ކޮވިޑް ކޭސްތައް އިތުރުވެ ތައިލޭންޑުގެ ހޮސްޕިޓަލްތައް ފުރިއްޖެ

ބެންކޮކްގައި ހުންނަ ޑޮން މުއެންގް އިންޓަނޭޝަނަލް އެއާޕޯޓުގެ ގުދަނުގައި ކޮވިޑް ބަލި މީހުންނަށް ފީލްޑް ހޮސްޕިޓަލެއް ހަދާފައި.-- ފޮޓޯ: އޭއެފްޕީ

ބެންކޮކްގައި ހުންނަ ޑޮން މުއެންގް އިންޓަނޭޝަނަލް އެއާޕޯޓުގެ ގުދަނުގައި ކޮވިޑް ބަލި މީހުންނަށް ފީލްޑް ހޮސްޕިޓަލެއް ހަދާފައި.-- ފޮޓޯ: އޭއެފްޕީ

ބެންކޮކް، ތައިލޭންޑް (ޖުލައި 29) - ބުރާސްފަތި ދުވަހު ތައިލޭންޑުގައި ރިކޯޑް އަދަދަށް ކޮވިޑް ކޭސްތަކާއި މަރުތައް އިތުރުވެފައި ވާއިރު، ހޮސްޕިޓަލްތަކާއި އައިސޮލޭޝަން ފެސިލިޓީތައް ފުރެމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ދެކުނު އިރުމަތީ އޭޝިއާގައި އޮންނަތައިލޭންޑުގައި ހަލުވިކަމާއެކު ފެތުރެމުން ދަނީ އެހެން ވޭރިއެންޓުތަކަށް ވުރެ ނުރައްކާ ބޮޑު ޑެލްޓާ ވޭރިއެންޓާ ހެދި އެވެ. ޕޮޒިޓިވް ކޭސްތަކާއި މަރުވާ އަދަދު ހިފެހެއްޓުމެއް ނެތި އިތުރުވަމުން ދާއިރު، ސިއްހީ ފަރުވާގެ ނިޒާމު އޮތީ ހުއްޓެން ކައިރިވެފަ އެވެ.

ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ޕްރޮވިންސްތަކުގައި ހަރުކަށި ފިޔަވަޅުތަކާއެކު ރޭގަނޑުގެ ވަގުތުގައި ކާފިއު ހިންގި ނަމަވެސް، ބުރާސްފަތު ދުވަހު އެކަނިވެސް ރިކޯޑް އަދަދަކަށް 17،669 މީހުން ޕޮޒިޓިވްވެ، 165 މީހުން މަރުވި އެވެ.

"އަޅުގަނޑު މި ވާހަކަ ދައްކަނީ ވަރަށް ސާފުކޮށް. ހޮސްޕިޓަލުތަކުގައި ބޭނުންވާ އަދަދަށް އެނދެއް ނެތް،" ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްގެ ހެލްތު މިނިސްޓްރީ ޑިރެކްޓަރު ޖެނެރަލް ސޮމްސަކް އައްކަސިލްޕް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

"ބޮޑެތި ހޮސްޕިޓަލުތަކުގެ އައިސީޔޫ ހުރިހާ އެނދެން ވަނީ ފުރިފައި. އެ ތަންތަނުގައި އައިސީޔޫއަށް 10 އެނދު ހުރި ނަމަ، 12 އައިސީޔޫ ކޭސް އެބަ ބަލަހައްޓަން ޖެހޭ."

ސޮމްސަކް ވިދާޅުވީ ވެރިރަށް ބެންކޮކްގެ ހޮސްޕިޓަލްތަކުގެ ކެޕޭސިޓީއަކީ ދުވާލަކު 1،000 އާ ކޭސް މެނޭޖު ކުރުން ކަމަށެވެ. ނަމަވެސް އެ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ބަލި މީހުންނަށް ފަރުވާ ދޭން ޖެހޭ ކަމަށާއި ބުރާސްފަތި ދުވަހު އެކަނިވެސް ބެންކޮކުން 4،000 އާ ކޭސް ފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޮޒިޓިވް މީހުންގެ ތެރެއިން މާ ބޮޑު އަލާމާތެއް ނުފެންނަ މީހުން ގޭގައި ތިބެ އައިސޮލޭޓްވުމަށް ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ ބާރު އަޅަމުންނެވެ. ނަމަވެސް އެ މީހުންނަށް ބޭނުންވާ ބޭސް ގޭގެއަށް ސަޕްލައި ކުރުމުގައި ދަތިތައް އެބަ ހުއްޓެވެ.

ކޮވިޑް ބަލިމަޑުކަން ފެށުނު ފަހުން ތައިލޭންޑުން ޖުމްލަ 561،000 އަށް ވުރެ ގިނަ ކޭސް ފެނިފައި ވާއިރު، 4،562 މީހުން މަރުވެފައި ވެ އެވެ.

ބޮޑު ވަޒީރު ޕްރަޔުތް ޗަން އޮޗާގެ ސަރުކަރުން ބަލި ކޮންޓްރޯލް ކުރަން ކުރަމުންދާ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ. އެގޮތުން ވެކްސިން ހޯދުމުގައި ދިމާވަމުންދާ މައްސަލަތަކާއި ބަލިމަޑުކަމުގެ އަސަރުކުރާ ދާއިރާތަކަށް ބޭނުންވާ އެހީ ނުދޭ ކަމަށް ތުހުމަތު ކުރެ އެވެ.

ތައިލޭންޑުގައި މިހާރު ދެމުން އަންނަނީ ސިނޮވެކް، ސިނޮފާމް އަދި އެސްޓްރަޒެނިކާ ވެކްސިނެވެ. ނަމަވެސް ވެކްސިން ޕްރޮގްރާމް ލަސްވުމުންނާއި ފައިޒާ އަދި މޮޑާނާގެ ވެކްސިން ހޯދާފައި ނުވާތީ އާއްމުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާގެ އެމްބަސީން ވަނީ ފައިޒާގެ 1.5 މިލިއަން ޑޯޒް ތައިލޭންޑަށް ހަދިޔާކޮށްފަ އެވެ. އެ ޝިޕްމަންޓް ހުކުރު ދުވަހު އެ ގައުމަށް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox