ބަންގްލަދޭޝްގައި ފެންބޮޑުވެ ތިން ލައްކަ މީހުން ހާލުގައި ޖެހިއްޖެ

ފެންބޮޑުވެދާނެ ކަމަށް 10،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވޭ.-- ފޮޓޯ: އޭއެފްޕީ

ފެންބޮޑުވެދާނެ ކަމަށް 10،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވޭ.-- ފޮޓޯ: އޭއެފްޕީ

ކޮކްސަޒް ބާޒާރު، ބަންގްލަދޭޝް (ޖުލައި 30) - ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި ދެކުނު އިރުމަތީ ބަންގްލަދޭޝްގެ އަވަށްތަކުން 300،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ އެވެ.

އޮފިޝަލުން ބުނީ އެ ހާދިސާތަކުގައި މިހާތަނަށް 20 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ރޮހިންޔާ ދަރިކޮޅުގެ ހަ ރެފިއުޖީން ހިމެނޭ ކަމަށެވެ.

މޫސުން ގޯސްވެ ފެންބޮޑުވި ހިސާބަކީ ބަންގްލަދޭޝާއި މިޔަންމާ ގުޅޭ ބޯޑަރު ސަރަހައްދެވެ. އެ ތަނުގައި ޖަހާފައިވާ ރެފިއުޖީ ކޭމްޕުތަކުގައި މިޔަންމާގެ އެއް މިލިއަން ރެފިއުޖީން ދިރިއުޅެ އެވެ.

"ފެންބޮޑުވެ 306،000 މީހުން ކޮކްސަޒް ބާޒާރު ޑިސްޓްރިކްޓުގައި ވަނީ ހާލުގައި ޖެހިފައި. މަދުވެގެން 70 އަވަށުގައި ފެންބޮޑުވެފައިވޭ،" އެ ޑިސްޓްރިކްޓުގެ އެޑްމިނިސްޓްރޭޓަރު މަމުނޫރް ރާޝިދު އޭއެފްޕީއަށް ވިދާޅުވި އެވެ.

"ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމާ ހެދި މަދުވެގެން 20 މީހުން މަރުވި. އޭގެ ތެރޭގައި ރޮހިންޔާ ރެފިއުޖީންގެ ހަ މީހަކު ހިމެނޭ."

އޮފިޝަލުން ބުނީ ގާތްގަނޑަކަށް 36،000 މީހުން ސްކޫލުތަކާއި ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"ބައެއް ގެތަކުގައި އޮތީ އެއްކޮށް ފެންބޮޑުވެފައި. އެތައް ހާސް ބަޔަކު ފާއިތުވި ތިން ދުވަހު ތިބީ ގެއިން ނުނިކުމެވިފައި. މަގުތައް ވަނީ އެއްކޮށް ބަންދުވެފައި،" މީހުން މަދު ޖިލްވަންޖާ ޔޫނިއަންގެ ކައުންސިލަރު ތީޕޫ ސުލްތާން އޭއެފްޕީއަށް ވިދާޅުވި އެވެ.

މި ހަފްތާގެ ކުރީކޮޅު ކޮކްސަޒް ބާޒާރު ސަރަހައްދުގެ ރެފިއުޖީ ކޭމްޕުތަކުން 10،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައި ވެ އެވެ.

އެހީ ފޯރުކޮށްދޭން މަސައްކަތް ކުރާ ފަރާތްތަކުން ބުނީ ކޮވިޑް ކޮންޓްރޯލް ކުރަން ރެފިއުޖީ ކޭމްޕުތައް ލޮކްޑައުންކޮށްފައި ވާތީ އެ މީހުންގެ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 740،000 ރޮހިންޔާ ދަރިކޮޅު މީހުން 2017 ވަނަ އަހަރު ވަނީ މިޔަންމާގެ ރާހީން ސްޓޭޓް ދޫކޮށް އެހެން ތަންތަނަށް ގޮސްފަ އެވެ. އެ މީހުން ގައުމު ދޫކޮށް ދާން ޖެހުނީ އެ ދަރިކޮޅު މީހުންނާ ދެކޮޅަށް ސިފައިން ޖަރީމާތައް ހިންގަން ފެށުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox