މިހާރު މި ހުރީ ހަމަ އިހުގެ ކެންދޫ މަގާމްފުޅު!

ކެންދޫ މަގާމްފުޅު މަރާމާތުކޮށްފައި: އެ ތަން މަރާމާތުކޮށްފައި ވަނީ އިހު ހުރި ގޮތަށް ބަލައިގެން - ފޮޓޯ: ލޫކަސް ޖަލީލު

ކެންދޫ މަގާމްފުޅު މަރާމާތުކޮށްފައި: އެ ތަން މަރާމާތުކޮށްފައި ވަނީ އިހު ހުރި ގޮތަށް ބަލައިގެން - ފޮޓޯ: ލޫކަސް ޖަލީލު

ބ. ކެންދޫއަކީ ހާއްސަ ރަށެކެވެ. ބައެއް ބުނުންތަކުގައިވާ ގޮތުން އެއީ ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމްވި ރަށެވެ. އެ ތާރީހާއެކު ކެންދޫ ހާއްސަކުރުވަނީ ރަށުގެ އެއް ފަރާތުގައި ހުރި މަގާމްފުޅެވެ.

މި މަގާމްފުޅަކީ، އެ ބޭފުޅެއްގެ އަތް މައްޗަށް ރާއްޖެ އިސްލާމްވި ކަމަށް ބައެއް މީހުން ބުނާ ތަބްރޭޒްގެފާނުގެ ހަނދާނުގައި ބިނާކުރި ތަނެކެވެ. ތަބްރޭޒްގެފާނު އެންމެ ފުރަތަމަ ފައިބައިވަޑައިގެންނެވި ރަށަކީ ކެންދޫ އެވެ. އެ ރަށުގެ ގޮނޑުދޮށް ދޮންވެލިގަނޑު މަތީ ނަމާދު ކުރައްވައި ދީން ފެތުރުއްވުމުގެ މަސައްކަތް ކުރެއްވި އެވެ.

އެ ބޭފުޅާ ނަމާދު ކުރެއްވި ތަނުގައި ދަނޑިފަނުން ގެއެއް އެޅުމަށްފަހު، އެންމެ ފަހުން ތަބްރޭޒްގެފާނުގެ ހަނދާނީ ބިނާއެއްގެ ގޮތުން އާކިޓެކްޗާގެ ގޮތުން ރާއްޖޭގެ ސިއްސުވާލި މަގާމެއްފުޅެއް ބިނާކުރެއްވި އެވެ. އެ މަގާމްފުޅު ބިނާ ކުރެއްވީ އެ އަތޮޅު ކުޑަރިކިލު މުހައްމަދު މަނިކު (ނައިބު ކަލޭފާނު) އެވެ.

އުވައިން، ފުރިހަމަ ފަރުމާއަކަށް ރާނާފައިވާ މަގާމްފުޅު ހަދާފައިވަނީ ޖެހިޖެހިގެން ދެ ގެއެއް ހުންނަ ގޮތަށެވެ. އެއް ގެ ހާއްސަކޮށްފައިވަނީ ބޮޑު އަށްޓެއް ބަހައްޓައި ކިޔަވައިދޭ ގޮތަށެވެ. އަނެއް ގެއަކީ ނަމާދުކުރަން ހާއްސަކޮށްފައިވާ ގެއެކެވެ. ގެތަކުގެ ފަހަތު ގޯތި ތެރޭގައި ހަތަރު ސިޑިއަށްވާ ގޮތަށް މަގުބަރާއެއް ހަދާފައި ހުރެ އެވެ.

މަގާމްފުޅުގެ ކުރިމަތީގައި އުސް ބޮޑު ދިދަ ދަނޑިއަކާއި ކިރަން ބޭނުން ކުރި ކަށްޓާއެއް ހުރެ އެވެ.

ކެންދޫ މަގާމްފުޅު މަރާމާތުކުރުމުގެ ކުރިން ހުރި ގޮތް
ކެންދޫ މަގާމްފުޅު މަރާމާތުކުރުމުގެ ކުރިން ހުރި ގޮތް

ކެންދޫ މަގާމްފުޅު މަރާމާތުކުރުމުގެ ކުރިން ހުރި ގޮތް --

ތަބްރޭޒްގެފާނުގެ ހަނދާނުގައި އަޅާފައިވާ އެ ބިނާއަކީ އިހުގައި ސަލަވާތް ފާތިހާ އާއި މާލޫދު ކިޔުމަށް ބޭނުންކުރި އެވެ. އަދި ތައުލީމީ މަރުކަޒެއްގެ ގޮތުގައި ވެސް ބޭނުންކުރި އެވެ. އެ ތަނަކީ ކެންދޫ ރައްޔިތުން ވަރަށް ބޮޑު އިހްތިރާމެއްދޭ، ހާއްސަ ގޮތެއްގައި ބަލަހައްޓަމުން ދިޔަ ތަނެކެވެ.

ނަމަވެސް، މީގެ ދެ އަހަރު ކުރިން އެ މަގާމްފުޅަށް ބަލާލުމަށް ލިބުނު ފުރުސަތުން ފެނުނީ އެ މަންޒަރެއް ނޫނެވެ. ތަން އޮތީ ވަރަށް ބޮޑަށް ބާވެފަ އެވެ. ތަނުގެ ހައިބަތު ގެއްލި، ވީރާނާވެ ދަނީ އެވެ. އެ ތަނުގައި އެއް ޒަމާނެއްގައި ހުރި ކަމަށްވާ އުނދޯލިކޮޅުތައް ފަދަ ތަކެތީގެ ނިޝާންތައް ފިޔަވައި އެހެން އެއްޗެއް ނެތެވެ.

ރަށްރަށުގައި މިހެން ހުރި އާސާރީ ތަންތަން ނެތިދަނީ އެ ތަންތަނަށް ސަރުކާރުތަކުން ސަމާލުކަމެއް ދީފައި ނެތުމުންނެވެ. އެކަން ބަދަލުކުރުމުގެ ވައުދާއެކު މި ސަރުކާރުން އައިސް، ރަށްރަށުގައި ހުރި އާސާރީ ތަންތަން މަރާމާތުކޮށް، ބޭނުން ހިފޭނެ ގޮތް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މަގާމްފުޅުގެ ފާރުގެ ބޮޑު ބައެއް ވެއްޓިފައި: މިހާރު އެ ބައި ވަނީ މަރާމާތުކޮށްފައި - ފޮޓޯ: އަވަސް
މަގާމްފުޅުގެ ފާރުގެ ބޮޑު ބައެއް ވެއްޓިފައި: މިހާރު އެ ބައި ވަނީ މަރާމާތުކޮށްފައި - ފޮޓޯ: އަވަސް

މަގާމްފުޅުގެ ފާރުގެ ބޮޑު ބައެއް ވެއްޓިފައި: މިހާރު އެ ބައި ވަނީ މަރާމާތުކޮށްފައި - ފޮޓޯ: އަވަސް

އެގޮތުގެ މަތިން ތަރިކައާބެހޭ ގާނޫނުގެ ދަށުން އުފެދިގެން އައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މި އަހަރުގެ ކުރީކޮޅު ކެންދޫ މަގާމްފުޅު މަރާމާތުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރި އެވެ. އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

ހެރިޓޭޖް މިނިސްޓްރީގެ ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރު ޝައްމޫން ޖަލީލް (ލޫކަސް)، އޭނާގެ އުފަން ރަށް ކުޑަރިކިލަށް އީދު ޗުއްޓީއަށް ގޮސް، ކެންދޫއަށް ވެސް ވަނީ ގޮސްފަ އެވެ. އަދި، މަރާމާތުކޮށްފައި ހުރި މަގާމްފުޅުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފަ އެވެ.

ލޫކަސްއަކީ ނައިބު ކަލޭފާނުގެ ކާފަ ދަރިއެކެވެ.

އެ ފޮޓޯތަކުން ފެންނަ ގޮތުގައި އަނެއްކާވެސް ކެންދޫ މަގާމްފުޅަށް އިހުގެ ހައިބަތު ވަނީ ލިބިފަ އެވެ. މަގާމްފުޅުގެ ފުރިހަމަކަމާއި އާކިޓެކްޗާގެ މޮޅު ފަންނުވެރިކަން މިހާރު އެ ހުރީ އަލުން ފެންނާށެވެ. އެއީ، ފަހުރުވެރިވުން ހައްގު މަސައްކަތެކެވެ.

ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިސްމާއިލް ނާއިލް ވިދާޅުވި ގޮތުގައި ކެންދޫ މަގާމްފުޅު މަރާމާތުކޮށްފައިވަނީ އެ މަގާމްފުޅު ކުރިން ހުރި ގޮތުގެ ފޮޓޯތައް ބަލައިގެން، ވީހާވެސް ބޮޑަށް އަސްލާ އެއްގޮތަށެވެ. މަގާމްފުޅުގައި ތެޅި، ވީރާނާވެ ގޮސްފައިވާ ތަންތަން އުވައިން އަލުން ވަނީ ރާނާފަ އެވެ.

އުވަލާފައިހުރި އެ މަގާމްފުޅުގެ ރީތިކަން މިހާރު މާ ދުރަށް ވެސް ފެނިގެންދެ އެވެ.

ނާއިލް ވިދާޅުވި ގޮތުގައި، މަރާމާތުކޮށް އެއްކޮށް ނިމުމުން، އެތަން ބޭނުން ކުރާނެ ގޮތަކަމާމެދު މަޝްވަރާ ކުރާނެ އެވެ. މިނިސްޓްރީގެ ވިސްނުމަކީ ރަށްރަށުގައި ހުރި އެފަދަ ތަންތަން އާންމުންނަށް ބޭނުން ކުރެވޭނެ ގޮތަށް ތަރައްގީ ކުރުމެވެ.

އެގޮތުން މިހާރު ވެސް ހއ. ކެލާ ލިލީ ހައުސް މަރާމާތުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެ ތަން މަރާމާތުކުރުމަށްފަހު ރަށު މިއުޒިޔަމެއް ގާއިމްކުރާނެ ކަމަށް ނާއިލް ވިދާޅުވި އެވެ. އޭގެ އިތުރުން އައްޑޫގެ ކޯގަންނަ ގަބުރުސްތާނު ކައިރިން، އެ ސިޓީ ކައުންސިލުން މިނިސްޓްރީއަށް ދޫކޮށްފައިވާ ބިމުގައި ވެސް މިއުޒިޔަމެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ކެންދޫ މަގާމްފުޅުގެ މަސައްކަތް އަންނަ މަހުގެ ތެރޭ އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭއިރު އެ ތަން ބިނާ ކުރެއްވި ނައިބު ކަލޭގެފާނުގެ އެހެން ބިނާއެއް ކަމަށްވާ ކުޑަރިކިލް ބާ މިސްކިތް މަރާމާތުކުރުމަށް އަންނަ މަހުގެ ތެރޭ ބަޔަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ނާއިލް ވިދާޅުވި އެވެ.

ކުޑަރިކިލް ބާ މިސްކިތަކީ ވެސް މިހާރު ވަރަށް ބޮޑަށް ބާވެ، ވީރާނާވާން ދޫކޮށްލާފައި ހުރި މިސްކިތެކެވެ. ނަމަވެސް، އެ ތަނަކީ ރާއްޖޭގެ އެހެން އެއްވެސް ތަނަކުން ފެންނަން ނެތް ފަދަ މޮޅެތި އާކިޓެކްޗާގެ މަސައްކަތްތައް ފެންނަން ހުރި ތަނެކެވެ. އެގޮތުން އެ މިސްކިތުގެ ފާރުގައި އެނބުރޭ ގޮތަށް ހަދާފައިވާ ކުޑަ ދެ ދޮރު ހިމެނެ އެވެ.

ނާއިލް ވިދާޅުވި ގޮތުގައި އެ ތަން ވެސް މަރާމާތުކުރުމަށްފަހު ރަށު މިއުޒިޔަމް ގެލެެރީއެއް ހެދުމުގެ ވިސްނުން ގެންގުޅެ އެވެ.

ނައިބު ކަލޭގެފާނުގެ މޮޅު ފަރުމާއެއް!

ކެންދޫ މަގާމްފުޅާއި ކުޑަރިކިލު ބާ މިސްކިތުގެ އަދާޔާހިލާފު ފަރުމާގެ ފަހަތުގައި ހުންނެވި "ހުދު ކަތީބު"ގެ ނަމުން ބައެއް ރަށްރަށުގައި މަޝްހޫރު ނައިބު ކަލޭގެފާނަކީ، ދިވެހިންގެ މަސައްކަތްތެރިކަމުގެ ޒިކުރާ އާކުރާ ކޮންމެ ފަހަރަކު އެ ނަމެއް ގެންނަން ޖެހޭނެ ފަދަ ބޭފުޅެކެވެ.

މުހައްމަދު ފަރީދުއާއެކު ނައިބު ކަލޭގެފާނު (ހުދު ކަތީބު) . (ކ) - ފޮޓޯ: ލޫކަސް ޖަލީލު
މުހައްމަދު ފަރީދުއާއެކު ނައިބު ކަލޭގެފާނު (ހުދު ކަތީބު) . (ކ) - ފޮޓޯ: ލޫކަސް ޖަލީލު

މުހައްމަދު ފަރީދުއާއެކު ނައިބު ކަލޭގެފާނު (ހުދު ކަތީބު) . (ކ) - ފޮޓޯ: ލޫކަސް ޖަލީލު

ނައިބު ކަލޭގެފާނު، ކުޑަރިކިލު ކަތީބު ކަމާއި ކެންދޫ އާއި ކަމަދޫގެ ނައިބުކަން ކުރެއްވި އެވެ. ވަރަށް ބޮޑު އިލްމްވެރިއެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ނައިބު ކަލޭގެފާނަށް، ކަލޭފާނުގެ ލަގަބު ދެއްވީ ހަސަން ފަރީދާއި މުހައްމަދު އަމީނެވެ.

ނައިބުކަމާއި ކަތީބުކަން ކުރައްވަމުން ވެސް ތެދުއުއި ވަޑާމާއި ލިޔެލާ ޖެހުމާއި ރޭނުން ފަދަ ހުރިހާ ކަމެއްގައި އުޅުއްވެވި އެވެ.

ކެންދޫ މަގާމްފުޅުގެ އިތުރުން މާލޭގެ މެދު ޒިޔާރަތާއި މުލިއާގޭގައި ފަހުން ހެދި ބައެއް ތަންތަން ހެދުމުގައި ނައިބު ކަލޭގެފާނުގެ ދައުރު ބޮޑެވެ. އަދި، އޭދަފުށީ ބަހިއްޔާ ސްކޫލާއި ކިހާދޫގެ ބާ މިސްކިތާއި ހދ. ކުމުންދޫ މިސްކިތަކީ ވެސް ނައިބު ކަލޭގެފާނުގެ ފަންނުވެރިކަމުގެ ރަމްޒުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox