ހަލަބޮލިވެފައިވާ ޓިއުނީޝިއާގެ ޑިފެންސް މިނިސްޓަރު ވެސް ވަކިކޮށްފި

ޓިއުނީޝިއާގެ ބޮޑު ވަޒީރު މަގާމުން ވަކި ކުރުމުން ރައްޔިތުން އުފާ ފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޓިއުނީޝިއާގެ ބޮޑު ވަޒީރު މަގާމުން ވަކި ކުރުމުން ރައްޔިތުން އުފާ ފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ތޫނިސް، ޓިއުނީޝިއާ (ޖުލައި 27) - ޓިއުނީޝިއާގެ ބޮޑު ވަޒީރު މަގާމުން ވަކިކޮށް، މަޖިލިސް މެދުކަނޑާލިތާ އެއް ދުވަސް ފަހުން ޑިފެންސް މިނިސްޓަރު ވެސް މަގާމުން ވަކިކޮށްފި އެވެ.

ބޮޑު ވަޒީރު ހިޝޭމް މެޝީޝީ މަގާމުން ވަކި ކުރުމުން އެތައް ހާސް ބަޔަކު އުފާ ފާޅު ކުރިއިރު، އެކަމާ ދެކޮޅަށް ވެސް މަޖިލީސް ކައިރިއަށް މީހުން އެއްވި އެވެ. އެއާއެކު ބޮޑެތި ހަމަނުޖެހުންތައް ހިނގި އެވެ.

ޓިއުނީޝިއާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އިންނަހްދާ ޕާޓީން ބުނީ ރައީސް ކައިސް ސައީދުގެ ނިންމެވުމަކީ "ބަގާވާތެއް" ކަމަށެވެ. މެޝީޝީ ވިދާޅުވީ ރައީސް އިހްތިޔާރު ކުރައްވާ ބޭފުޅަކަށް ބާރުތައް ހަވާލުކުރައްވާނެ ކަމަށެވެ.

ރައީސް ސައީދު ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން މަޖިލިސް އުވާލަން ތަން ނުދޭ ކަމަށާއި އެހެންވެ 30 ދުވަހަށް މެދުކަނޑާލަން ނިންމެވީ ކަމަށެވެ. މިއީ ޓިއުނީޝިއާ އާއި ގައުމުގެ ރައްޔިތުން ސަލާމަތް ކުރަން އަޅަން މަޖުބޫރުވި ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

ސިފައިންގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ވެސް ހުންނަވާ ސައީދު ވަނީ އިދިކޮޅު ފަރާތްތަކުން ހަތިޔާރާއެކު މަގުތަކަށް ނިކުމެއްޖެ ނަމަ، ރައްދުގައި ސިފައިން ނެރޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ހޯމަ ދުވަހު މެންދުރު ފަހު ޑިފެންސް މިނިސްޓަރު އިބްރާހިމް ބަރްތާޖީ މަގާމުން ވަކި ކުރެއްވި އިރު، ވަގުތީ ޖަސްޓިސް މިނިސްޓަރު ހަސްނާ ބިން ސުލައިމާން ވެސް ވަކި ކުރެއްވި އެވެ.

ސައީދަށް ތާއީދު ކުރާ މީހުންނާއި އިދިކޮޅު ސަޕޯޓަރުންނާ ދެމެދު އިއްޔެ ހަމަނުޖެހުން ހިނގި އެވެ. ސިފައިން ނުކުމެ އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓިއިރު، ސިފައިން ވަނީ މެޝީޝީގެ އޮފީސް ވެސް ވަށާލާފަ އެވެ.

އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޮވާލެއްވީ ޑިމޮކްރެސީއަށް އިހްތިރާމުކޮށް، ހުރިހާ ސިޔާސީ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox