ޖަރުމަނުގައި ފެންބޮޑުވުމުން ގެއްލުނު 150 މީހުން އަދިވެސް ނުފެނޭ

ޖަރުމަނުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ކާރަކަށް ގެއްލުންވެފައި.-- ފޮޓޯ: އޭއެފްޕީ

ޖަރުމަނުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ކާރަކަށް ގެއްލުންވެފައި.-- ފޮޓޯ: އޭއެފްޕީ

ބާލިން، ޖަރުމަނު ވިލާތް (ޖުލައި 24) - އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުމުގެ ސަބަބުން ޖަރުމަނުގައި މަރުވި މީހުންގެ އަދަދު 180 އަށް އަރާފައި ވާއިރު، ގެއްލުނު 150 މީހަކު އަދިވެސް ނުފެންނަ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފި އެވެ.

މި ހަފްތާ ބަންދުގައި އިތުރަށް ވާރޭ ވެހޭނެ ކަމަށް މޫސުން ލަފާކޮށްފައި ވެ އެވެ. އެހެންވެ ޖަރުމަނުގެ މިޓިއޮރޮލޮޖިކަލް ސާވިސަސްއިން އެދިފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށެވެ.

ފުލުހުން ބުނީ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރި ރައިންލޭންޑް-ޕެލެޓިނޭޓް ހިސާބުން 132 މީހުން މަރުވެ، 766 މީހުން ޒަހަމްވި ކަމަށެވެ.

އެ ސަރަހައްދުން އިތުރު 149 މީހަކު ގެއްލިގެން ހޯދަމުން ދާއިރު، މަރުވެފައިވާ މީހުންގެ ޖުމްލަ އަދަދަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް އެ ސްޓޭޓުގެ އިންޓީރިއާ މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ރޮޖާ ލެވެންޓްޒް ވިދާޅުވީ ގެއްލިގެން ހޯދާ މީހުންގެ ލިސްޓުގައި މި ވަގުތު ޗުއްޓީގައި އުޅޭ މީހުންގެ ނަންތައް ހިމެނޭ ކަމަށެވެ. ގެއްލުނު އެންމެން ފެންނާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނީ ހެލިކޮޕްޓަރާއި 30 ކުއްތާގެ އެހީގަ އެވެ. ކައިރީގައިވާ ނޯތުރައިން-ވެސްޓްފޭލިއާއިން ވެސް 47 މީހަކު މަރުވެފައި ވެ އެވެ.

ކޮލޯންގެ ފުލުހުން ބުނީ ދެ މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ. އޭގެ އިތުރުން ބަވޭރިއާއިން ވެސް މީހަކު މަރުވެފައި ވެ އެވެ. ޖަރުމަނު ކައިރީގައި އޮންނަ ބެލްޖިއަމަށް ވެސް ވިއްސާރައިގެ އަސަރު ދަނީ ކުރަމުންނެވެ.

އެ ގައުމުން މިހާތަނަށް 36 މީހަކު މަރުވެފައި ވާއިރު، މުޅި ހުޅަނގު ޔޫރަޕުން މި ވިއްސާރައިގައި މަރުވި މީހުންގެ އަދަދު ވަނީ 216 އަށް އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox