އިންޑިއާގެ ސިއްރު އަސްކަރީ މަރުކަޒެއް ގާއިމްކުރާ ވާހަކަ މޮރިޝަސް އިން ދޮގުކޮށްފި

އިންޑިއާއިން އަސްކަރީ މަރުކަޒު ހަދަމުންދާ ކަމަށް ބުނާ މޮރިޝަސްގެ އަގަލޭގާ އައިލެންޑް.

އިންޑިއާއިން އަސްކަރީ މަރުކަޒު ހަދަމުންދާ ކަމަށް ބުނާ މޮރިޝަސްގެ އަގަލޭގާ އައިލެންޑް.

ޕޯޓް ލުއީ، މޮރިޝަސް (އޯގަސްޓު 5) - މޮރިޝަސްގެ އަގަލޭގާ އައިލެންޑުގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ހެދުމަށް ހުއްދަ ދިން ކަމަށް ފެތުރޭ ހަބަރު މޮރިޝަސް ސަރުކާރުން ދޮގުކޮށްފި އެވެ.

ސަރުކާރުގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ އަސްކަރީ މަރުކަޒަކާ ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފައި ނުވާނެ ކަމަށެވެ.

ގާތްގަނޑަކަށް 300 އެއްހާ މީހުން ދިރިއުޅޭ އަގަލޭގާ އައިލެންޑުގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ގާއިމް ކުރުމުގެ ގޮތުން އެއާސްޓްރިޕަކާއި ދެ ޖެޓީ އަޅަމުންދާ ކަމަށް ރިޕޯޓު ކުރީ މި ހަފްތާގެ ކުރީކޮޅު އަލް ޖަޒީރާ އިންނެވެ.

Advertisement

ނަމަވެސް އެ ރަށުގައި އަސްކަރީ އެއްވެސް ތަނެއް ހަދަން ރާވާފައި ނުވާނެ ކަމަށް މޮރިޝަސް ސަރުކާރުގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ.

"އަގަލޭގާގައި އަސްކަރީ މަރުކަޒެއް އެޅުމަށް އިންޑިއާ އާއި މޮރިޝަސްއާ ދެމެދު އެއްވެސް އެއްބަސްވުމެއް ނޯންނާނެ،" ބޮޑު ވަޒީރު ޕްރަވިންދް ޖުގްނައުތުގެ ކޮމިއުނިކޭޝަން އެޑްވައިޒަރު ކެން އާރިއަން ވިދާޅުވި އެވެ.

އާރިއަން ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ 2015 ވަނަ އަހަރު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި އަގަލޭގާގައި ދެ މަޝްރޫއެއް ހިންގަން ނިންމެވި ކަމަށެވެ.

އެއީ ތިން ކިލޯމީޓަރު ދިގު އެއާސްޓްރިޕް މަޝްރޫއު އާއި ޖެޓީގެ މަޝްރޫއު އެވެ. އާރިއަން ވިދާޅުވީ އެ ދެ ތަން ވެސް އަސްކަރީ ބޭނުމަކަށް ދޫ ނުކުރާނެ ކަމަށެވެ.

އަލް ޖަޒީރާގެ ރިޕޯޓުގެ ސަބަބުން 1965 ގައި އިނގިރޭސިން މޮރިޝަސްގެ ޗާގޯސް އައިލެންޑާ މެދު އަމަލު ކުރި ގޮތަށް އަގަލޭގާ އައިލެންޑަށް ދިމާވެދާނެ ކަމުގެ ބިރު ވަނީ އުފެދިފަ އެވެ.

އިނގިރޭސިން ވަނީ ޗާގޮސް އައިލެންޑު މޮރިޝަސްއިން ވަކިކޮށް, އެމެރިކާ އާއި ގުޅިގެން, އެތަނުގެ އެއް ރަށް ކަމުގައިވާ ޑިއެގޯ ގާސިއާގައި ބޮޑު އަސްކަރީ މަރުކަޒެއް ގާއިމްކޮށްފަ އެވެ.

ޗާގޯސްގެ ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި އިނގިރޭސި ވިލާތުން ވަނީ އެ މީހުންގެ ބިމަށް ވެރިވެގަނެ، މޮރިޝަސްއާ ވަކިކޮށްފަ އެވެ.

އިނގިރޭސި ވިލާތުން ބުނާ ގޮތުގައި ޗާގޮސްއަކީ އެ އެ ގައުމުގެ ތަނެކެވެ. އަދި އެމެރިކާ އާއެކު އޮތް އެއްބަސްވުން 2036 އާ ހަމައަށް ދިގުދެންމުމަށް ފަހު އަސްކަރީ މަރުކަޒު ބޭނުން ކުރަމުން ދާނެ އެވެ.

ޑިއެގޯ ގާސިއާގެ އަސްކަރީ މަރުކަޒަކީ ފިނި ހަނގުރާމަ އާއި އަފްގާނިސްތާން ހަނގުރާމައިގައި ހުޅަނގުގެ ބާރުތަކަށް މުހިއްމު މަރުކަޒެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox