ތާލިބާނުން ހުއްޓުވަން އަފްގާނިސްތާނުގައި ކާފިއު ހިންގަނީ

ތާލިބާން ހަނގުރާމަވެރިއެއް.-- ފޮޓޯ: އޭއެފްޕީ

ތާލިބާން ހަނގުރާމަވެރިއެއް.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ޖުލައި 24) - ތާލިބާން ހަނގުރާމަވެރިން ހުއްޓުވުމަށް އަފްގާނިސްތާނުގެ 34 ޕްރޮވިންސްގެ ތެރެއިން 31 ޕްރޮވިންސްގައި ރޭގަނޑު ކާފިއު ހިންގަން އިއުލާނުކޮށްފި އެވެ.

ތާލިބާނުންގެ ހަމަލާތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި އެ ގްރޫޕުން ވަނީ މުހިއްމު ބޯޑަރު ކްރޮސިންތަކާއި، ޑިސްޓްރިކްޓުތައް ހިފައި، ޕްރޮވިންސް ވެރިރަށްތަކާ ކައިރިއަށް ޖެހިފަ އެވެ.

ތާލިބާނުންގެ ހަމަލާތައް ވަރުގަދަ ކުރީ މިދިޔަ މޭ މަހު އެމެރިކާ އާއި ނޭޓޯގެ ފައުޖުތައް އަފްގާނިސްތާން ދޫކޮށް ދާން ފެށުމުންނެވެ. ސެޕްޓެމްބަރު 11 ގެ ކުރިން ބޭރު ސިފައިން އެ ގައުމުން ފައިބާނެ އެވެ.

"ހަމަނުޖެހުން ކޮންޓްރޯލްކޮށް، ތާލިބާނުންގެ ހަރަކާތްތައް ލިމިޓު ކުރުމަށް 31 ޕްރޮވިންސްގައި ރޭގަނޑު ކާފިއު ހިންގާނެ،" އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކާފިއު ނުހިންގާނެ ހަމައެކަނި ސަރަހައްދުތަކަކީ ވެރިރަށް ކާބުލް، ޕަންޖްޝީރް އަދި ނަންގަރްހާރް އެވެ. އެހެން ހުރިހާ ޕްރޮވިންސެއްގައި ރޭގަނޑު 10:00 އިން ފަތިހު 04:00 އަށް ކާފިއު ތަންފީޒު ކުރާނެ އެވެ.

ބޭރުގެ ސިފައިންގެ 95 ޕަސެންޓު އަފްގާނިސްތާނުން ގޮސްފައި ވާއިރު، އެ ގައުމުގެ 400 ޑިސްޓްރިކްޓެއްގެ ކޮންޓްރޯލް މިހާރު އޮތީ ތާލިބާނުންގެ އަތުގަ އެވެ.

އީދު ބަންދާ ދިމާކޮށް ހަމަލާ ބަދަލު ކުރުން މެދުކަނޑާލި ނަމަވެސް، މިހާރު އަނެއްކާވެސް ދަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ. އަފްގާން ސިފައިން ބުނީ 24 ގަޑިއިރު ތެރޭ ތާލިބާނުންގެ 260 ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ޕެންޓަގަންގެ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވީ ސިފައިން ފައިބަމުންދާ މި ދަނޑިވަޅުގައި ވެސް ވައިގެ ހަމަލާތައް ދީގެން އަފްގާން ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ތަޖުރިބާކާރުން ބުނެފައި ވަނީ މިދިޔަ މޭ މަހުން ފެށިގެން އެމެރިކާއިން ވައިގެ ހަމަލާތައް ހުއްޓާލައި، އަފްގާން ސަރުކާރަށް ފޯރުކޮށްދޭ އަސްކަރީ އެހީ މަދު ކުރުމަކީ ތާލިބާނުންނަށް ކުރި ލިބެމުންދާ ސަބަބު ކަމަށެވެ.

ހުކުރު ދުވަހު ތާލިބާނުން ވަނީ އެމެރިކާއިން ވައިގެ ހަމަލާ ދިނުމާ ދެކޮޅަށް އިންޒާރު ދީފަ އެވެ. އެފަދަ ކަމެއް ކޮށްފި ނަމަ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދިނެވެ.

"އެކަން ވާނީ ސޮއިކޮށްފައިވާ އެއްބަސްވުމާ ސީދާ ހިލާފު އަމަލަކަށް،" މިދިޔަ އަހަރު އެމެރިކާ ސަރުކާރާއި ތާލިބާނުންނާ ދެމެދު ސޮއިކުރި އެއްބަސްވުމަކަށް އިޝާރާތްކޮށް އެ ގްރޫޕުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox