"އަދަދު" ގެ ތާރީހު ޑޮކިއުމެންޓްރީ "ސައްބީސް" ޕްރިމިއާކޮށްފި

Jul 27, 2021, 6:45 AM
"ސައްބީސް" ގެ ޔޫޓިއުބް ލިންކް.

"ސައްބީސް" ގެ ޔޫޓިއުބް ލިންކް.

ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުނު ގޮތާއި އަނބުރާ ލިބުނުގެ ގޮތުގެ މައްޗަށް، "އަދަދު" އިން ތައްޔާރުކުރި ތާރީހު ޑޮކިއުމެންޓްރީ "ސައްބީސް" މިއަދު ހެނދުނު ޕްރިމިއާކޮށްފި އެވެ.

އިއްޔެ ފާހަގަކުރި ރާއްޖޭގެ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، "އަދަދު" ގެ ވިޝުއަލް އެޑިޓަރު އަބްދުﷲ ޝަފީއު (އަބޯ) ޑައިރެކްޓްކޮށް އުފެއްދި މި ޑޮކިއުމެންޓްރީ "އަދަދު" ގެ ޔޫޓިއުބް ޗެނަލުންނާއި ފޭސްބުކް ޕޭޖުން މިހާރު ބަލާލެވޭނެ އެވެ.

މި ޑޮކިއުމެންޓްރީގައި ދައްކުވައިދެނީ 1830 ގެ އަހަރުތަކުގައި އައްސުލްތާން މުހައްމަދު އިމާދުއްދީން ހަތަރެއް (މުސްކުޅި ބަންޑާރައިން) ގެ ރަސްކަމުގައި، ރާއްޖޭގެ ޗާޓު ކުރެހުމަށް އިނގިރޭސި ކެޕްޓަނެއް ކަމަށްވާ ރޮބަޓް މޮރަސްބީ އައި ހިސާބުން ފެށިގެން، 1965 ވަނަ އަހަރު ސުމުއްވުލްއަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރިކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި، ރާއްޖެ އަށް މިނިވަންކަން ލިބުމާ ހަމަޔަށް ހިނގި، ރާއްޖޭގެ ކޮންޓެމްޕަރަރީ ތާރީހުގެ ހާދިސާތަކެވެ.

Advertisement

އެ ދެމެދުން އަތިރީގެ އާއި ކަކާގޭގެ މެދުގައި ހިނގައިދިޔަ ސިޔާސީ ވާދަވެރިކަމާއި ރާއްޖެ އަށް ވޯރާ ވިޔަފާރިވެރިން އައުމާއި ބޮޑުހުޅުގެ ހާދިސާ އާއި އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިއުމުގެ ވާހަކަތައް ތަފްސީލީ ގޮތެއްގައި ގެނެސްފައިވާނެ އެވެ. އަދި މުހައްމަދު އަމީނުގެ ދައުރުގައި ރާއްޖެ އަށް ދާހިލީ މިނިވަންކަން ލިބުނު ވާހަކަ އާއި އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ބޮޑުވަޒީރުކަމުގައި އައްޑޫ ގަން އިނގިރޭސިންނަށް 100 އަހަރަށް ދިން ވާހަކަ ވެސް ހިމެނެ އެވެ. އެއާ ވިދިގެން ހިނގައިދިޔަ ދެކުނުގެ ބަގާވަތުގެ ވާހަކައިން ފެށިގެން، މިނިވަންކަން ހޯދަން ކުރި މަސައްކަތް މި ޑޮކިއުމެންޓްރީން ފެންނާނެ އެވެ.

"އަދަދު" ގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ މި ޑޮކިއުމެންޓްރީގެ ބޭނުމަކީ، ތާރީހަށް އެކަށޭނެ ޖާގައެއް ނެތް މިފަދަ ޒަމާނެއްގައި، ޒުވާނުން ޝައުގުވެރިވާނެ ފަދަ މީޑިއަމަކުން ރާއްޖޭގެ ތާރީހު، ތާރީހު ދިރާސާކުރައްވާ މީހުންގެ ޕާސްޕެކްޓިވުން ކިޔައިދީ ތާރީހަށް ޒުވާނުން ހިތްޖައްސުވުން ކަމަށެވެ.

"މިނިވަންކަން ގެއްލުނު ގޮތަކީ އެކަމުން އިބުރަތް ހާސިލްކުރަން ޖެހޭ ކަމެއް. އަދި މިނިވަންކަން ހޯދުމަށް މަސައްކަތްކުރެއްވި ބޭފުޅުންގެ މަސައްކަތުން ހިތްވަރު ހޯދަން ޖެހޭ. މި ޑޮކިއުމެންޓްރީގެ މަގުސަދަކީ، ތާރީހުން ފިލާވަޅުތަކެއް ކިޔައިދިނުން،" ފިޔާޒް ވިދާޅުވި އެވެ.

"އަދަދުގެ ޓީމުން މިވަނީ ވަރަށް ބުރަ މަސައްކަތެއް، ވަރަށް ފުރިހަމައަށް ކޮށްފައި. މިއީ ފެށުމެއް. އިރާދަކުރެއްވިއްޔާ މިފަދަ އިތުރު ރީތީ މަސައްކަތްތަކެއް އަދަދުން އިން ގެނެސްދޭނެ."

މި ޑޮކިއުމެންޓްރީގައި ތާރީހުގެ ވާހަކަތައް ކިޔައިދީފައިވަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޖޭޓުގެ ދެ ރިސާޗް އެނަލިސްޓުން ކަމަށްވާ އަހުމަދު އަލާ ދީދީ އާއި މުހައްމަދު ނާޖިހު ދީދީ އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޮމާންޑް ސާޖަންޓް މޭޖަރު އަބްދުﷲ ސައީދު އެވެ. ތިން ބޭފުޅުން ވެސް އަންނަނީ ދިވެހި ތާރީހު ފުޅާ ދާއިރާއެއްގައި ދިރާސާކުރައްވަމުންނެވެ.

"އަދަދު" ގެ މެނޭޖިން އެޑިޓަރު މުހައްމަދު ހަމްދޫން ލިޔުނު ސްކްރިޕްޓަށް ކުރީގެ ނޫސްވެރިޔާ އަބްދުﷲ މުހައްމަދު (އަބޯ) ނެރޭޓްކޮށްފައިވާ މި ޑޮކިއުމެންޓްރީގައި އެ ޒަމާނުގެ މަންޒަރުތައް ދައްކުވައިދީފައިވަނީ ތަދު ވީޑިއޯތަކާއި ފޮޓޯތަކުންނެވެ. އޭގެ ތެރޭގައި ބޮޑުވަޒީރު ފާމުލަދޭރިކިލެގެފާނު 1950 ގެ އަހަރުތަކުގައި އައްޑޫއަށް ވަޑައިގެން އުޅުއްވާ ވީޑިއޯއަކާއި ޔުނައިޓެޑް ސުވައިދީބް ރިޕަބްލިކުގެ ލީޑަރު އަބްދުﷲ އަފީފްގެ ވީޑިއޯ ހިމެނެ އެވެ. އަދި ގަމުގައި އިނގިރޭސި ރޯޔަލް އެއާފޯސް (އާރްއޭއެފް) އިން ހިންގަމުން ދިޔަ މަސައްކަތްތައް ފެންނަ ވީޑިއޯ ވެސް ހިމެނެ އެވެ.

އެކަމަކު ޑޮކިއުމެންްޓްރީ އަށް އެންމެ ބޮޑު ފުރިހަމަކަމެއް ގެނެސްދިނީ، ޑިރެކްޓަރު އަބޯގެ އާޓް ކޮންސެޕްޓްތަކުގެ މައްޗަށް "އަދަދު" ގެ އިން-ހައުސް އާޓިޓްސް އަހުމަދު އިހުސާން (އަރަކަ އާޓްސް) ކުރެހި އިލަސްޓްރޭޝަންތަކުންނާއި އޭނާ އާއި އާއިމް ޒަމީރު (ގަބީ) ގެ އެނިމޭޝަންތަކުންނެވެ. ގަބީގެ ސައުންޑް ޑިޒައިނިން އިން ޑޮކިއުމެންޓްރީ އަށް ލިބުނު ފުރިހަމަކަން ވަކި ކުޑައެއް ނޫނެވެ. ޑޮކިއުމެންޓްރީ އެޑިޓްކޮށް ފަށުވިކަން ގެނެސްދިނީ އަބޯ، ގަބީ އަދި ހުސެއިން ހިޝާމްގެ ޓީމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox