މެމްބަރު ވައްޑޭއަށް އިންޒާރު ދިން ޓީޗަރު ވަޒީފާއިން ވަކިކޮށްފި

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު: ވައްޑޭއަށް އިންޒާރުދިން ޓީޗަރު ވަނީ ވަޒީފާއިން ވަކި ކޮށްފައި. -- ފޮޓޯ: މަޖިލިސް

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު: ވައްޑޭއަށް އިންޒާރުދިން ޓީޗަރު ވަނީ ވަޒީފާއިން ވަކި ކޮށްފައި. -- ފޮޓޯ: މަޖިލިސް

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) މަރަން ގޮވާލި، ނ. ކުޑަފަރީ ސްކޫލުގެ އިސްލާމް ޓީޗަރު މުހައްމަދު އަޝްރަފް އިއްޔެ ވަޒީފާއިން ވަކިކޮށްފި އެވެ.

ކުޑަފަރީ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ހުސައިން "އަދަދު" އަށް ވިދާޅުވީ އަޝްރަފް އިއްޔެ ވަޒީފާއިން ވަކިކުރިކަން ސިވިލް ސާވިސް ކޮމިޝަނުން އެ ސްކޫލަށް އަންގާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ވައްޑޭ މަރަން އަޝްރަފް ގޮވާލީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އެއްވުމެއްގައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމަށް ލީތަލް އިންޖެކްޝަން ބޭނުންކުރަން ކެބިނެޓްގައި މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވެ އެކަމަށް ވައްޑޭ ފާޑުކީ މައްސަލައިގަ އެވެ.

އެކަމާ ގުޅިގެން ޓީޗަރު އަޝްރަފް ފޭސްބުކްގައި ލިޔުނީ ވައްޑޭ ތައުބާވާން އަންގައި އޭނާ އެކަން ނުކޮށްފިނަމަ މަރާލަން ޖެހޭ ކަމަށެވެ.

"މި ސިކު މުރުތައްދު ކަލޭގެއަށް ތައުބާވުމަށް އަންގައި، އެކަން ނުކޮށްފިނަމަ މަރާލަން ޖެހޭ. ދީނަކީ މިފަދަ މީހުން ކުޅޭ އެއްޗަކަށް ހަދާތަން ބަލަން މުސްލިމް ގައުމެއްގެ ރައްޔިތުން ތިބެގެން ނުވާނެ!" އަޝްރަފް ފޭސްބުކްގައި ލިޔެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން އަޝްރަފް ސަސްޕެންޑް ކުރީ މޭމަހު 9 ވަނަ ދުވަހު އެވެ.

އަޝްރަފް "އަދަދު" އަށް ވިދާޅުވީ އޭނާ އިންޒާރުނުދޭ ކަމަށާއި އޭނާ ގޮވާލީ ދީނުގައި އޮތް ހުކުމް ތަންފީޒްކުރަން ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން އެއީ އާއްމުން ނުކުމެ ކުށްކުރާ މީހުންނަށް އަދަބުދިނުމަކީ. ކުށްކުރާ މީހުންނަށް އަދަބުދޭން ދީނުގައި އުސޫލުތަކެއް އޮވޭ،" އަޝްރަފް ބުންޏެވެ.

މަރަން މަރުހިފުމާ ގުޅޭގޮތުން ވައްޑޭ ދެއްކެވި ވާހަކައާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް ފާޑުކިޔައި ވަނީ އިންޒާރު ދީފަ އެވެ. އިންޒާރުތަކުގެ ސަބަބުން ވައްޑޭ އަށް މިހާރު ސިފައިން ސެކިއުރިޓީ ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox