ލަންކާއަށް ކެމިކަލް ފާޓިލައިޒާ އެތެރެ ނުކުރެވޭ ކަމަށް އަނެއްކާވެސް ބުނެފި

ސްރީ ލަންކާގެ ސައިފަތް ދަނޑެއްގައި މީހަކު މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސްރީ ލަންކާގެ ސައިފަތް ދަނޑެއްގައި މީހަކު މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކޮލަމްބޯ، ސްރީ ލަންކާ (އޯގަސްޓު 5) - ސްރީ ލަންކާއަށް ކެމިކަލް ފާޓިލައިޒާ އެތެރެ ކުރުން މަނާކޮށްފައި އޮތް އޮތުން އުވާލިތާ އެއް ދުވަސް ފަހުން އަނެއްކާވެސް ސަރުކާރުގެ ނިންމުން ބަދަލުކޮށް، ކެމިކަލް ފާޓިލައިޒާ އެތެރެ ކުރުން މަނާކޮށްފި އެވެ.

ލަންކާއަށް އެތެރެ ކުރުން މަނާ ތަކެތީގެ ލިސްޓަށް ފާޓިލައިޒާ ނުވަތަ ގަސް ކާނާ އިތުރުކުރީ މި އަހަރުގެ ކުރީކޮޅު އެވެ. އެއްގަމު އުޅަނދާއި ލަގްޒަރީ މުދަލާއެކު ބައެއް ސާމާނު އެތެރެ ކުރުން މަނާކޮށްފައި ވަނީ ބޭރު ފައިސާގެ ދަތިކަން ދިމާވާ މައްސަލަ ހައްލު ކުރުމުގެ ގޮތުންނެވެ.

ނަމަވެސް ފާޓިލައިޒާ ނުލިބުމުގެ ސަބަބުން ދަނޑުތައް ހަލާކުވާ މައްސަލަައިގައި ދަނޑުވެރިން ވަނީ މުޒާހަރާކޮށްފަ އެވެ.

ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެފައި ވަނީ ފާޓިލައިޒާ މަނާ ކުރުމުން ލަންކާގެ ދަނޑުވެރިކަން 100 ޕަސެންޓު އޯގެނިކް ދަނޑުވެރިކަމަށް ބަދަލުވާނެ ކަމަށެވެ.

މިދިޔަ ހަފްތާގައި ވެސް ރައީސް ގޮތަބަޔާ އދ. ގެ ފުޑް ސިސްޓަމްސް ސަމިޓުގައި ވަނީ ފާޓިލައިޒާ މަނާ ކުރުން ދިފާއު ކުރައްވާ ވާހަކަދައްކަވާފަ އެވެ. އަދި އެހެން ގައުމުތަކުން ލަންކާގެ މިސާލު ބަލައިގަނެ އޯގެނިކް ދަނޑުވެރި ކަމަށް ދިޔުމަށް ގޮވާލެއްވި އެވެ.

ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެގްރިކަލްޗާ މިނިސްޓްރީގެ ސެކެޓްރީ އުދިތް ޖާޔަސިންގެ ވިދާޅުވީ "އޯގެނިކް ފާޓިލައިޒާއާ ދިމާލަށް ދިޔުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ" ކަމަށެވެ.

"ނައިޓްރޮޖެން ގިނައިން ހިމެނޭ ބައެއް ގަސް ކާނާއަށް ހުއްދަ ދޭނީ ހަރުކަށި އުސޫލެއްގެ ދަށުން ދޫކުރާ ލައިސެންސަކާ އެކު".

އޭގެ އިތުރުން ޔޫރިއާ ފާޓިލައިޒާއަށް ހުއްދަ ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ފާޓިލައިޒާއަކީ ލަންކާގެ 1.25 ބިލިއަން ޑޮލަރުގެ ސައިފަތް އިންޑަސްޓްރީން އެންމެ ގިނައިން ބޭނުން ކުރާ ފާޓިލައިޒާ އެވެ. ލަންކާގައި ހަނޑޫ ދަނޑުތައް ހައްދަން ވެސް އެ ފާޓިލައިޒާ ބޭނުން ކުރެ އެވެ.

ޖަޔަސިންގެ ވިދާޅުވީ ސައިފަތް ދަނޑުތަކާއި ހަނޑޫ ދަނޑުތަކުގައި ދެން ބޭނުން ކުރަން ޖެހޭނީ އޯގެނިކް ގަސްކާނާ ކަމަށެވެ.

ސްރީ ލަންކާގެ ސައިފަތަކީ ރަހަމީރު ކަމަށް މަޝްހޫރު ފެންވަރު ރަނގަޅު ސައިފަތެވެ. ދުނިޔޭގައި އެންމެ ގިނައިން ސައިފަތް އެކްސްޕޯޓް ކުރާ އެއް ގައުމަކީ ވެސް ސްރީ ލަންކާ އެވެ.

ތަޖުރިބާކާރުންގެ ގްރޫޕަކުން މިދިޔަ މަހު ނެރުނު ރިޕޯޓެއްގައި ބުނީ ދަނޑުތައް ހަލާކުވުމުން ގައުމުގެ އިގްތިސާދަށް ނޭދެވޭ އަސަރުކޮށް، ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެ ކަމަށެވެ.

ކެމިކަލް ފާޓިލައިޒާގެ ބަދަލުގައި އޯގެނިކް ފާޓިލައިޒާއަށް ބަދަލުވުމާ ގުޅޭ ދިރާސާއެއް ހެދި ރިޔާސީ ކޮމިޓީގެ މެމްބަރެއް ކަމަށްވާ ހާމަން ގުނަރަތްނެ ވިދާޅުވީ ކުއްލިއަކަށް އެ ބަދަލު ގެނައުމުން ވަރަށް ބޮޑު ނޭދެވޭ އަސަރެއް، ވަކިން ހާއްސަކޮށް ސައިފަތުގެ އިންޑަސްޓްރީއަށް، ކުރާނެ ކަމަށެވެ.

"ބައިނަލްއަގްވާމީ މާކެޓުތައް ގެއްލުމުގެ ނުރައްކާ އެބަ އޮތް،" އޭނާ އޭއެފްޕީއަށް ވިދާޅުވި އެވެ.

ސައިފަތް އުފައްދާ ދަނޑެއްގެ އެގްޒެކްޓިވް ސަނަތު ގުރުނަދާ ވިދާޅުވީ ފާޓިލައިޒާގެ ދަތިކަން ދިމާވުމުގެ އަސަރު އޭނާގެ ދަނޑުތަކުން މިހާރު ފެންނަމުންދާ ކަމަށެވެ. އޭނާއަކީ ރަތުނަޕޫރާގައި އޯގެނިކް އަދި އިންއޯގެނިކް ދަނޑުތައް މެނޭޖު ކުރާ މީހެކެވެ.

"ފާޓިލައިޒާ އެތެރެކުރަން އަލުން ހުއްދަ ނުދޭނަމަ، އޮކްޓޯބަރު މަސް އަންނަން ވާއިރަށް ދަނޑުތައް އެއްކޮށް ހަލާކުވާނެ. ނޮވެމްބަރާއި ޑިސެމްބަރު މަހުގެ އެކްސްޕޯޓަށް އޭގެ އަސަރު ކުރާނެ،" ގުރުނަދާ އޭއެފްޕީއަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox