އިރުމަތީ އޭޝިއާއަށް އިތުރު ވެކްސިން ފޯރުކޮށްދެވޭތޯ އެސްޓްރަޒެނެކާއިން ބަލަނީ

އެސްޓްރަޒެނެކާއިން ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިން.-- ފޮޓޯ: އޭއެފްޕީ

އެސްޓްރަޒެނެކާއިން ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިން.-- ފޮޓޯ: އޭއެފްޕީ

ބެންކޮކް، ތައިލޭންޑް (ޖުލައި 24) - ކޮވިޑް ބަލިމަޑުކަމުގައި މި ވަގުތު އެންމެ ހާލަތު ގޯސް ދެކުނު އިރުމަތީ އޭޝިއާއަށް އިތުރު ވެކްސިން ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންދާ ކަމަށް އެސްޓްރަޒެނެކާ ކުންފުނިން ބުނެފި އެވެ.

އިނގިރޭސި ވިލާތާއި ސްވިޑަންއަށް ނިސްބަތްވާ ކުންފުނީގެ ކޮވިޑް ވެކްސިން މިހާރު ވެސް ތައިލޭންޑުގައި އުފައްދަ އެވެ. އެ ވެކްސިން ސަޕްލައި ކުރަނީ ތައިލޭންޑާއި ކައިރި އެހެން ގައުމުތަކަށެވެ.

ނަމަވެސް ހާލަތު ގޯސްވި ވަގުތު، ތައިލޭންޑަށް ވަނީ ވެކްސިންގެ ދަތިކަން ކުރިމަތިވެފަ އެވެ. އެހެންވެ ގިނަ ބަޔަކު ދަނީ ބޮޑު ވަޒީރު ޕްރަޔުތް ޗަން އޮޗާއަށް ފާޑުކިޔަމުންނެވެ.

ތައިލޭންޑުގެ ކަމާ ބެހޭ ފަރާތްތަކާއި އެސްޓްރަޒެނެކާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ ގައުމުގައި ވެކްސިންގެ 180 މިލިއަން ޑޯޒް އުފައްދާނެ އެވެ. އޭގެ ތެރެއިން ތިން ބައިކޮށްފައި އެއް ބައި ހާއްސަ ކުރާނީ ތައިލޭންޑަށެވެ. އަދި ބާކީ ޑޯޒްތައް އެކްސްޕޯޓް ކުރާނީ އެވެ.

ތައިލޭންޑުގައި ހުންނަ އެސްޓްރަޒެނެކާގެ މަންދޫބު ޖޭމްސް ޓީގް ވިދާޅުވީ ޖުލައި މަސް ނިމޭއިރު، އެ ކުންފުނިން ތައިލޭންޑަށް 11.3 މިލިއަން ޑޯޒް ފޯރުކޮށްދޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެކްސިން އެކްސްޕޯޓް ކުރަން ފަށާފައެއް ނުވެ އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ އެންމެ އަވަސް ދުވެލީގައި. އެކަމަކު ޑެލްޓާ ވޭރިއެންޓުގެ ސަބަބުން، އަޅުގަނޑުމެން މި ދަނީ އިތުރަށް ސަޕްލައިގެ ދުވެލި އަވަސް ކުރުމަށް ހުރިހާ ގަލެއް ވެސް ފުރޮޅަމުން،" ތައިލޭންޑް ރައްޔިތުންނަށް ޓީގް ފޮނުއްވި ހުޅުވާލާފައިވާ ސިޓީއެއްގައި ވިދާޅުވި އެވެ.

"އޭގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައިވާ 20 އަށް ވުރެ ގިނަ ސަޕްލައި ޗެއިން މެދުވެރިކޮށް، ތައިލޭންޑް ހިމެނޭ ގޮތަށް، ދެކުނު އިރުމަތީ އޭޝިއާއަށް އިތުރު ވެކްސިން ފޯރުކޮށްދެވޭތޯ ވެސް މި ދަނީ ބަލަމުން".

އޭނާ ވިދާޅުވީ މުޅި ދުނިޔެއަށް ވެސް ވެކްސިންގެ ދަތިކަން ކުރިމަތިވެފައި ވާއިރު، ވެކްސިން އުފައްދަން ބޭނުންވާ ތަކެތި ލިބުމުގައި ވެސް ދަތިކަން އެބަ ހުރި ކަމަށެވެ. ބޭނުންވާ ސްޕީޑުގައި ސަޕްލައި ފޯރުކޮށްނުދެވޭ ސަބަބަކީ އެއީ ކަމަށް ޓީގް ފާހަގަކުރެއްވި އެވެ.

ތައިލޭންޑުގައި އެސްޓްރަޒެނެކާ ވެކްސިން އުފައްދަން ޕްރޮޖެކްޓު މިދިޔަ އަހަރު ހަވާލުކުރީ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯންގެ ސިއާމް ބަޔޯސައިންސް ކުންފުންޏަށެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް ވެކްސިން އުފައްދާފައިވާ ކުންފުންޏެއް ނޫނެވެ.

ސިއާމް ބަޔޯސައިންސުން ތައިލޭންޑުގައި އެސްޓްރަޒެނެކާ ވެކްސިން އުފައްދަނީ އެ ސަރަހައްދުގެ ނުވަ ގައުމަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތައިލޭންޑު، އިންޑޮނީޝިއާ، ފިލިޕީންސް އަދި މެލޭޝިއާ އެވެ. ވެކްސިން ނުލިބޭ މައްސަލާގައި އެ ކުންފުނިން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.

ތައިލޭންޑުން ވަނީ ވެކްސިން ސްޓްރެޓެޖީ ބަދަލުކޮށް ޗައިނާއިން އެތައް މިލިއަން ޑޯޒެއް އިމްޕޯޓްކޮށްފަ އެވެ. އެކަމަކު މިހާތަނަށް ވެކްސިން ފުރިހަމަކޮށްފައި ވަނީ 70 މިލިއަން މީހުންގެ ތެރެއިން އެންމެ ފަސް ޕަސެންޓެވެ.

ވެކްސިން މައްސަލާގައި ހިތްހަމަނުޖެހުނު ނަމަވެސް، ތައިލޭންޑުގެ ގިނަ މީހުން ޝުއޫރު ފާޅުކުރަން ބިރު ގަނެ އެވެ. އެއީ ރަސްގެފާނަށް އަމާޒުވާ ގޮތަށް ފާޑުކިޔައިފި ނަމަ 15 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox