ޓިއުނީޝިއާގެ ޑިމޮކްރަސީގެ ކުރިމަގާ މެދު ގިނަ ސުވާލުތަކެއް

ޓިއުނީޝިއާގައި ބޭއްވި އެއްވުމެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ޓިއުނީޝިއާގައި ބޭއްވި އެއްވުމެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ތޫނިސް، ޓިއުނީޝިއާ (ޖުލައި 29) - ޓިއުނީޝިއާގެ ބޮޑު ވަޒީރު މަގާމުން ވަކިކޮށް، މަޖިލިސް މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި އިތުރު އޮފިޝަލުންތަކެއް މަގާމުން ވަކިކޮށް، އެ ގައުމުގެ ޑިމޮކްރަސީގެ ކުރިމަގާ މެދު ސުވާލު އުފެދިއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ރައީސް ކައިސް ސައީދު ގެންނަވަމުންދާ ބަދަލުތަކަކީ "ބަގާވާތެއްގެ" ގޮތުގައި އެންމެ ބޮޑު ޕާޓީން ސިފަކުރެ އެވެ. މަދަނީ ޖަމިއްޔާތަކުން ވެސް ބުނީ ސިޔާސީ ހައްލެއް ގެންނާނެ ގޮތުގައި ޓައިމްލައިނެއް ނެރެން ޖެހޭ ކަމަށެވެ.

އާދީއްތަ ދުވަހު ބޮޑު ވަޒީރު ހިޝޭމް މެޝީޝީ ވަކިކޮށް، ޖެހިގެން އައި ހޯމަ ދުވަހު ޑިފެންސް މިނިސްޓަރާއި ޖަސްޓިސް މިނިސްޓަރުން ވަކިކޮށްފައި ވާއިރު، އަންގާރަ އަދި ބުދަ ދުވަހު ވެސް ވަނީ އިސް އޮފިޝަލުންތަކެއް މަގާމުން ވަކިކޮށްފަ އެވެ.

އުމުރުން 63 އަހަރުގެ ރައީސް ސައީދަކީ 2019 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބޮޑު އަގުލަބިއްޔަތަކުން ވެރިކަމަށް ވަޑައިގެންނެވި ސިޔާސީ ދާއިރާއަށް މުޅިން އާ ބޭފުޅެކެވެ. އޭގެ ކުރިން ސައީދަކީ ގާނޫނު ކިޔަވައިދެއްވި ލެކްޗަރާ އެކެވެ.

ބުދަ ދުވަހު ނެރުއްވި ރިޔާސީ ގަރާރުން ވަކި ކުރި އޮފިޝަލުންގެ ތެރޭގައި ސިފައިންގެ ޗީފް ޕްރޮސެކިއުޓަރު ވެސް ހިމެނެ އެވެ. އޭގެ އިތުރުން ގައުމީ ޓީވީ ޗެނަލް، ވަތަނިއްޔާގެ ސީއީއޯ މަގާމުން ވަކިކުރައްވާ، މަޖިލިސް މެމްބަރުންނަށް ލިބިދޭ "އިމިއުނިޓީ" ނުވަތަ ގާނޫނީ ރައްކާތެރިކަން އުވާލެއްވި އެވެ.

ސައީދު ވިދާޅުވެފައި ވަނީ އެ ހުރިހާ ކަމެއް ވެސް ކުރަމުން ދަނީ ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އެގޮތުން ގައުމަށް "ނުރައްކަލެއް އޮންނަ ހާލަތްތަކުގައި" ދައުލަތުގެ އެންމެ އިސް ވެރިޔާއަށް ވަކި ފިޔަވަޅުތަކެއް އެޅުމުގެ ބާރު ގާނޫނު އަސާސީން ލިބިދެ އެވެ.

ސިޔާސީ ނުތަނަވަސްކަން އިތުރުވަމުން ދާއިރު، އުތުރު އެފްރިކާގައި އޮންނަ ޓިއުނީޝިއާގެ އިގްތިސާދީ ކާރިސާ ވެސް ދަނީ ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުންނެވެ. އެގޮތުން އިންފްލޭޝަން މަތިވެ ވަޒީފާ ނެތް މީހުން ވަނީ އިތުރުވެފަ އެވެ. އޭގެ އިތުރުން އެ ގައުމުގެ ކޮވިޑް ހާލަތު ވެސް އެހާމެ ގޯހެވެ.

ޖުޑީޝަލް ތަހުގީގު

އާދީއްތަ ދުވަހު އުވާލި ކޯލިޝަން ސަރުކާރުގެ އެންމެ ބޮޑު ޕާޓީ، މޮޑަރޭޓް އިސްލާމިސްޓް އިންނަހްދާ ޕާޓީން ރައީސްގެ އަމަލުތައް ސިފަކޮށްފައި ވަނީ "ބަގާވާތެއް" ހިންގައިގެން ބާރުތައް ހޯދުމުގެ ގޮތުގަ އެވެ. އެމެރިކާ އާއި އީޔޫ އަދި އެހެން ގައުމުތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

ފްރާންސްގެ ފޮރިން މިނިސްޓަރު ޖޯން ޔްވެސް ލެ ޑްރިއަން ބުދަ ދުވަހު ޓިއުނީޝިއާއަށް ގޮވާލެއްވީ ވީ އެންމެ އަވަހަށް އާ ބޮޑު ވަޒީރަކު އައްޔަނުކޮށް އާ ސަރުކާރެއް އެކުލަވާލުމަށެވެ.

ސިޔާސީ ހަލަބޮލިކަން އިތުރުވީ ޓިއުނީޝިއާގެ ޕްރޮސެކިއުޓާ އޮފީހުން އިންނަހްދާ ޕާޓީ އާއި އިތުރު ދެ ޕާޓީއެއްގެ މައްސަލަ ބަލަމުންދާ ކަމަށް ބުދަ ދުވަހު އިއުލާނު ކުރުމުންނެވެ. އެގޮތުން 2019 ގެ އިންތިހާބުގެ ކުރިން އެ ޕާޓީތަކުން ގާނޫނާ ހިލާފަށް ފައިސާ ހޯދި ކަމަށް ތުހުމަތުކުރި އެވެ.

ޕްރޮސެކިއުޝަން ތަރުޖަމާނު މުހްސިން ދާލީ ވިދާޅުވީ ޖުޑީޝަރީގެ މާލީ ކަންކަމާ ބެހޭ އިދާރާއިން ޖުލައި 14 ވަނަ ތަހުގީގު ފެށީ އެ ޕާޓީތަކުން "ގޮތް ނޭނގޭ އަދި ބޭރު ބައެއްގެ ފައިސާގައި ހިފި ކަމަށް" ތުހުމަތު ކުރެވޭތީ އެވެ.

ރައީސް ސައީދު ވިދާޅުވެފައި ވަނީ އަމާޒަކީ ގާނޫނަށް ގެންނަ ބަދަލުގެ ދަށުން ޓިއުނީޝިއާގެ ސިޔާސީ ނިޒާމަށް އިންގިލާބެއް ގެނައުން ކަމަށެވެ. އެކަން ކުރުމަށް ވެރިކަން ހިންގުމުގެ ބާރާ އެމަނިކުފާނު ހަވާލުވެ ވަޑައިގަންނަވާނެ ކަމަށާއި އާ ސަރުކާރުގެ ބޮޑު ވަޒީރު އައްޔަނު ކުރައްވާނީ ހުދު އެމަނިކުފާނު ކަމަށް ވިދާޅުވި އެވެ.

އާ ބޮޑު ވަޒީރު ކަމަށް އަންނާނެ ގިނަ ކެންޑިޑޭޓުންގެ ނަންތަކެއް ޓިއުނީޝިއާގައި ދަނީ ދައުރުވަމުންނެވެ. ހޯމަ ދުވަހު ސައީދު ވަނީ އޭގެ ތެރެއިން ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.

"ސަރުކާރުގެ އާ ވެރިޔާ ހޮވުމުގައި ރައީސް ސައީދު ވަރަށް ބޮޑަށް ވިސްނަވާނެ. އެއީ ރައީސްއާ އެއް ގޮތް ސިޔާސަތުތައް ގެންގުޅޭ، ރައީސްއަށް ވަފާތެރި އަދި ފުރިހަމައަށް އިތުބާރު ކުރެވޭ ބޭފުޅަކު އެ މަގާމަށް އައުން މުހިއްމު ވާތީ،" ޕޮލިޓިކަލް ސައިންޓިސްޓް ސަލާހުއްދީ ޖައުރްޗީ ވިދާޅުވި އެވެ.

މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ގައުމުތަކުގައި 2010 ވަނަ އަހަރު ހިނގި "އަރަބް ސްޕްރިންގް" އިންގިލާބުތަކަށް ފަހު ކާމިޔާބުކަމާއެކު ޑިމޮކްރެސީ ހިނގަމުންދާ ހަމައެކަނި ގައުމަކީ ޓިއުނީޝިއާގެ ގޮތުގައި މީގެ ކުރިން އޮތީ ބެލެވިފަ އެވެ.

ނަމަވެސް ޑިމޮކްރަސީ ގެނެވުނާ 10 އަހަރު ފަހުން، އެ ގައުމުގެ 12 މިލިއަން މީހުން ދެކޭ ގޮތުގައި މާ ބޮޑު ތަފާތެއް ފެނިފައެއް ނުވެ އެވެ. އެގޮތުން ދިރިއުޅުމުގެ ފެންވަރަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމަށާއި ސިޔާސީ ތަޅާފޮޅުމުގެ ސަބަބުން ހިތްހަމަނުޖެހޭ ކަމަށް ރައްޔިތުން ބުނެ އެވެ.

އޭގެ އިތުރުން އެންމެ ފަހުން އުވާލި ސަރުކާރުން ވަނީ ގިނަ ކަންކަމުގައި ފެއިލްވެފައި ކަމަށާއި އޭގެ ތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރުމުން ހިމެނޭ ކަމަށް ރައްޔިތުން ދެކެ އެވެ. އާބާދީގެ ނިސްބަތުން ބަލާއިރު، ދުނިޔޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވާ އެއް ގައުމަކީ ޓިއުނީޝިއާ އެވެ.

ބޮޑު ގޮންޖެހުމެއް

"ރައީސް ސައީދަށް އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައި ވަނީ އެމަނިކުފާނުގެ ނިންމެވުމަކީ ރަނގަޅު ނިންމުން ކަން ދުނިޔެ އާއި ޓިއުނީޝިއާގެ ރައްޔިތުންނަށް ސާބިތުކޮށްދޭން،" ޖައުރްޗީ ވިދާޅުވި އެވެ.

މަޖިލިސް އިމާރާތް ކައިރި ސިފައިން ފޯރިމަރަމުން ދާއިރު، މިދިޔަ ހޯމަ ދުވަހު އެ ތަނުގައި ބޮޑު ހަމަނުޖެހުންތައް ހިނގި އެވެ. އިންނަހްދާ ޕާޓީން ތުހުމަތު ކުރި ގޮތުގައި އެއީ "ރާވައިގެން ފޮނުވި ގޭންގުތަކުން" ހިންގި އަމަލެކެވެ.

އަންގާރަ ދުވަހު އިންނަހްދާ ޕާޓީން ބުނީ މަޖިލީހުގެ އަވަސް އިންތިހާބަކަށް އެ ޕާޓީން ތާއީދު ކުރާ ކަމަށާއި އެއީ ޑިމޮކްރެސީ ދެމެހެއްޓުމަށް ކުރަން ޖެހޭ ކަމެއް ކަމަށެވެ. އިންތިހާބު ފަސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އިންނަހްދާގެ އިސް ލީޑަރެއް ކަމުގައިވާ ނޫރައްދީން ބިހްރީ ވިދާޅުވީ އެ ޕާޓީން ނިންމާފައި ވަނީ ރައީސްގެ ނިންމެވުމާ ދެކޮޅަށް ސުލްހަވެރިކަމާއެކު އިހްތިޖާޖު ކުރުން ކެމްޕެއިނަށް ހިންގަން ކަމަށެވެ.

"އިންތިހާބު ބޭއްވުމުގެ ކުރިން މަޖިލިހުގެ މަސައްކަތް އަލުން ފަށަން ޖެހޭނެ އަދި ސިފައިންގެ ކޮންޓްރޯލް ހުއްޓާލަން ޖެހޭނެ،" އޭނާ އޭއެފްޕީއަށް ވިދާޅުވި އެވެ.

މީގެ 10 އަހަރު ކުރިން ޓިއުނީޝިއާގައި ހިންގި އިންގިލާބުގައި ޑިކްޓޭޓަރު ޒައިން އަލް އަބިދީން ބިން އަލީ މަގާމުން ވަކިކޮށްފައި ވާއިރު، އޭގެ ފަހުން އެ ގައުމުގައި ނުވަ ސަރުކާރު މަސައްކަތް ކޮށްފައި ވެ އެވެ. ބައެއް ސަރުކާރުތައް އުވުނީ ދެ ތިން މަސް ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox