ޔޫރަޕަށް ހިޖުރަ ކުރުން އުޅުނު 57 މީހުން ގެނބިގެން މަރުވެއްޖެ

ހިޖުރަ ކުރަން މަސައްކަތް ކުރި ބަޔަކު ބޭނުން ކުރި ބޯޓެއް.-- ފޮޓޯ: އޭއެފްޕީ

ހިޖުރަ ކުރަން މަސައްކަތް ކުރި ބަޔަކު ބޭނުން ކުރި ބޯޓެއް.-- ފޮޓޯ: އޭއެފްޕީ

ޓްރިޕޮލީ، ލީބިޔާ (ޖުލައި 27) - ލީބިޔާއިން ފުރައިގެން މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ހިޖުރަ ކުރަން މަސައްކަތް ކުރަނިކޮށް ބޯޓެއް ބަންޑުން ޖަހާލައި، 57 މީހަކު ގެނބިގެން މަރުވެއްޖެ އެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަ ފޯ މައިގްރޭޝަން (އައިއޯއެމް) ގެ ލީބިޔާ މިޝަން ޗީފް ފެޑެރިކޯ ސޯޑާ ވިދާޅުވީ ހިޖުރަ ކުރަން އުޅޭ މީހުން މަރުވާ މައްސަލާގައި އަޅާ ނުލާ ތިބެގެން ނުވާނެ ކަމަށެވެ.

އައިއޯއެމް އިން ބުނީ ބޯޓު ބަންޑުން ޖަހާލީ ވެރިރަށް ޓްރިޕޮލީގެ 120 ކިލޯމީޓަރު އިރުން އޮންނަ ހޮމްސް ބަނދަރުން ފުރި ބޯޓެއް ކަމަށެވެ. ޔޫރަޕަށް ހިޖުރަ ކުރާ ގިނަ ބަޔަކު ފުރަނީ ލީބިޔާގެ ބަނދަރުތަކުންނެވެ.

ބޯޓު ބަންޑުން ޖަހާލި ސަބަބު ސާފު ނުވި ނަމަވެސް، އާއްމު ގޮތެއްގައި ހިޖުރަ ކުރާ މީހުން ގޮވައިގެން ފުރާ ބޯޓުތަކުގައި ކެޕޭސިޓީއަށް ވުރެ އެތައް ގުނައެއް އިތުރުކޮށް މީހުން އުފުލަ އެވެ.

އޭގެ އިތުރުން އެފަދަ ބޯޓުތަކަކީ ރަނގަޅަށް ފަރުމާކޮށްފައި ނުވާ، ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނުހުންނަ ބޯޓުތަކެވެ. އަދި އާއްމުކޮށް ދަތުރަށް ނުކުންނަނީ ކޯސްޓްގާޑަށް ފިލައިގެން ދަންވަރު މޫސުމަށް ބެލުމެއް ނެތި އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ ލީބިޔާ ކޯސްޓުގާޑުން ވަނީ މެޑިޓެރޭނިއަން ކަނޑުގައި ހާލުގައި ޖެހިފައި ތިބި 13،000 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފަ އެވެ.

މި މަހު ކުރީކޮޅު އައިއޯއެމް އިން ބުނީ މެޑިޓެރޭނިއަން ކަނޑު ހުރަސް ކުރަން އުޅެނިކޮށް މަރުވި މީހުންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު ދެ ގުނަ އިތުރުވެފައިވާ ކަމަށެވެ.

ހިޖުރަ ކުރުން ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އަންނަނީ ލީބިޔާއަށް އެހީވަމުންނެވެ. ނަމަވެސް އެފަދަ މީހުން ލީބިޔާގައި ބަންދު ކުރާ މަރުކަޒުތަކުގެ ހާލަތު ވަރަށް ދެރަ އެވެ.

މެޑިޓެރޭނިއަން ކަނޑުން ހިފަހައްޓާ މީހުން އަނބުރާ ލީބިޔާ އަށް ހަވާލު ކުރާތީ ބައިނަލްއަގްވާމީ ފަރާތްތަކުން އެކަން ކުށްވެރިކޮށްފައި ވެ އެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ލީބިޔާގައި ހަމަނުޖެހުން ބޮޑުވެ، ހާލަތު ގޯސްވީ 2011 ވަނަ އަހަރު ލީޑަރު މުއައްމަރު ގައްޒާފީ އަވަހާރަކޮށްލުމަށް ފަހު އެވެ.

ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވާދަވެރި ގްރޫޕުތަކުން ވަނީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށް، އިންތިގާލީ ސަރުކާރެއް ގާއިމްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox