އިންޑިއާގެ ކޮވިޑް މަރުތައް 10 ގުނަ އިތުރު: ދިރާސާ

އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ ހަށިތައް އަންދަނީ.-- ފޮޓޯ: އޭޕީ

އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ ހަށިތައް އަންދަނީ.-- ފޮޓޯ: އޭޕީ

ނިއު ދިއްލީ، އިންޑިއާ (ޖުލައި 20) - އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މީހުން އަދަދުތައް ރަސްމީ ތަފާސްހިސާބުން ދައްކާ 415،000 އަށް ވުރެ 10 ގުނަ އިތުރު ކަމަށް ދިރާސާއަކުން ބުނެފި އެވެ.

ސެންޓާ ފޯ ގްލޯބަލް ޑެވެލޮޕްމަންޓްގެ ދިރާސާއިން ބުނީ ކޮވިޑް ބަލިމަޑުކަން ފެށުނު ފަހުން މިދިޔަ ޖޫން މަހާ ހަމައަށް މި ބަލީގައި އިންޑިއާއިން 3.4 މިލިއަނާއި 4.7 މިލިއަނާ ދެމެދުގެ އަދަދަށް މީހުން މަރުވެފައި ވެ އެވެ.

އިންޑިއާއިން އަލަށް ފެނުނު ޑެލްޓާ ވޭރިއެންޓުގެ ސަބަބުން މިދިޔަ އޭޕްރިލް އަދި މޭ މަހު ވަރަށް ގިނަ އަދަދެއްގެ މީހުން އިންޑިއާގައި މަރުވި އެވެ.

Advertisement

"މަރުގެ ހަގީގީ އަދަދުތައް އުޅޭނީ މިލިއަނުގައި، ލައްކައިގައެއް ނޫން. މިއީ އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން އަދި އިންޑިއާ އާއި ޕާކިސްތާން އަދި ބަންގްލަދޭޝް ވަކިވި ފަހުން ކުރިމަތިވި އެންމެ ބޮޑު އިންސާނީ ކާރިސާ،" ދިރާސާ ކުރި ފަރާތްތަކުން ބުންޏެވެ.

ރަސްމީ ތަފާށްހިސާބުން ދައްކާ ގޮތުގައި 1.3 ބިލިއަން މީހުން ދިރިއުޅޭ އިންޑިއާގައި މި ބަލީގައި މިހާތަނަށް މަރުވީ 413،000 މީހުންނެވެ. މިއީ ދުނިޔޭގެ ނިސްބަތުން ތިން ވަނައަށް އެންމެ ގިނަ އަދަދެވެ.

އެއް ވަނައިގައި އޮތް އެމެރިކާއިން 609،000 މީހުން އަދި ދެ ވަނައިގައި އޮތް ބްރެޒިލްއިން 542،000 މީހުން މަރުވެފައި ވެ އެވެ.

އިންޑިއާގެ ރަސްމީ ތަފާސްހިސާބުން ހަގީގީ މަންޒަރު ނުފެންނަ ކަމަށް ތަޖުރިބާކާރުން ބުނާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ބައެއް ސްޓޭޓުތަކުން ވަނީ "ބެކްލޮގް" މަރުގެ ގޮތުގައި ވެސް އެއް ފަހަރާ ގިނަ އަދަދުތައް ރިކޯޑުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox