އަފްގާނިސްތާން ޑިފެންސް މިނިސްޓަރު އަވަހާރަކޮށްލަން ތާލިބާނުން ކާބުލްއަށް ބޮން އަޅައިފި

ތާލިބާން ހަނގުރާމަވެރިން ހަތިޔާރު ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ތާލިބާން ހަނގުރާމަވެރިން ހަތިޔާރު ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (އޯގަސްޓު 4) - އަފްގާނިސްތާނުގެ ސިޓީތަކުގެ ކޮންޓްރޯލް ހޯދުމަށް ތާލިބާނުންގެ ހަމަލާތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި ޑިފެންސް މިނިސްޓަރަށް އަމާޒުކޮށް ވެރިރަށް ކާބުލްއަށް ބޮން އަޅައިފި އެވެ.

ޑިފެންސް މިނިސްޓަރު ބިސްމިﷲ މުހައްމަދީ އަށް އަމާޒުކޮށް ބޮން އެޅުމުގެ އިތުރުން ބަޑި ޖަހާފައިވެ އެވެ. މިއީ އެތައް މަސްތަކަކަށް ފަހު ކާބުލްގައި ދިން އެންމެ ވަރުގަދަ ހަމަލާ އެވެ. އަފްގާނިސްތާނުގެ ހުޅަނގާއި ދެކުނުގައި ހިނގި ކުރިމަތިލުންތައް މިހާރު ވަނީ ވެރިރަށާ ހަމައަށް ފޯރާފަ އެވެ.

އަފްގާނިސްތާނާއި އެމެރިކާގެ ސިފައިން ވަނީ ސިޓީތަކާ ދުރަށް ހަނގުރާމަވެރިން ޖެއްސުމަށް ވައިގެ ހަމަލާތައް ދީފަ އެވެ. ތާލިބާނުން ބުނީ ޑިފެންސް މިނިސްޓަރަށް އަމާޒުކޮށް ކާބުލް އަށް ހަމަލާ ދިނީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

"މި ހަމަލާއަކީ ގައުމުގެ އެތަން މިތަނަށް ހަމަލާ ދީ ބޮން އެޅުމަށް އަމުރު ކުރަމުންދާ ކާބުލް ސަރުކާރުގެ ވެރިންނާއި އެ މީހުންނާ ގުޅުން ހުރި މީހުންނަށް އަމާޒުކޮށް ދޭނެ ހަމަލާތަކުގެ ފެށުން،" ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ސޯޝަލް މީޑިއާގައި އާއްމު ކުރި ބަޔާނެއްގައި ބުންޏެވެ.

ތަޖުރިބާކާރުން ބުނީ އެ ހަމަލާއިން ރަމްޒުކޮށްދެނީ ތާލިބާނުންގެ ހަމަލާތައް އިތުރު ހަރުފަތަކަށް ގެންދިޔުން ކަމަށެވެ. އެމެރިކާ ސިފައިން ފޭބުމުގެ މައްސަލާގައި ކުރި މަޝްވަރާތަކަށް ފަހު އެތައް އަހަރެއް ވަންދެން ތާލިބާނުން ވަނީ ކާބުލްގައި ވަރުގަދަ އެއްވެސް ހަމަލާއެއް ނުދީ އެވެ.

ބުދަ ދުވަހުގެ ހަމަލާ އަމާޒު ކުރީ ޑިފެންސް މިނިސްޓަރުގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނަށެވެ.

އޭއެފްޕީން ރިޕޯޓު ކުރި ގޮތުގައި ފުރަތަމަ ބޮން ގޮއްވާލާފައި ވަނީ ކާބުލްގެ މެދު ތެރޭގަ އެވެ. އެއާއެކު ކަޅު ދުންތައް އަރައިގެން ދިޔަ މަންޒަރު މީހުންނަށް ފެނިފައިވެ އެވެ.

އޭގެ ދެ ގަޑިއިރު ފަހުން އިތުރު ގޮވުމަކާއެކު ބަޑީގެ ހަމަލާތައް ބަދަލުކުރީ ގްރީން ޒޯން ސަރަހައްދުގަ އެވެ. އެއީ އެމެރިކާގެ އެމްބަސީ އާއެކު ގިނަ ގައުމުތަކެއްގެ އެމްބަސީ ހުންނަ ސަރަހައްދެވެ.

ޑިފެންސް މިނިސްޓަރަށް އެއްވެސް އަނިޔާއެއް ލިބިވަޑައިގެންފައި ނުވާއިރު، އަފްގާން ސިފައިން ވަނީ ތާލިބާނުން ފައްސާލާފަ އެވެ. އަދި އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު މިރްވައިސް ސްތަނިކްޒާއީ ވިދާޅުވީ އަށް މީހުން މަރުވި ކަމަށެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދީ ފަހުން ވިދާޅުވީ ހަމަލާ ދިނީ އޭނާ ދިރިއުޅުއްވާ ގެ ކައިރީގައި އަމިއްލައަށް މަރުވެ، ކާރެއް ގޮއްވާލައިގެން ކަމަށެވެ.

ސަލާމަތީ އޮފިޝަލުން ބުނީ އެއަށްފަހު މަޖިލިސް މެމްބަރެއްގެ ގެޔަށް ހަނގުރާމަވެރިން ވަދެގަތް ކަމަށާއި އެ ތަނުގައި ތިބެ މިނިސްޓަރުގެ ގެއަށް ބަޑި ޖަހަމުން ދިޔަ ކަމަށެވެ.

ތާލިބާނުންގެ މި ވަރުގަދަ ހަމަލާ ދިނީ ދެކުނުގައި އޮންނަ ލަޝްކަރް ގަހް ސިޓީގެ ކޮންޓްރޯލް އަލުން ހޯދަން އަފްގާން ސިފައިން ބޮޑު އޮޕަރޭޝަނެއް ފެށުމުންނެވެ.

މިދިޔަ އަންގާރަ ދުވަހު ސިފައިން ވަނީ އެ ސިޓީގައިި ދިރިއުޅޭ އާއްމުން ރައްކާތެރި ތަންތަނަށް ދިޔުމަށް އަންގާފަ އެވެ. އެ ތަނުން އެތައް ސަތޭކަ އާއިލާއެއް ވަނީ ގެތައް ދޫކޮށް ގޮސްފަ އެވެ.

ނަމަވެސް ހަމަލާ ބަދަލު ކުރަމުން ދާތީ ބައެއް އާއިލާތަކަށް ވަނީ ސިޓީ ދޫކޮށް ދެވޭނެ ގޮތް ނުވެ، މަގުމަތީގައި ނުރައްކާތެރި ހާލަތެއްގައި ތާށިވެފަ އެވެ.

އަފްގާނިސްތާނުގެ ރަށްފުށުގެ ބޮޑު ހިސާބަކާއި މުހިއްމު ބޯޑަރު އަވަށްތައް ހިފުމަށް ފަހު ތާލިބާނުންގެ އަމާޒަކީ ބޮޑެތި ސިޓީތައް ހިފުމެވެ. އެގޮތުން ހުޅަނގުގައި އޮންނަ ހިރާތު އާއި ލަޝްކަރް ގަހް އަދި ދެކުނުގައި އޮންނަ ކަންދަހާރުގައި ވެސް ހަނގުރާމަވެރިން ދަނީ ސިފައިންނަށް ހަމަލާ ދެމުންނެވެ.

ހެލްމަންދް ޕްރޮވިންސްގެ ވެރިރަށް، ލަޝްކަރް ގަހްގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރަށް ގެއްލިއްޖެ ނަމަ، އެކަން ވާނީ ސިފައިންނަށް ލިބޭ ބޮޑު ގެއްލުމަކަށެވެ.

އދ. އިން އެންމެ ފަހުން ބުނެފައި ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް އެ ސިޓީން އާއްމުންގެ 40 މީހުން މަރުވެފައިވާ ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗް އާއި އިނގިރޭސި ސަރުކާރު އަދި އެމެރިކާއިން ވެސް ވަނީ ތާލިބާނުން އާއްމުންނާ ދެކޮޅަށް ޖަރީމާތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox