ބާވީސް ހާސް އާއިލާ އަފްގާނިސްތާނުގެ ކަންދަހާރް ދޫކޮށް ހިނގައްޖެ

އަފްގާނިސްތާނުގެ ސިފައިންގެ މީހަކު މަގުމަތީގައި ފޯރިމަރަނީ.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ސިފައިންގެ މީހަކު މަގުމަތީގައި ފޯރިމަރަނީ.-- ފޮޓޯ: އޭއެފްޕީ

ކަންދަހާރް، އަފްގާނިސްތާން (ޖުލައި 25) - ތާލިބާނުންގެ ކުރީގެ މައި މަރުކަޒު، ކަންދަހާރުގައި ހަނގުރާމަ ވަރުގަދަކޮށްފައި ވާތީ، 22،000 އަށް ވުރެ ގިނަ އާއިލާއިން އެތަން ދޫކޮށް ހިނގައްޖެ އެވެ.

ތާލިބާނުންގެ ހަމަލާތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި އެ ގްރޫޕުން ވަނީ މުހިއްމު ބޯޑަރުތައް ހުރަސްކުރާ ސަރަހައްދުތަކާއި، ޑިސްޓްރިކްޓުތައް ހިފައި، އަދި ޕްރޮވިންސް ވެރިރަށްތަކާ ކައިރިއަށް ޖެހިފަ އެވެ.

ތާލިބާނުންގެ ހަމަލާތައް ވަރުގަދަ ކުރީ މިދިޔަ މޭ މަހު އެމެރިކާ އާއި ނޭޓޯގެ ފައުޖުތައް އަފްގާނިސްތާން ދޫކޮށް ދާން ފެށުމުންނެވެ. މި އަހަރުގެ ސެޕްޓެމްބަރު 11 ގެ ކުރިން ބޭރު ސިފައިން އެ ގައުމުން ފައިބާނެ އެވެ.

"ހަނގުރާމައިގެ ސަބަބުން އެއް މަސް ތެރޭ ކަންދަހާރުގެ 22،000 އާއިލާއަށް ގެދޮރު ގެއްލި ރެފިއުޖީންނަށް ވެއްޖެ،" ޕްރޮވިންޝަލް ރެފިއުޖީ ޑިޕާޓްމަންޓުގެ ވެރިޔާ ދޯސްތް މުހައްމަދު ދަރްޔަބް އޭއެފްޕީއަށް ވިދާޅުވި އެވެ.

އާދީއްތަ ދުވަހު ވެސް ކަންދަހާރް ސިޓީ ވަށައިގެންވާ ސަރަހައްދުތަކުގައި ވަރުގަދައަށް ހަމަލާ ބަދަލުކުރި އެވެ.

ކަންދަހާރްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ގެދޮރު ދޫކޮށް ދިޔަ ކަމަށް ބެލެވޭ 154،000 އަށް ވުރެ ގިނަ މީހުންނަށް ވަގުތީ ގޮތުން ތިބެވޭނެ ހަތަރު ކޭމްޕު ޖަހައިފަ އެވެ.

ބައެއް މީހުން ބުނީ ދޫކޮށްފައި ދިޔަ ގެތަކުގައި މިހާރު އުޅެނީ ތާލިބާނުން ކަމަށެވެ. ގެދޮރު ދޫކޮށް ގޮސް އާއިލާތަކަށް އުޅެން ޖެހިފައި ވަނީ ފާހާނަ ކުރެވޭނެ ގޮތެއް ވެސް ނެތް ތަންތަނުގަ އެވެ.

ބައެއް އާއްމުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ހަނގުރާމަ ވަރުގަދަ ވާނެ ކަމަށް ބެލެވޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޖުމްލަ 650،000 ގެ އާބާދީއެއް އޮންނަ ކަންދަހާރަކީ ވެރިރަށް ކާބުލްއަށް ފަހު އަފްގާނިސްތާނުގައި ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އެވެ.

އެ ތަނަކީ 1996 އިން 2001 އަށް ތާލިބާނުން އަފްގާނިސްތާނުގައި ވެރިކަން ކުރިއިރު އެ މީހުންގެ މައި މަރުކަޒެވެ. ތާލިބާނަށް ވެރިކަން ގެއްލުނީ ސެޕްޓެމްބަރު 11، 2001 ގައި އަލް ގައިދާއިން އެމެރިކާގައި ދިން ހަމަލާތަކަށް ފަހު، އެމެރިކާ ސިފައިން އަފްގާނިސްތާނަށް އެރުމުންނެވެ.

އޭރުން ފެށިގެން މިއަދާ ހަމައަށް ވެސް ތާލިބާނުން އަންނަނީ އަލުން ވެރިކަން ހޯދުމުގެ ބޭނުމުގައި ހަނގުރާމަ ކުރަމުންނެވެ. ބޭރުގެ ސިފައިންގެ 95 ޕަސެންޓު އަފްގާނިސްތާނުން ގޮސްފައި ވާއިރު، އެ ގައުމުގެ 400 ޑިސްޓްރިކްޓެއްގެ ކޮންޓްރޯލް މިހާރު އޮތީ ތާލިބާނުންގެ އަތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox