އިންޑިއާގެ ދެ ސްޓޭޓެއްގެ މެދުގައި ހަމަލާ ބަދަލުކޮށް, ހަ ފުލުހަކު މަރުވެއްޖެ

އިރު އުތުރު މިޒޮރަމް ސްޓޭޓުގެ ވެރިރަށް އައިޒޯލް.-- ފޮޓޯ: އޭއެފްޕީ

އިރު އުތުރު މިޒޮރަމް ސްޓޭޓުގެ ވެރިރަށް އައިޒޯލް.-- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ޖުލައި 30) - އިންޑިއާގެ އައްސާމް ސްޓޭޓާއި މިޒޮރަމް ސްޓޭޓާ ދެމެދު ހަމަލާ ބަދަލުކުރުމާއެކު އައްސާމްގެ ރައްޔިތުން މިޒޮރަމްއަށް ނުދިޔުމަށް ޓްރެވަލް އެޑްވައިޒަރީ ނެރެފި އެވެ.

ދެ ސްޓޭޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގައި ފުލުހުންގެ ހަ މީހަކު ވަނީ މަރުވެފަ އެވެ.

އިންޑިއާގެ އިރު އުތުރަކީ 1947 ގައި އެ ގައުމަށް މިނިވަންކަން ލިބުނު ފަހުން ވެސް ހަމަނުޖެހުން ބޮޑު ސަރަހައްދެކެވެ. އެ ހިސާބުގެ ހަތް ސްޓޭޓުގެ ބޯޑަރާ މެދު އަބަދުވެސް ހިޔާލު ތަފާތުވުން އޮވެ އެވެ. ނަމަވެސް ހަމަލާ ބަދަލު ކުރުމަކީ ފެންނަ މަންޒަރެއް ނޫނެވެ.

އައްސާމް އާއި މިޒޮރަމްގެ ބޯޑަރުގެ މައްސަލަ ޖެހިފައި އޮންނަތާ އެތައް އަހަރެއް ވެފައި ވާއިރު، މިދިޔަ ހޯމަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުންގެ ހަ މީހަކު މަރުވެ 60 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ.

"މިހާރު އޮތް ސީރިއަސް ހާލަތަށް ބަލާފައި، އައްސާމްގެ ރައްޔިތުންނަށް ލަފާދީފައި ވަނީ މިޒޮރަމްއަށް ދަތުރު ނުކުރުމަށް،" ބުރާސްފަތި ދުވަހު ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ވެ އެވެ.

"މި ވަގުތު މިޒޮރަމްގައި ތިބި އައްސާމް ރައްޔިތުން ވެސް އަމިއްލަ ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް ބާރު އަޅަން. މިޒޮރަމްގެ ގިނަ ބަޔަކު ތިބީ އޮޓޮމެޓިކް ހަތިޔާރު ހިފައިގެން".

އިންޑިއާއަކީ އަވައްޓެރި ޗައިނާ އާއި ޕާކިސްތާނާ ދެމެދު ޒަމާންވީ ބޯޑަރުގެ މައްސަލަ އޮންނަ ގައުމެކެވެ. ނަމަވެސް ގައުމުގެ ތެރޭގައި ދެ ސްޓޭޓަކުން މި ގޮތަށް އަރައިރުން ވަމުން ދާތީ މިއީ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރަށް އޮތް ގޮންޖެހުމެކެވެ.

ހަމަނުޖެހުމާ ގުޅިގެން އެއް ސްޓޭޓް އަނެއް ސްޓޭޓަށް ދަނީ ތުހުމަތު ކުރަމުންނެވެ.

މިޒޮރަމްއަށް ނިސްބަތްވާ ސިޔާސީ ލީޑަރެއް ކަމަށްވާ ކޭ. ވަންލަލްވޭނާ ބުދަ ދުވަހު މަޖިލީހުގެ މަތިގޭގައި ވިދާޅުވީ އެ ސްޓޭޓުން ހަމަނުޖެހުމަށް ތައްޔާރަށް އޮތް ކަމަށެވެ.

"ދުއިސައްތަ އަށް ވުރެ ގިނަ ފުލުހުން އަޅުގަނޑުމެންގެ ބިމަށް އެތެރެވެ، އަޅުގަނޑުމެންގެ ފުލުހުން ފަހަތަށް ޖައްސަން ފެށީ. ފުރަތަމަ ބަޑި ޖަހަން އެންގީ ވެސް އެ މީހުން،" ވަންލަލްވޭނާ ވިދާޅުވި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރި އެވެ.

"އެ އެންމެން މަރު ނުވީ އެ މީހުންގެ ނަސީބުން. އެ މީހުން ދެ ވަނަ ފަހަރަށް އަތުވެއްޖެ ނަމަ، އެންމެން މަރާލާނަން."

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox