ހަފްތާއެއް ތެރޭ 10 މިލިއަން މީހުންނަށް ވެކްސިން ދޭން ބަންގްލަދޭޝުން މަސައްކަތް ކުރަނީ

ބަންގްލަދޭޝް މީހެއްގެ ގަޔަށް ކޮވިޑް ވެކްސިން ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ބަންގްލަދޭޝް މީހެއްގެ ގަޔަށް ކޮވިޑް ވެކްސިން ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ދާކާ، ބަންގްލަދޭޝް (އޯގަސްޓު 3) - ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ބަންގްލަދޭޝްގެ ލޮކްޑައުންގެ މުއްދަތު އިތުރުކޮށް، ހަފްތާއެއް ތެރޭ 10 މިލިއަން މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ފަށައިފި އެވެ.

އޯގަސްޓު ހަތް ވަނަ ދުވަހުން ފެށިގެން އެއް ހަފްތާ ތެރޭ 10 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އެތައް ހާސް ސިއްހީ މަސައްކަތްތެރިން 14،000 ސެންޓަރުގައި މަސައްކަތް ކުރާނެ އެވެ.

"ހަފްތާއެއް ތެރޭ 10 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދެވޭނެ. އިސްކަން ދޭނީ އުމުރުން ދުވަސްވީ މީހުންނާއި މަސައްކަތްތެރިންނާއި ފިހާރަތަކުގައި ތިބޭ މީހުންނަށް،" ސީނިއާ މިނިސްޓަރު އޭކޭއެމް މުޒައްމަލް ހައްގު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ތަރުޖަމާނު މައީދުލް އިސްލާމް ޕްރޮދާން ވިދާޅުވީ 12 މިލިއަން މީހުންނަށް ވެކްސިން ދެވޭ ވަރަށް ސްޓޮކް އެބަ ހުރި ކަމަށެވެ. އެއީ ކޯވެކްސް ފެސިލިޓީގެ ދަށުން ޗައިނާ އާއި އެމެރިކާއިން ފޮނުވި ވެކްސިނެވެ.

މިނިސްޓަރު ހައްގު ވިދާޅުވީ ޖުލައި އެއް ވަނަ ދުވަހުން ފެށިގެން މުޅި ގައުމުގައި ތަންފީޒު ކުރަމުންދާ ލޮކްޑައުން އޯގަސްޓު 10 އާ ހަމައަށް ދިގު ދަންމާލާފައިވާ ކަމަށެވެ.

އަންނަ ހަފްތާއިން ފެށިގެން އާއްމު ދަތުރުފަތުރާއި ފިހާރަތައް ހުޅުވާނެ އެވެ. ނަމަވެސް މަސައްކަތަށް ނިކުމެވޭނީ ހަމައެކަނި ވެކްސިން ޖަހައިގެން ތިބި މީހުންނަށެވެ.

ބަންގްލަދޭޝްގައި މިހާތަނަށް ޖުމްލަ 1.3 މިލިއަން ކޭސް ފެނިފައި ވާއިރު، 21،160 މީހުން މި ބަލީގައި މަރުވެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox