އިންޑިއާގައި ބިންގަނޑު ކަނޑައިގެން ގޮސް މަރުވި މީހުންގެ އަދަދު 76 އަށް

ހުޅަނގު އިންޑިއާއަށް ބޯކޮށް ވާރޭވެހި ވަނީ ފެންބޮޑުވެފައި.-- ފޮޓޯ: އޭއެފްޕީ

ހުޅަނގު އިންޑިއާއަށް ބޯކޮށް ވާރޭވެހި ވަނީ ފެންބޮޑުވެފައި.-- ފޮޓޯ: އޭއެފްޕީ

މުމްބާއީ، އިންޑިއާ (ޖުލައި 24) - ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ހިނގި ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާތަކުގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު 76 އަށް އަރާފައި ވާއިރު، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އެބަ ދެ އެވެ.

މުމްބާއީގެ ދެކުނުން އޮންނަ ރާއިގަދް ޑިސްޓްރިކްޓުގައި ބިންގަނޑު ކަނޑައިގެން ގޮސް ގެތަކަށް ފަސް އެޅިފައި ވާއިރު، 68 މީހަކު އަދިވެސް ނުފެނެ އެވެ. އިންޑިއާގެ ހުޅަނގު އައްސޭރި ފަށަށް ބޯކޮށް ވާރޭ ވެހުމުން ގިނަ ހިސާބުތަކުގައި ފެންބޮޑުވި އެވެ.

"މި ޑިސްޓްރިކްޓުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 43 މީހުން މަރުވެއްޖެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް،" ރާއިގަދްގެ ޑިޒާސްޓާ މެނޭޖްމަންޓް އޮފިޝަލް ސާގަރް ޕަތަކް އޭއެފްޕީއަށް ވިދާޅުވި އެވެ.

ނޭވީ އާއި ސިފައިން އަދި އެއާފޯސް މެމްބަރުން ދަނީ ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަމުންނެވެ. ނަމަވެސް ބިންގަނޑު ކަނޑައިގެން ގޮސް މަގުތައް ބަންދުވުމުން އެ މީހުންގެ މަސައްކަތަށް ވެސް ވަނީ ހުރަސް އެޅިފަ އެވެ.

މުމްބާއީ އާއި ގޯއާއާ ދެމެދު އޮންނަ މައި ހައިވޭ ވެސް ވަނީ ބަންދުވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު މުމްބާއީއާ 250 ކިލޯމީޓަރު ދުރުގައި އޮންނަ ޗިޕްލުން ސިޓީއަށް މެދުކެނޑުމެއް ނެތި 24 ގަޑިއިރު ވަންދެން ވާރޭ ވެހުމަށް ފަހު، 3.5 މީޓަރަށް ފެންބޮޑުވި އެވެ.

އެ ތަނުގައި އޮންނަ ވަޝިސްތީ ކޯރު ފުރިގެން ބަންޑުންވެ، ކައިރި މަގުތަކާއި ގެތައް ވެސް އޮތީ ފެނުއަޑީގަ އެވެ. މަހަރާޝްތްރަ ސްޓޭޓުގެ ޗީފް މިނިސްޓަރު އުއްދަވް ތަކެރާ ވިދާޅުވީ މަގުތަކާއި ބްރިޖުތައް ހަލާކުވެފައި ވާތީ އެހީ ފޯރުކޮށްދިނުމުގައި ލަސްވަމުންދާ ކަމަށެވެ.

ނޭވީން ވަނީ ރަބަރު ބޯތާއި، ލައިފްބޯއީ އާއި ހާއްސަ ޑައިވަރުން ހިމެނޭ ހަތް ޓީމު މަސައްކަތަށް ނެރިފަ އެވެ. އޭގެ އިތުރުން ހެލިކޮޕްޓަރުތަކުން ވެސް ދަނީ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަމުންނެވެ.

އިންޑިއާގެ މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ އެ ސްޓޭޓުގެ ބައެއް ސަރަހައްދުތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރަތް އެލާޓް ނެރެފަ އެވެ.

ޖޫން އިން ސެޕްޓެމްބަރަށް ކޮންމެ އަހަރަކު ވެސް ދިމާވާ ވިއްސާރަ މޫސުމުގައި އިންޑިއާގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގަ އެވެ. އޭގެ އިތުރުން ބޯކޮށް ވާރޭ ވެހޭތީ ބަލިކަށި، ގިނަ ދުވަސްވެފައިވާ އިމާރާތްތައް ވެއްޓުމަކީ ވެސް އާންމުކޮށް ދިމާވާ ކަމެކެވެ.

މިދިޔަ ހުކުރު ދުވަހު ވެސް މުމްބާއީގެ އިމާރާތެއް ވެއްޓި ހަތަރު މީހަކު މަރުވި އެވެ. އޭގެ ހަފްތާއެއްހާ ދުވަސް ކުރިން މުމްބާއީގައި ބިންގަނޑު ކަނޑައިގެން ގޮސް އަދި ފާރެއް ވެއްޓިގެން ވެސް ގިނަ ގެތަކެއް ހަލާކުވެ 34 މީހުން މަރުވެފައި ވެ އެވެ.

މިދިޔަ ހަފްތާ ބަންދުގައި ފެން ސާފު ކުރާ ކޮމްޕްލެކްސެއްގެ މަސައްކަތަށް ވެސް ހުރަސް އެޅުނެވެ. ގާތްގަނޑަކަށް 20 މިލިއަން މީހުން ދިރިއުޅޭ މުމްބާއީގެ ބައެއް ހިސާބުތަކަށް ފެން ނުލިބި އެތައް އިރަކު ތިބެން ޖެހުނެވެ.

މިދިޔަ އޭޕްރިލް މަހު ޝާއިއު ކުރި ޕޮޓްސްޑޭމް އިންސްޓިޓިއުޓް ފޯ ކްލައިމެޓް އިމްޕެކްޓް ރިސާޗްގެ ރިޕޯޓެއްގައިވާ ގޮތުން މޫސުމީ ބަދަލުގެ ސަބަބުން އިންޑިއާގެ ހޫނު މޫސުމާއި ވިއްސާރަ މޫސުމުގައި ވެސް ކުރާ އަސަރު ދަނީ އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox