އިންޑިއާގެ މަޖިލިސް މެމްބަރުންނަށް ޖާސޫސް ކުރާ ކަމުގެ ތުހުމަތު

ޖާސޫސް ކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ޖާސޫސް ކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ޖުލައި 20) - އިޒްރޭލުން އުފައްދާފައިވާ ސްޕައިވެއާ، ޕެގަސޫސް ބޭނުންކޮށްގެން ސިޔާސީ ފަރާތްތަކަށް ޖާސޫސް ކުރާ ކަމުގެ ތުހުމަތުތަކާއެކު އިންޑިއާގެ މަޖިލިސް ހޫނުވެއްޖެ އެވެ.

މައި އިދިކޮޅު ކޮންގްރެސްއާ ގުޅިގެން އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ދަނީ މަޖިލީހުގެ މަތިގެ އަދި ތިރިގޭގެ ސެޝަންތަކުގައި އަޑުގަދަކޮށް، ތުހުމަތުތައް ބެލުމަށް ގޮވާލަމުންނެވެ.

އެހެންވެ ފާއިތުވި ދެ ދުވަހު ވެސް މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. ހޯމަ ދުވަހު ޖަލްސާތައް ފެށީ ކޮވިޑާ ގުޅިގެން މިދިޔަ މާޗް މަހު ޖަލްސާތައް މެދުކަނޑާލުމަށް ފަހު އެވެ.

Advertisement

ކޮންގްރެސްގެ ތަރުޖަމާނު ޝަކްތިސިން ގޯހިލް ވިދާޅުވީ ސިޔާސީ މީހުންނާއި، ނޫސްވެރިންނާއި، އެކްޓިވިސްޓުން އަދި ސަރުކާރަށް ފާޑުކިޔާ މީހުންނަށް ފާރަލުމަށް ޕެގަސޫސް ބޭނުން ކުރަ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން އެކަން ސާފުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ހަގީގަތެއް ނަމަ މަޖިލިސް ކޮމިޓީން މައްސަލަ ބަލަން ވެސް ގޮވާލެއްވި އެވެ.

އެ މައްސަލައިގައި ކޮންގްރެސް ޕާޓީގެ އާއްމު މެމްބަރުން ވަނީ ނިއު ދިއްލީގައި މުޒާހިރާ ވެސް ކޮށްފަ އެވެ. ފުލުހުން ވަނީ އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.

މީޑިއާ ކުންފުނިތަކަކުން ހެދި ތަހުގީގަކުން ދައްކާފައިވާ ގޮތުގައި ޕެގަސޫސް ސްޕައިވެއާ އުފެއްދު އިޒްރޭލުގެ އެންއެސްއޯ ގްރޫޕުގެ ކްލަޔަންޓުންނަށް މުހިއްމު ފަރާތްތަކުގެ ތެރޭގައި 1000 އަށް ވުރެ ގިނަ އިންޑިއާ މީހުންގެ ފޯނު ނަންބަރު ހިމަނާފައި ވެ އެވެ.

އޭގެ ތެރެއިން 300 އެއްހާ ފޯނު ނަންބަރު ނިސްބަތްވާ މީހުންގެ ވަނަވަރު ދެނެގަނެފައި ވާއިރު، އޭގެ ތެރޭގައި މޯދީއާ އެންމެ ވާދަވެރި ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ އިތުރުން ސިޔާސީ އެކި ފަރާތްތަކާއި، ނޫސްވެރިންނާއި، އެކްޓިވިސްޓުން އަދި ސަރުކާރަށް ފާޑުކިޔާ މީހުންނާއި ދާދި ފަހުން އައްޔަނު ކުރި އައިޓީ މިނިސްޓަރު އަޝްވިނީ ވައިޝްނޯވް ވެސް ހިމެނެ އެވެ.

އެ ނަންބަރުތަކުގެ ތެރޭގައި ހިމެނޭ އިތުރު މީހުންނަކީ އިންޑިއާގެ ކުރީގެ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރި އަންހެނަކާއި، ޓިބެޓްގެ ބުދިސްޓު ލީޑަރުންނާއި، ޕާކިސްތާނުގެ ޑިޕްލޮމެޓުން އަދި ޗައިނާގެ ނޫސްވެރިންނެވެ.

ތަހުގީގު ހިންގުމުގައި އުޅުނު މީޑިއާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވޮޝިންޓަން ޕޯސްޓުން ބުނީ ކާމިޔާބުކަމާއެކު ޖާސޫސް ކުރެވެނީ ކިހާ މިންވަރަކަށް ކަން ބުނަން ނޭނގޭ ކަމަށެވެ.

ނަމަވެސް ލިސްޓުގައި ހިމެނޭ ނަންބަރުތައް ދައްކުވައިދޭ 22 ސްމާޓްފޯނުގެ ފޮރެންސިކް އެނެލިސިސްއިން ދެއްކު ގޮތުގައި ޕެގަސޫސްއިން 10 ފޯނަށް ޓާގެޓް ކުރި އެވެ. އޭގެ ތެރެއިން ކާމިޔާބުކަމާއެކު ހަތް ފޯނު ބޭނުންކޮށްގެން ޖާސޫސް ކުރެވުނެވެ.

އިންޑިއާ ސަރުކާރުން ވަނީ ހުރިހާ ތުހުމަތެއް ދޮގުކޮށްފަ އެވެ. ހޯމް މިނިސްޓަރު އަމިތު ޝާހް ވިދާޅުވީ ތުހުމަތުގެ މަގްސަދަކީ "ދުނިޔޭގެ ފެންވަރުގައި އިންޑިއާ ބަދުނާމު ކުރުން" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox