ލަންކާގެ ހޮސްޕިޓަލްތައް ފުރި ކޮވިޑް ބަލި މީހުންނަށް ފަރުވާ ނުލިބި މަރުވަނީ!

މިދިޔަ ބުރާސްފަތި ދުވަހު ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި އުމުރުން ދުވަސްވީ މީހަކަށް ކޮވިޑް ވެކްސިން ދެނީ.-- ފޮޓޯ: އޭއެފްޕީ

މިދިޔަ ބުރާސްފަތި ދުވަހު ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި އުމުރުން ދުވަސްވީ މީހަކަށް ކޮވިޑް ވެކްސިން ދެނީ.-- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ، ސްރީ ލަންކާ (އޯގަސްޓު 6) - ހޮސްޕިޓަލްތައް ފުރި ފަރުވާ ނުދެވުމުގެ ސަބަބުން ގިނަ އަދަދެއްގެ ކޮވިޑް ބަލި މީހުން ސްރީ ލަންކާގައި މަރުވަމުންދާ ކަމުގެ ރިޕޯޓުތައް ފެތުރެން ފަށާފައި ވަނިކޮށް އެ ގައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށްފި އެވެ.

ސަރުކާރުން ބުނީ ސިއްހީ ކާރިސާގެ ހާލަތު ގޯސްވަމުން ދާތީ ދައުލަތުގެ ރަސްމިއްޔާތުތަކާއި އާއްމު އެއްވުންތައް ބޭއްވުން ސެޕްޓެމްބަރު އެއް ވަނަ ދުވަހުގެ ނިޔަލަށް މަނާ ވާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ސިވިލް ސާވަންޓުން އޮފީސްތަކަށް ނިކުންނަން އެންގި ނަމަވެސް، އެ ނިންމުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އޭގެ ބަދަލުގައި ވީހާވެސް ގިނަ ބަޔަކު ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް ރޭވުމަށް ވެރިންނަށް ވަނީ އަންގާފަ އެވެ.

ފިޔަވަޅުތައް ހަރުކަށިކޮށްފައި މި ވަނީ މިދިޔަ ހަފްތާގައި ރިޕޯޓުކުރި ކޭސްތަކާއި މަރުތަކުގެ އަދަދު އޭގެ ކުރީ މަހާ އަޅާ ބަލާއިރު ދެ ގުނަ އިތުރުވެފައި ވަނިކޮށެވެ.

ލަންކާ ސަރުކާރުން ހިންގާ ކޮޮލަމްބޯ ސައުތު ހޮސްޕިޓަލުގައި ތިން ބަލިމީހުން އެއް އެނދެއްގައި ބާއްވާފައިވާ މަންޒަރު ފެންނަ ފޮޓޯތައް ނޫސްވެރިޔާ ތިލަކްޝާނީ މަޑުވަންތީ ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.

އޭނާ ބުނީ ބަލި ދެމީހަކު އޭނާގެ ކުރިމަތީގައި މަރުވީ ފަރުވާ ލިބޭނެ އިރެއްގެ އިންތިޒާރުގައި މަޑުކޮށްގެން ތިއްބައި ކަމަށެވެ. ސިއްހީ މަސައްކަތްތެރިން ތިބީ ވަރުބަލިވެފައި ކަމަށާއި އެނދުތައް ފުރިގެން ގަސްގަހުގެ ހިޔަލުގައި ބަލި މީހުން ބާއްވައިގެން ވެސް ފަރުވާދެމުންދާ ކަމަށް އޭނާ ބުންޏެވެ.

"މީގެ މަސްތަކެއް ކުރިން އިންޑިއާގައި ދިމާވި ކަންކަން އަހަރުމެން ރިޕޯޓު ކުރިން. މިއަދު އެ މަންޒަރު ފެންނަމުން މި ދަނީ އަހަރުމެންގެ ލޯ ކުރިމަތިން،" ފޭސްބުކްގައި ގިނަ ބަޔަކު ޝެއާކޮށްފައިވާ ޕޯސްޓުގައި އޭނާ ލިޔެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިތުރު ޕޯސްޓުތަކުން ފެންނަނީ ގިނަ އަދަދެއްގެ ގަބުރުތަކެއް ކޮލަމްބޯ ކައިރީގައި ހުންނަ ދެ ހޮސްޕިޓަލެއްގެ ބޭރުގައި ފުނި ފުންޏަށް ޖަހާފައިހުރި މަންޒަރެވެ.

ޕްރައިވެޓް އެއްވުންތައް ބޭއްވުން އަދިވެސް ލަންކާގައި މަނާ ނުކުރެ އެވެ. ނަމަވެސް އެފަދަ އެއްވުންތަކަށް ދެވޭނެ މީހުންގެ އަދަދެއް ވަނީ ކަނޑައަޅާފަ އެވެ.

ޖަނާޒާތަކަށް ދެވޭނެ މީހުންގެ އަދަދު ވަނީ 150 އިން 25 އަށް ތިރިކޮށްފަ އެވެ. ކައިވެނި ހަފުލާތަކަށް ދެވޭނެ އަދަދު ވަނީ 500 އިން 150 އަށް ތިރިކޮށްފަ އެވެ.

ލަންކާގައި އަޅާފައި ހުރި ފިޔަވަޅުތަކަށް މިދިޔަ މަހު ލުއި ދިނީ ވެކްސިން ޕްރޮގްރާމުގެ ދުވެލި އަވަސް ކުރުމަށް ފަހު އެވެ.

ލަންކާގެ 21 މިލިއަން މީހުންގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 10 މިލިއަން މީހުން ވަނީ އެއް ޑޯޒް ޖަހައިފަ އެވެ. ދެ ޑޯޒް ފުރިހަމަކޮށްފައި ވަނީ 2.67 މިލިއަން މީހުންނެވެ.

ވެކްސިން ކެމްޕޭން ބާރަށް ކުރިއަށް ދިޔަ ނަމަވެސް، ކޭސްތަކުގެ އަދަދު ވަނީ ދެ ގުނައަށް ވުރެ އިތުރުވެ ދުވާލަކު 2،500 އަށް އަރައިފަ އެވެ. ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު އުޅެނީ 80 ގަ އެވެ.

ރަސްމީ ތަފާސްހިސާބު ދައްކާ ގޮތުން ލަންކާއިން މިހާތަނަށް 325،000 ކޭސް ފެނިފައި ވެ އެވެ. އަދި މަރުވެފައި ވަނީ 4،817 މީހުންނެވެ.

ނަމަވެސް ރަސްމީ ތަފާސްހިސާބުގައި ގިނަ ކޭސްތަކާއި މަރުތަކެއް ނުހިމެނޭ ކަމަށް ބެލެވޭތީ ހަގީގީ އަދަދު އެއަށްވުރެ މާ މަތިވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ކޮވިޑުގެ އާ ރާޅެއް ލަންކާއަށް ކުރިމަތިވެގެން އުޅެނީ ސިންހަޅަ އަދި ތަމަޅަ އާ އަހަރާ ދިމާކޮށް މިދިޔަ އޭޕްރިލް މަހު ފިޔަވަޅުތަކަށް ލުއި ދިން ފަހުންނެވެ.

އެއަށްފަހު މޭ މަހު ފިޔަވަޅުތައް ހަރުކަށި ކުރުމަށް ފަހު އަނެއްކާ ވެސް ޖުލައި 10 ގައި ލުއި ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox