ތާލިބާނުން ކުރި ހޯދަނީ: ފުރަތަމަ ފަހަރަށް ޕްރޮވިންސެއްގެ ވެރިރަށް ހިފައިފި

މިދިޔަ ބުދަ ދުވަހު އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ކާރު ބޮމުގެ ހަމަލާއެއް ދިން ސަރަހައްދު.-- ފޮޓޯ: އޭއެފްޕީ

މިދިޔަ ބުދަ ދުވަހު އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ކާރު ބޮމުގެ ހަމަލާއެއް ދިން ސަރަހައްދު.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (އޯގަސްޓު 6) - ބޭރުގެ ސިފައިން އަފްގާނިސްތާން ދޫކޮށް ދާން ފެށުމާ ދިމާކޮށް ތާލިބާނުން ވަރުގަދަ ކުރި ހަނގުރާމައިގައި ފުރަތަމަ ފަހަރަށް ޕްރޮވިންސެއްގެ ވެރިރަށް ހިފައިފި އެވެ.

"ނިމްރޯޒް ޕްރޮވިންސްގެ ވެރިރަށް، ޒަރަންޖް ސިޓީ ވަނީ ތާލިބާނުންގެ އަތް ދަށުގައި،" ޑެޕިއުޓީ ގަވަރުނަރު ރޫހު ގުލް ހައިރްޒާދް އޭއެފްޕީއަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަފްގާނިސްތާނުގެ ހުޅަނގު ދެކުނުގައި އިރާނު ބޯޑަރު ކައިރީގައި އޮންނަ ސިޓީ ތާލިބާނުންގެ ހިފީ "އެއްވެސް ހަނގުރާމަ ކުރުމަކާ ނުލައި" ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަނީ ހަނގުރާމަވެރިން މަގުތަކުގައި އުޅޭއިރު، އާއްމުން އުފާ ފާޅުކުރާ މަންޒަރެވެ. ނަމަވެސް އެއީ ސައްހަ ވީޑިއޯތަކެއް ކަމެއް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

ޒަރާންޖް ސިޓީގެ ކޮންޓްރޯލް ތާލިބާނުންނަށް ލިބިފައި ވާއިރު، ހުކުރު ދުވަހު އެ މީހުން ވަނީ އަފްގާނިސްތާން ސަރުކާރުގެ މީޑިއާ އިންފޮމޭޝަން ޑިޕާޓްމަންޓުގެ ވެރިޔާ ވެސް އަވަހާރަކޮށްލާފަ އެވެ.

މިދިޔަ ހަފްތާގައި ތާލިބާނުން ވަނީ އިސް އޮފިޝަލުންނަށް އަމާޒުކޮށް ހަމަލާ ދޭނެ ކަމަށް ބުނެފަ އެވެ. އެއީ ސަރުކާރުން ދޭ ވައިގެ ހަމަލާތަކުގެ ރައްދުގަ އެވެ.

ދަވާ ހާން މެނަޕާލް އަވަހާރަކޮށްލާފައި ވާއިރު، ހަނގުރާމައިގައި ލޭ އޮހުރުވުން އިތުރުވެ، ވެރިރަށް ކާބުލްގައި ދޭ ހަމަލާތައް ވެސް ވަނީ އިތުރު ވާން ފަށާފަ އެވެ.

އަފްގާނިސްތާނުގެ ހާލަތު ގޯސްވަމުން ދާތީ އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ހާއްސަ ބައްދަލުވުމެއް ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.

"ކަން ދިމާކުރި ގޮތުން އަނިޔާވެރި ޓެރަރިސްޓުން އަނެއްކާވެސް މި ވަނީ ފިނޑި އަމަލެއް ހިންގައި، އަގުހުރި އަފްގާން ރައްޔިތަކު ޝަހީދުކޮށްލާފައި،" މެނަޕާލް އަވަހާރަވުމާ ގުޅިގެން އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު މިރްވައިސް ސްތަނިކްޒާއީ ވިދާޅުވި އެވެ.

މެނަޕާލްއަކީ ކާބުލްގެ މީޑިއާ ކޮމިއުނިޓީގައި މަގްބޫލު މީހެކެވެ. ސޯޝަލް މީޑިއާގައި ތާލިބާނުންނަށް ޖޯކު ޖަހައި އެ މީހުންގެ އަގު ވައްޓާލުމަށް އޭނާ އިސް ދައުރެއް އަދާ ކުރަމުން ދިޔަ އެވެ.

މެނަޕާލް އަވަހާރަކޮށްލުމަށް ފަހު އެކަމުގެ ޒިންމާ ތާލިބާނުން ވަނީ ނަގައިފަ އެވެ. ތަރުޖަމާނު ޒަބީހުﷲ މުޖާހިދު މީޑިއާއަށް ދިން މެސެޖެއްގައި ބުނީ "އޭނާ މަރާލީ މުޖާހިދުން ދިން ހާއްސަ ހަމަލާއެއްގައި" ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ތާލިބާނުން ވަނީ އަފްގާން ސަރުކާރުގެ ވެރިންނާއި އެ މީހުންނާ ގުޅުން ހުރި ފަރާތްތަކަށް އަމާޒުކޮށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

އޭގެ އެއް ދުވަސް ކުރިން ޑިފެންސް މިނިސްޓަރު ބިސްމިﷲ މުހައްމަދީ އަވަހާރަކޮށްލަން ދިން ހަމަލާއަކުން ސަލާމަތްވެ ވަޑައިގެންނެވީ ހަމަ ކިރިޔާ އެވެ.

އަފްގާނިސްތާނާއި އެމެރިކާ ސިފައިން ވަނީ ތާލިބާނުންނަށް އަމާޒުކޮށް ދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށްފަ އެވެ. އޭގެ ބޭނުމަކީ ހަނގުރާމަވެރިން ސިޓީތަކާ ދުރަށް ޖެއްސުމެވެ.

އަފްގާނިސްތާނުގެ ދިގު ދާހިލީ ހަނގުރާމަ ހޫނުވީ މިދިޔަ މޭ މަހު ބޭރުގެ ސިފައިން ފައިބަން ފެށުމުންނެވެ. މިހާރު ވެސް ރަށްފުށުގެ ބޮޑު ހިސާބެއް ކޮންޓްރޯލް ކުރަނީ ތާލިބާނުންނެވެ. އަދި ޕްރޮވިންސް ވެރިރަށްތައް ހިފުމަށް ކެނޑިނޭޅި ދަނީ ހަމަލާދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox