ދިއްލީގެ ވައި ސާފުކުރަން ބޮޑެތި ފަންކާތަކެއް ބަހައްޓަނީ

ދިއްލީގެ ވައި ސާފު ކުރަން ބޮޑު 40 ފަންކާ ހިމެނޭ ޓަވަރެއް ގާއިމްކުރާނެ.-- ފޮޓޯ: އޭއެފްޕީ

ދިއްލީގެ ވައި ސާފު ކުރަން ބޮޑު 40 ފަންކާ ހިމެނޭ ޓަވަރެއް ގާއިމްކުރާނެ.-- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ޖުލައި 22) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ދިމާވެފައިވާ ވައި ތަގައްޔަރުވުމުގެ މައްސަލަ ހައްލު ކުރަން ވައި ފިލްޓާ ކުރާނެ ބޮޑެތި ފަންކާތަކެއް ބަހައްޓަން ނިންމައިފި އެވެ.

ދެ މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ ޓަވަރުގައި 40 އަށް ވުރެ ގިނަ ފަންކާ ބަހައްޓަން ނިންމާފައި ވާއިރު، އޭގެ ސަބަބުން ވައި ސާފު ނުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ފަންސަވީސް މީޓަރު އުސް ޓަވަރުގެ އެހީގައި އެއް އަކަކިލޯމީޓަރު ސަރަހައްދުގެ ވައި ސާފުކުރަން ވަނީ އަމާޒުހިފާފަ އެވެ. އެ މަސައްކަތުގައި އުޅޭ އިންޖިނިއަރު އަންވަރު އަލީ ހާން ބުނީ ވައިގައި ހުންނަ ނުރައްކާތެރި ޕީއެމް2.5 ޕާޓިކަލްގެ 50 ޕަސެންޓް ނައްތާލެވޭނެ ކަމަށެވެ.

މި މަސައްކަތް ކާމިޔާބުވެއްޖެ ނަމަ ދިއްލީގައި އިތުރު ޓަވަރުތައް ބަހައްޓަން ވަނީ ރާވާފަ އެވެ. ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް އެ ސިޓީ ސިފަކޮށްފައި ވަނީ "ގޭސް ޗެމްބަރެއް" ގެ ގޮތުގަ އެވެ.

މި ޓަވަރުތައް ކާމިޔާބުކަމާއެކު މަސައްކަތް ކުރި ނަމަވެސް، މިއީ 20 މިލިއަނަށް ވުރެ ގިނަ މީހުންގެ ސިޓީގެ ވައި ތަގައްޔަރުވުމުގެ މައްސަލަ ހައްލުވާނެ ކަމެއް ނޫން ކަމަށް އެކި ފަރާތްތަކުން ބުނެ އެވެ.

މީގެ ކުރިން ޗައިނާއިން ވެސް މިފަދަ ޓަވަރުތައް އަޅާފައި ވެ އެވެ. އެގޮތުން ޝިއާން ސިޓީގައި 60 މީޓަރުގެ އުސް ޓަވަރެއް ބެހެއްޓި އެވެ. ނަމަވެސް އެހެން އެއްވެސް ސިޓީއަކަށް އެކަން ފުޅާކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox