އިންޑިއާގައި މޫސުން ގޯސްވެ މަރުވި މީހުންގެ އަދަދު 127 އަށް އަރައިފި

އިންޑިއާގައި ފެންބޮޑުވުމުން ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިންޑިއާގައި ފެންބޮޑުވުމުން ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މުމްބާއި، އިންޑިއާ (ޖުލައި 25) - އިންޑިއާގެ ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭވެހި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 127 އަށް އަރައިފި އެވެ.

އިންޑިއާގެ ހުޅަނގު އައްސޭރިފަށަށް ބުރާސްފަތު ދުވަހުން ފެށިގެން ދަނީ ވާރޭ ވެހެމުންނެވެ. އިންޑިއާގެ މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ އަދިވެސް ދުވަސްތަކެއް ވަންދެން ހުއްޓުމެއް ނެތި ވާރޭ ވެހޭނެ ކަމުގެ އިންޒާރު ދީފަ އެވެ.

ވިއްސާރަ މޫސުމުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުން ފަދަ ކަންކަން އިންޑިއާގައި އާއްމު ގޮތެއްގައި ހިނގަ އެވެ. އޭގެ އިތުރުން ގިނަ ޒަމާންވެފައިވާ ބަލިކަށި އިމާރާތްތައް ވެސް, ވަރަށް ގިނައިން ބޯ ވިއްސާރައިގެ ސަބަބުން ވެއްޓެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ވިއްސާރަ މޫސުމުގެ އަސަރު އަހަރުން އަހަރަށް ބާރުގަދަވެ، ދިގު މުއްދަތަށް ދެމިގެންދަނީ ދުނިޔެއަށް ދިމާވެފައިވާ މޫސުމީ ބަދަލުގެ މައްސަލައާ ހެދި އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި މަހަރާޝްތްރަ ސްޓޭޓުން އެކަނިވެސް 117 މީހަކު މަރުވެފައި ވެ އެވެ. ޗިޕްލުންގައި ގާތްގަނޑަކަށް 20 މީޓަރަށް ފެންބޮޑުވިއިރު، މިހާރު ވަނީ ފެންގަނޑު ހިނދެން ފަށައިފަ އެވެ. އެ ތަނުގެ ހޮސްޕިޓަލަކުން ކަރަންޓު ގޮސް، ވެންޓިލޭޓަރުގައި އޮތް ކޮވިޑް ބަލީގެ އަށް މީހަކު ވެސް މަރުވި އެވެ.

ގިނަ ބަޔަކު މަރުވެފައި ވާއިރު، އެތައް ސަތޭކަ ބަޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ 1982 ވަނަ އަހަރަށް ފަހު އިންޑިއާގައި އެންމެ ބޮޑަށް ފެންބޮޑުވި ފަހަރެވެ.

އިންޑިއަން އިންސްޓިޓިއުޓް އޮފް ޓްރޮޕިކަލް މިޓިއޮރޮލޮޖީގެ ކްލައިމެޓް ސައިންޓިސްޓް ރޮކްސީ މެތިއު ކޯލް ވިދާޅުވީ މޫސުމީ ބަދަލުގެ ސަބަބުން އަރަބި ކަނޑުގެ ލޮނުގަނޑު ހޫނުވަމުންދާ ކަމަށާއި އޭގެ ސަބަބުން ކަނޑުގެ މަތީގައިވާ ވައި ވެސް ހޫނުވާ ކަމަށެވެ.

ވައިގެ ހޫނުމިން އިތުރުވެ، ވިލާތައް އުފެދޭއިރު އޭގެ ތެރޭގައި ތެތްކަން ހިފަހައްޓާ ވަރު އިތުރު ކަމަށާއި އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހެން މެދުވެރިވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox