އިންޑިއާގައި ފެންބޮޑުވުން: އިތުރު 16 މީހަކު މަރުވެ، 250،000 މީހުން ހާލުގައި ޖެހިއްޖެ

އިންޑިއާގެ ވެސްޓް ބެންގޯލްގައި ފެންބޮޑުވެފައި.-- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ވެސްޓް ބެންގޯލްގައި ފެންބޮޑުވެފައި.-- ފޮޓޯ: އޭއެފްޕީ

ކޮލްކަޓާ، އިންޑިއާ (އޯގަސްޓު 3) - އިރުމަތީ އިންޑިއާއަށް މޫސުން ގޯސްވެ ފެން ބޮޑުވެގެންނާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި އިތުރު 16 މީހުން މަރުވެ، 250،000 މީހުން ހާލުގައި ޖެހިއްޖެ އެވެ.

ވެސްޓް ބެންގޯލަށް ކުރަމުންދާ ވިއްސާރާގައި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް 11 މީހަކު މަރުވެފައިވެ އެވެ. ފާއިތުވި ދެ ދުވަސް ތެރޭގައި ވެސްޓް ބެންގޯލްގެ ދެ ކޯރެއް ބަންޑުންވުމުން ހަ ޑިސްޓްރިކްޓެއްގައި ދިރިއުޅޭ ބައި މިލިއަން މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ.

މިފަހަރުގެ ހާދިސާތަކުގައި މަރުވި 16 މީހުންގެ ތެރެއިން ފަސް މީހުންގެ ހަށިގަނޑު ފެނުނީ އޮޔާ ގޮސްފައި ވަނިކޮށެވެ. އެހެން މީހުން މަރުވީ ދިރިއުޅެމުން ދިޔަ ޗަކައިން ހަދާފައިވާ ގެތައް ވެއްޓިގެންނެވެ.

ފެންބޮޑުވެފައިވާ ސަރަހައްދުތަކުގެ އިމާރާތެއްގެ ފުރާޅު މަތިން ވެސް ގިނަ ބަޔަކު ސަލާމަތްކޮށްފައިވެ އެވެ. ހެލިކޮޕްޓަރުގެ ބޭނުންކޮށްގެން ސަލާމަތް ކުރި މީހުންގެ ތެރޭގައި 100 އަހަރުގެ އަންހެނަކާއި ނުވަ މަހުގެ ތުއްތު ކުއްޖެއް ހިމެނެ އެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް 40 ސެންޓަރު ގާއިމްކޮށްފައިވެ އެވެ. މި އަހަރުގެ ވިއްސާރަ މޫސުމުގައި އިންޑިއާގެ ހުޅަނގުން މިހާތަނަށް 250 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ.

މިދިޔަ މަހު މަހަރާޝްތްރަ ސްޓޭޓަށް ބޯކޮށް ވާރޭ ވެހި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 200 މީހުން މަރުވި އެވެ. އޭގެ އިތުރުން އުތުރުގައި އޮންނަ އުއްތަރްހާންދް އާއި ހިމާޗަލް ޕްރަދޭޝް ސްޓޭޓުން ވެސް މީހުން މަރުވެފައި ވެ އެވެ.

އިންޑިއާއަށް ވިއްސާރަ މޫސުން އަންނީ ޖޫން އިން ސެޕްޓެމްބަރަށެވެ. މޫސުމް ގޯސްވެ ލިބޭ ގެއްލުންތައް އަހަރަށް ވުރެ އަހަރެއް ބޮޑުވަމުން ދާއިރު، އެކަމާ ގުޅިފައިވާ މައިގަނޑު ސަބަބަކީ މޫސުމަށް އަންމުންދާ ބަދަލުތައް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox