ލަންކާއަށް ކެމިކަލް ފާޓިލައިޒާ އެތެރެ ކުރެވޭ ގޮތް ހަދައިފި

ކެމިކަލް ފާޓިލައިޒާ އެތެރެ ކުރުން މަނާ ކުރުމުން ލަންކާގެ ސައިފަތް އެކްސްޕޯޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އޮތީ ބެލެވިފައި.-- ފޮޓޯ: އޭއެފްޕީ

ކެމިކަލް ފާޓިލައިޒާ އެތެރެ ކުރުން މަނާ ކުރުމުން ލަންކާގެ ސައިފަތް އެކްސްޕޯޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އޮތީ ބެލެވިފައި.-- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީލަންކާ (އޯގަސްޓު 3) - ދަނޑުވެރިން މުޒާހަރާ ކުރުމާއި، ކާބޯތަކެތި ލިބުން ދަތިވެ، ސައިފަތުގެ އެކްސްޕޯޓަށް އަސަރު ކުރާނެ ކަމަށް ލަފާކުރެވޭތީ ސްރީ ލަންކާއަށް ކެމިކަލް ފާޓިލައިޒާ އެތެރެ ކުރުން މަނާކޮށްފައި އޮތް އޮތުން އުވާލައިފި އެވެ.

ފިނޭންސް މިނިސްޓަރު ބެސިލް ރާޖަޕަކްސަ ނެރުއްވި ގަވާއިދެއްގެ ދަށުން ހާއްސަ އިމްޕޯޓް ލައިސެންސެއްގެ ދަށުން ކެމިކަލް ފާޓިލައިޒާ އެތެރެ ކުރެވޭނެ އެވެ.

ލަންކާއަށް އެތެރެ ކުރުން މަނާ ތަކެތީގެ ލިސްޓަށް ފާޓިލައިޒާ ނުވަތަ ގަސް ކާނާ އިތުރު ކުރީ މި އަހަރުގެ ކުރީކޮޅު އެވެ. އެއްގަމު އުޅަނދާއި ލަގްޒަރީ މުދަލާއެކު ބައެއް ސާމާނު އެތެރެ ކުރުން މަނާކޮށްފައި ވަނީ ބޭރު ފައިސާގެ ދަތިކަން ދިމާވާ މައްސަލަ ހައްލު ކުރުމުގެ ގޮތުންނެވެ.

ނަމަވެސް ފާޓިލައިޒާ ނުލިބުމުގެ ސަބަބުން ދަނޑުތައް ހަލާކުވާ މައްސަލަައިގައި ދަނޑުވެރިން ވަނީ މުޒާހަރާކޮށްފަ އެވެ.

ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެފައި ވަނީ ފާޓިލައިޒާ މަނާ ކުރުމުން ލަންކާގެ ދަނޑުވެރިކަން 100 ޕަސެންޓު އޯގެނިކް ދަނޑުވެރިކަމަށް ބަދަލުވާނެ ކަމަށެވެ.

ރައީސް އެހެން ވިދާޅުވިއިރު ތަޖުރިބާކާރުންގެ ގްރޫޕަކުން އެމަނިކުފާނަށް ފޮނުވި ރިޕޯޓެއްގައި ބުނީ ދަނޑުތައް ހަލާކުވުމުން ގައުމުގެ އިގްތިސާދަށް ނޭދެވޭ އަސަރުކޮށް، ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނެ ކަމަށެވެ.

މިދިޔަ ޖުލައި މަހު ލަންކާގެ ސައިފަތް އެކްސްޕޯޓް ވަރަށް ބޮޑު ތަނުން ވެއްޓުނެވެ. ސައިފަތަކީ އެ ގައުމުން އެންމެ ގިނައިން އެކްސްޕޯޓް ކުރާ މުދަލަށް ވާއިރު، 1.25 ބިލިއަން ޑޮލަރުގެ އެ އިންޑަސްޓްރީއަށް މި އަހަރު ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށް ލަފާކޮށްފައި ވެ އެވެ.

ސައިފަތް އުފައްދާ ދަނޑެއްގެ އެގްޒެކްޓިވް ސަނަތު ގުރުނަދާ ވިދާޅުވީ ފާޓިލައިޒާގެ ދަތިކަން ދިމާވުމުގެ އަސަރު އޭނާގެ ދަނޑުތަކުން މިހާރު ފެންނަމުންދާ ކަމަށެވެ. އޭނާއަކީ ރަތުނަޕޫރާގައި އޯގެނިކް އަދި އިންއޯގެނިކް ދަނޑުތައް މެނޭޖު ކުރާ މީހެކެވެ.

"ފާޓިލައިޒާ އެތެރެ ކުރަން އަލުން ހުއްދަ ނުދޭނަމަ، އޮކްޓޯބަރު މަސް އަންނަން ވާއިރަށް ދަނޑުތައް އެއްކޮށް ހަލާކުވާނެ. ނޮވެމްބަރާއި ޑިސެމްބަރު މަހުގެ އެކްސްޕޯޓަށް އޭގެ އަސަރު ކުރާނެ،" ގުރުނަދާ އޭއެފްޕީއަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަތުރުވެރި ކަމަށް ހާއްސަ ޕްރޮޖެކެޓެއްގެ ގޮތުގައި އޯގެނިކް ދަނޑުތައް ބެހެއްޓި ނަމަވެސް، އެ ދަނޑުތައް ބެލެހެއްޓުމަށް ދާ ހަރަދު 10 ގުނަ އިތުރު ކަމަށް އޭނާ ވިދާޅުވި އެވެ.

ފާޓިލައިޒާ އެތެރެ ކުރަން ކުއްލިއަކަށް އަލުން ހުއްދަ ދީފައި ވާއިރު، އެކަމާ ގުޅޭ ގޮތުން ލަންކާ ސަރުކާރުން ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.

މިދިޔަ ހަފްތާގައި ވެސް ރައީސް ގޮތަބަޔާ އދ. ގެ ފުޑް ސިސްޓަމްސް ސަމިޓުގައި ވަނީ ފާޓިލައިޒާ މަނާ ކުރުން ދިފާއު ކުރައްވާ ވާހަކަދައްކަވާފަ އެވެ. އަދި އެހެން ގައުމުތަކުން ލަންކާގެ މިސާލު ބަލައިގަނެ އޯގެނިކް ދަނޑުވެރި ކަމަށް ދިޔުމަށް ގޮވާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox