ޓިއުނީޝިއާގެ މަޖިލިސް މެދުކަނޑާލައި، ބޮޑު ވަޒީރު ވަކިކޮށްފި

މަޖިލިސް އުވާލުމުން ޓިއުނީޝިއާގެ ރައްޔިތުން އުފާ ފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މަޖިލިސް އުވާލުމުން ޓިއުނީޝިއާގެ ރައްޔިތުން އުފާ ފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ތޫނިސް، ޓިއުނީޝިއާ (ޖުލައި 26) - ޓިއުނީޝިއާގެ ވެރިކަން ކުރާ ޕާޓީއާ ދެކޮޅަށް ބޭއްވި ވަރުގަދަ އެއްވުންތަކާ ގުޅިގެން މަޖިލިސް މެދުކަނޑާލައި، ބޮޑު ވަޒީރު ހިޝޭމް މެޝީޝީ މަގާމުން ވަކިކުރަން ރައީސް ކައިސް ސައީދު ނިންމަވައިފި އެވެ.

އާދީއްތަ ދުވަހު އެތައް ހާސް އާއްމުންނެއް ވަނީ ގިނަ ސިޓީތަކުގެ މަގުތަކަށް ނުކުމް އިންނަހްދާ ޕާޓީއާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. ރައްޔިތުން ދެކޭ ގޮތުގައި ސަރުކާރު ވަނީ ގިނަ ކަންކަމުގައި ފެއިލްވެފަ އެވެ. އޭގެ ތެރޭގައި ކޮވިޑް ކޮންޓްރޯލް ކުރުން ވެސް ހިމެނެ އެވެ.

ރިޔާސީ ގަނޑުވަރުގައި އޮތް ކުއްލި ބަދަލުވުމަކަށް ފަހު މަޖިލިސް މެދުކަނޑާލިކަން އިއުލާނު ކުރެއްވުމާއެކު އާއްމުން ވަނީ އުފާ ފާޅުކުރުމަށް މަގުތަކަށް ނުކުމެ ހަވާ އަރުވާ ހަދާފަ އެވެ. ވެރިރަށް ތޫނިސްގައި ވެސް ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް އެތައް ސަތޭކަ ބަޔަކު އެއްވި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންނެވި ސައީދު އާއި ބޮޑު ވަޒީރު މެޝީޝީ އަދި މަޖިލީހުގެ ރައީސް ރާޝިދު ގަންނޫޝީއާ ދެމެދު އޮތް ވާދަވެރިކަމާއި ނުތަނަވަސްކަމުގެ ސަބަބުން ސަރުކާރު ހިންގުމަށް ގިނަ ދަތިތަކާ ކުރިމަތިވި އެވެ.

ރައީސް ސައީދު ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން މަޖިލިސް އުވާލަން ތަން ނުދޭ ކަމަށާއި އެހެންވެ 30 ދުވަހަށް މެދުކަނޑާލަން ނިންމެވީ ކަމަށެވެ. މިއީ ޓިއުނީޝިއާ އާއި ގައުމުގެ ރައްޔިތުން ސަލާމަތް ކުރަން އަޅަން މަޖުބޫރުވި ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން އާ ސަރުކާރެއްގެ އެހީތެރިކަމާއެކު ވެރިކަން ހިންގުމުގެ ބާރު ނަންގަވާނެ ކަމަށައި އެ ސަރުކާރުގެ އެންމެ އިސްވެރިޔަކަށް ވާނީ ބޮޑު ވަޒީރުގެ ބަދަލުގައި ރައީސް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ނަމަވެސް ވެރިކަން ކުރާ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ބަގާވާތެއް ކަމަށެވެ. ބޮޑު ވަޒީރު މަގާމުން ވަކި ކުރުމުން އެމަނިކުފާނުގެ އޮފީހުން މިހާތަނަށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox