންޑިއާ

ލަޑަކް ސަރަހައްދުގައި އިންޑިއާ އަދި ޗައިނާ ސިފައިން.-- ފޮޓޯ: ނޭޝަނަލް ހެރަލްޑް އިންޑިއާ

ނިއު ދިއްލީ، އިންޑިއާ (އޯގަސްޓު 6) - އިންޑިއާ އާއި ޗައިނާގެ ހިޔާލު ތަފާތުވުން ބޮޑު ބޯޑަރު ސަރަހައްދުގައި މިދިޔަ އަހަރު ނުރައްކާތެރި ކުރިމަތިލުންތަކެއް ހިނގި ލަޑަކް ހިސާބުން ދެ ގައުމުގެ ސިފައިން އަނބުރާ ގެންގޮސްފި އެވެ.

ހިމަލަޔާ ފަރުބަދަ ސަރަހައްދުގައި އޮންނަ އުސް ލަޑަކް ހިސާބުގައި މިދިޔަ އަހަރު ދެ ގައުމުން ހަމަލާ ބަދަލު ކުރުމަށް ފަހު އެތައް ހާސް ސިފައިންނެއް ފޮނުވާ ހަނގުރާމަ ފަށަން ތައްޔާރުވި އެވެ.

އިންޑިއާ އަސްކަރިއްޔާ އިން ބުނީ މަޝްވަރާ ކުރުމަށް ފަހު ފާއިތުވި ދެ ދުވަސް ތެރޭގައި ޗައިނާ ސިފައިން ހަތިޔާރު ބެހެއްޓުމަށް ފަހު އަނބުރާ ގޮސްފައިވާ ކަމަށެވެ.

"މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން އެ ސަރަހައްދުގައި ދެ ގައުމުގެ ސިފައިން ވެސް ތިބީ ކޮންމެ ވަގުތަކު ވެސް ހަމަލާ ދޭން ތައްޔާރަށް،" އިންޑިއާ އަސްކަރިއްޔާގެ ބަޔާނުގައި ބުންޏެވެ.

މިދިޔަ އަހަރު ޖޫން 15 ވަނަ ދުވަހު ލަޑަކް ކައިރީގައި އޮންނަ ގަލްވަން ވެލީގައި އިންޑިއާ އާއި ޗައިނާ ސިފައިން ހަމަލާ ބަދަލުކުރި އެވެ. އެ ހަމަލާތަކުގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވި އެވެ. ޗައިނާއިން މަރުވި ސިފައިންގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.

އެ ހަމަލާތަކާ އެކު ދެ ގައުމުގެ ވާދަވެރި ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ދެ ވަނަ އަހަރު ބޯޑަރު ސަރަހައްދުގައި އިންޑިއާ އާއި ޗައިނާއިން ހަނގުރާމަ ކުރި އެވެ. އޭރުން ފެށިގެން ވެސް ޖެހިފައި އޮތް މައްސަލައަކީ ބިމުގެ މައްސަލަ އެވެ. ދެ ގައުމުގެ މެދުގައި ނުރަސްމީ ބޯޑަރު "ލައިން އޮފް އެކްޗުއެލް ކޮންޓްރޯލް (އެލްއޭސީ)" ގާއިމްކޮށްފައި ވާއިރު ބޯޑަރު ފޫ އަޅުވާލުމަށް ފަހު ބިން ހިފަން އުޅޭ ކަމަށް އެއް ގައުމުން އަނެއް ގައުމަށް ތުހުމަތު ކުރެ އެވެ.

ލަޑަކް ހިސާބަށް އެތައް ހާސް ސިފައިން ފޮނުވައި ހަނގުރާމަ ފަށަން ތައްޔާރަށް ތިބިއިރު، ދެ ގައުމުން ވަނީ މައްސަލަ ހައްލު ކުރެވޭތޯ ގިނަ އަދަދެއްގެ އަސްކަރީ އަދި ޑިޕްލޮމެޓިކް މަޝްވަރާތައް ބާއްވާފަ އެވެ. އެންމެ ފަހުގެ މަޝްވަރާތައް އޮތީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އިންޑިއާ ސިފައިން ބުނީ އެ ސަރަހައްދުގައި ގާއިމް ކުރި ހުރިހާ ވަގުތީ ސްޓްރަކްޗާއެއް ނެގުމަށް ފަހު އާއްމު ހާލަތަށް ރުޖޫއަވެފައިވާ ކަމަށެވެ.

"މި އެއްބަސްވުމުން ލިބޭ ޔަގީންކަމަކީ މި ސަރަހައްދުގެ އެލްއޭސީއަށް ދެ ގައުމުން ވެސް ފުރިހަމަ އަށް އިހްތިރާމުކޮށް، އެއާ އެއް ގޮތަށް އަމަލު ކުރާނެ ކަން".

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox