ހުވަނި ގިނަވެ ފ. ނިިިލަންދޫ ރައްޔިތުން ތުރާލެއްގައި

ފ. ނިލަންދޫ ފާރެއްގައި ހުވަނި އަޅާފައި. -- ފޮޓޯ/ ނިލަންދޫ ކައުންސިލް

ފ. ނިލަންދޫ ފާރެއްގައި ހުވަނި އަޅާފައި. -- ފޮޓޯ/ ނިލަންދޫ ކައުންސިލް

ފ. އަތޮޅު ނިލަންދޫގައި ހުވަނި ގިނަވެ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހުރަސް އެޅިފައިވާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

އާބާދީގައި 2000 އަށް ވުރެން ގިނަ މީހުން ހިމެނޭ އެ ރަށަށް ހުވަނީގެ އުނދަގޫ ކުރިމަތިވާން ފަށާފައި ވަނީ މީގެ ދެތިން މަހެއް ކުރިންނެވެ. ބޭސްޖަހާ ނައްތާލުމަށް ވެސް މަސައްކަތް ކޮށްފައިވާ ނަމަވެސް އެކަމަށް ހައްލެއް ލިބިފައެއް ނުވެ އެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު "އަދަދު" އަށް ވިދާޅުވީ އެ ރަށުގައި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކަކީ ފަންވިނުމާއި ކަނަމަދު ވިއްކުން ކަމަށްވާއިރު ރަށު ގާތްގަނޑަކަށް ހުރިހާ މިދިލި ގަހެއްގައި ހުވަނި އަޅާފައިވާތީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"ރަށުގައި ހުވަނި އާލާވެ، ރައްޔިތުންނަށް ތަފާތު އެކި އުނދަގޫތަކާ ވަނީ ކުރިމަތިވެފައި،" އޭނާ ވިދާޅުވި އެވެ.

ނިލަންދޫގައި ހުވަނި އަޅާ ރަަަށުގެ ގަސްތަކުން ފަތްތައް ހުސްވެފައި-- ފޮޓޯ/ ނިލަންދޫ ކައުންސިލް
ނިލަންދޫގައި ހުވަނި އަޅާ ރަަަށުގެ ގަސްތަކުން ފަތްތައް ހުސްވެފައި-- ފޮޓޯ/ ނިލަންދޫ ކައުންސިލް

ނިލަންދޫގައި ހުވަނި އަޅާ ރަަަށުގެ ގަސްތަކުން ފަތްތައް ހުސްވެފައި-- ފޮޓޯ/ ނިލަންދޫ ކައުންސިލް

އަލީ އަހުމަދު ވިދާޅުވީ، އެކަން ހައްލު ކުރުމަށް ރަށު ފެންވަރުގައި ހުވަޅި އަޅާފައިވާ ގަސްތަކަށް ބޭސް ސްޕްރޭ ކުރުމުގެ މަސައްކަތްތައް ކައުންސިލާއި އެމްއެންޑީއެފުން ކުރަމުންދިޔަ ނަމަވެސް، އެކަން ރަށު ފެންވަރުގައި ހައްލު ކުރެވޭ ވަރަށްވުރެ ހާލަތު ގޯސްވެފައިވާ ކަމަށެވެ.

"ފަން ހޯދުމަށާއި ކަނަމަދު ހޮވުމަށް ވަލަށްދާ މީހުންނަށް ވަރަށް ގޮތްގޮތް ވެފަ އެބަހުރި. ކަހާ، ތަންތަން ދުޅަވެގެން ރަށު މަރުކަޒަށް ވެސް ރިޕޯޓް ކޮށްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ނިލަންދޫ ފާރެއްގައި ހުވަނި، ފުރިފައި-- ފޮޓޯ: ނިލަންދޫ ކައުންސިލް
ނިލަންދޫ ފާރެއްގައި ހުވަނި، ފުރިފައި-- ފޮޓޯ: ނިލަންދޫ ކައުންސިލް

ނިލަންދޫ ފާރެއްގައި ހުވަނި، ފުރިފައި-- ފޮޓޯ: ނިލަންދޫ ކައުންސިލް

އެކަން ހައްލު ކުރުމަށްޓަކާއި ސަރުކާރުގެ އިދާރާތަކުގައި ވެސް އެހީތެރިކަމަށް އެދިފައިވާނެ ކަމަށާއި އެގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއާ މަޝްވަރާ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެޗްޕީއޭ އިން ޖަވާބުގައި ބުނީ އެއީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށާއި ކޮށްދެވޭނެ ހަމައެކަނި ކަމަކީ ފަންނީ ގޮތުން މައުލޫމާތު ދިނުން ކަމަށެވެ.

ނިލަންދޫ ގެ ތަކުގައި ހައްދަމުންދާ ގަސްތަކަށްވެސް ހުވަނީގެ އުނދަގޫ ފޯރާފައިވާ ކަމަށް ބައެއް ރައްޔިތުން ބުނޭ
ނިލަންދޫ ގެ ތަކުގައި ހައްދަމުންދާ ގަސްތަކަށްވެސް ހުވަނީގެ އުނދަގޫ ފޯރާފައިވާ ކަމަށް ބައެއް ރައްޔިތުން ބުނޭ

ނިލަންދޫ ގެ ތަކުގައި ހައްދަމުންދާ ގަސްތަކަށްވެސް ހުވަނީގެ އުނދަގޫ ފޯރާފައިވާ ކަމަށް ބައެއް ރައްޔިތުން ބުނޭ

ހުވަނި ނުވަތަ ޖިޕްސީ މޮތަކީ އަހަރުގެ ވަކިދުވަސްވަރެއްގައި އާންމުކޮށް ހޫނުގަދަ މޫސުމުގައި ބައެއް ބާވަތްތަކުގެ ގަސްގަހުގައި އަޅާ ފަންޏެކެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ގާތްގަނޑަކަށް 500 އަށްވުރެ ގިނަ ބާވަތްތަކުގެ ގަސްގަހަށް ހުވަނީގެ އަސަރު ކުރެ އެވެ.

ރާއްޖޭގައި މައިގަނޑުު ގޮތެއްގައި ހުވަނި އަޅާކަން ފާހަގަކުރެފިފައި ވަނީ މިދިލި، ޖަނބުރޯލު، ފުނަ، ކުންނާރު، ބަނބުކެޔޮ، ފޭރު، އަނބު، ދިއްގާ ފަދަ ބޮޑެތި ގަސްގަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox