އިންތިގާލީ އިންސާފުގެ 19 މައްސަލައެއް ބަލަނީ، ގިނައީ ވަޒީފާގެ މައްސަލަތައް

އިންތިގާލީ އިންސާފުގެ ތިން އޮމްބަޑްސްޕާސަނުން މީގެ ކުރިން "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

އިންތިގާލީ އިންސާފުގެ ތިން އޮމްބަޑްސްޕާސަނުން މީގެ ކުރިން "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ ވެރިއެއްގެ ސަބަބުން އިންސާނީ ނުވަތަ އަސާސީ ހައްގުތައް ގެއްލިގެން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 19 މައްސަލައެއް ބަލަން ނިންމާފައިވާކަމަށް އެ އޮފީހުން ބުނެފި އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ތަހުގީގު ކުރެވޭނީ ޖެނުއަރީ 1953، އިން ފެށިގެން ނޮވެމްބަރު، 17، 2018 އާ ހަމައަށް ހިނގާފައިވާ ހާދިސާތަކެވެ.

މި މަހުގެ 13 ގެ ނިޔަލަށް އެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، މިދިޔަ ހޯމަ ދުވަހާ ހަމައަށް ޖުމްލަ 84 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ އޮފީހުގެ ތަރުޖަމާނު މިއަދު "އަދަދު" އަށް ވިދާޅުވި އެވެ.

Advertisement

އޭގެ ތެރެއިން 19 މައްސަލައެއް ބަލަން ނިންމާފައިވާއިރު، 11 މައްސަލައަކީ މަސައްކަތްކުރުމުގެ ހައްގަށް އަރައިގަނެފައިވާ މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ބަލަން ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި ދެން އެންމެ ގިނައީ ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަތުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ ފަސް މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

ދެން ބަލަނީ ގާނޫނު ހިލާފަށް ހައްޔަރުކުރުމާއި ޒާތީ ދިރިއުޅުމުގެ މައްސަލައެއްގެ އިތުރުން މުދަލުގެ މައްސަލަ އެކެވެ. އޭނާ ވިދާޅުވި ގޮތުގައި މައްސަލަ ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ވެސް އޮމްބުޑްސް ޕާސަނުން ގެންގުޅުއްވާ ކަމަށެވެ.

"އެކަމަކު ވަކި ގޮތެއް އަދި ނުނިންމަވާ. މަޝްވަރާ ކުރެވެމުންދަނީ،" އޭނާ ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅާ މައްސަލައެއް މަދުވެގެން ދެ އަހަރުގެ ތެރޭގައި ތަހުގީގުކޮށް ނިންމަންޖެހޭނެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ނިޒާމީ ގޮތުން ރާވައިގެން އިންސާނީ ހައްގުތައް ގެއްލުވާލާފައިވާ މައްސަލަތައް "ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ހަގީގަތާ ހަމައަށް ވާސިލުވުމަކީ" އޮމްބަޑްސްޕާސަންގެ އޮފީހުގެ ޒިންމާއެކެވެ.

އިންތިގާލީ އިންސާފުގެ ޗީފް އޮމްބަޑްސްޕާސަންއަކަށް އައްޔަންކޮށްފައި ވަނީ އަބްދުއްސަލާމް އާރިފެވެ. އޮމްބަޑްސްޕާސަންއަކަށް އައްޔަންކޮށްފައި ވަނީ ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސް އެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނުގައި ކުރިން މަސައްކަތް ކުރެއްވި މަރިޔަމް ލައިޒާއަކީ ވެސް އިންތިގާލީ އޮފީހުގެ އޮމްބަޑްސްޕާސަންއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox