މޮރީނިއޯގެ އުކުޅެއް: ރޯމާ ޓްރެއިނިންގައި ޑްރޯން ޓެކްނޮލޮޖީ!

Jul 20, 2021, 3:15 AM
ރޯމާ ޓީމުގެ އޮފީސް ތެރޭގައި މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ

ރޯމާ ޓީމުގެ އޮފީސް ތެރޭގައި މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ

ރޯމް، އިޓަލީ (ޖުލައި 20) - ރޯމާގެ ކޯޗުކަމާ ހަވާލުވެ، ހޯސޭ މޮރީނިއޯ އެ ޓީމުގެ ކުޅުމުގެ ސްޓައިލަށް އަވަސް ބަދަލުތަކެއް ގެންނަން ބޭނުންވާތީ ޓްރެެއިނިން ދަނޑުގައި ޑްރޯން ޓެކްނޮލޮޖީ ބޭނުންކުރަން ފަށައިފި އެވެ.

ޑްރޯން ޓެކްނޮލޮޖީގެ އެހީ ހޯދާއިރު، މޮރީނިއޯ ވަނީ ޓްރެއިނިން ދަނޑު ކައިރީގައި ބޮޑު ސްކްރީނެއް ބަހައްޓައިފަ އެވެ. އަދި ޓްރެއިނިން ހަދަމުންދާ ވަގުތުގައި ޑްރޯން އިން ވީޑިއޯ ކުރުމަށް ފަހު ކުޅުންތެރިން ހަދާ ގޯސްތައް ސްރީނުން ދައްކައި ރަނގަޅު ކުރެވޭނެ ގޮތްތައް ވަގުތުން ބުނެދެ އެވެ.

މަޝްހޫރު ކޯޗު މޮރީނިއޯ، ރޯމާގައި މަސައްކަތްކުރާ ސްޓައިލް ތަފާތުވާނެ ކަމަށް އެ ޓީމާ ހަވާލުވުމަށް ފަހު މީޑިއާއާ ކުރިމަތިލި ފުރަތަމަ ފަހަރު ވެސް ވަނީ ބުނެފަ އެވެ. އެ ފަހަރު މޮރީނިއޯ ބުނީ އޭނާ މަސައްކަތް ކުރާ ވިސްނުމަކީ ނަތީޖާ ނެރެން ވަގުތު ބޭނުންވާ ކަމަށް ކުރިން ބެލެވުނު ނަމަވެސް ރޯމާގައި ވީ އެންމެ އަވަހަށް ކަންކަން ހާސިލްކުރަން ބޭނުންވާ ގޮތަށް ކަންތައްތައް ކުރާނެ ކަމަށެވެ.

މޮރީނިއޯ (ވ): ޓްރެެއިނިންގައި ބޭނުންކުރާ ސްކްރީނާއި ޑްރޯން.

ޑްރޯން ޓެކްނޮލޮޖީގެ ބޭނުން ހިފަން މޮރީނިއޯ ނިންމި އެންމެ ބޮޑު ސަބަބަކީ ކުޅުންތެރިންނަށް ޕްރެކްޓިހުގައި ކިޔައިދޭ އެއްޗެހި ޓްރެއިނިން ދަނޑުމަތީގައި ހުރެ، ރަނގަޅު ކުރަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

މީގެ ކުރިން މޮރީނިއޯ އެކި ޓީމުތަކަށް ކޯޗުކޮށްދިންއިރު، އޭނާ ވަނީ ޕްރެކްޓިހުގައި ބައެއް ކުޅުންތެރިންގެ ފަރާތުން އެކަށީގެންވާ ވަރަށް މަސައްކަތުގެ ރޭޓް ނުފެންނަ ކަމަށް ބުނެ، ނުސީދާ ގޮތަކަށް ބައެއް ކުޅުންތެރިންނަށް ފާޑުކިޔައިފަ އެވެ. ރޯމާގައި ޓެކްނޮލޮޖީގެ އެހީ ބޭނުން ކޮށްގެން މިކުރާ މަސައްކަތުން މޮރީނިއޯ ބޭނުންވާ ވަރަށް ޕްރެކްޓިހުގައި ވެސް ކުޅުންތެރިންގެ މަސައްކަތް ފެންނާނެ އެވެ.

މިހާތަނަށް މޮރީނިއޯ ވަނީ ރޯމާ ގޮވައިގެން ޕްރީ ސީޒަން ދެ މެޗަކަށް ނުކުމެފަ އެވެ. އެ ދެ މެޗަށް ނުކުމެ، ދަށް ޑިވިޝަނުގެ ދެ ޓީމު އަތުން ވެސް ރޯމާ ވަނީ މޮޅުވެފަ އެވެ.

ރޯމާގެ ކޯޗަކަށް މޮރީނިއޯ ހަމަޖެއްސީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މޮރީނިއޯ ވަނީ މިހާތަނަށް އެ ޓީމުގައި ހުރެ އެއް ޓްރާންސްފާ ފުރިހަމަކޮށްފަ އެވެ. ވުލްވްސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ގައުމީ ޓީމުގެ އެއް ވަނަ ގޯލްކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ 13 މިލިއަން ޑޮލަރަށް ރޯމާ އަށް ސޮއިކޮށްފަ އެވެ.

ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ޓީމާއި ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން މޮރީނިއޯ ވަނީ މީގެ ކުރިން އިޓަލީގެ އިންޓަ މިލާނަށް ވެސް ކޯޗުކޮށްދީފަ އެވެ. މޮރީނިއޯ ވަނީ 2008 އިން 2010 އަށް އިންޓަ އަށް ކޯޗުކޮށްދިންއިރު، އެ ޓީމާ އެކު އިޓާލިއަން ލީގު ދެ ފަހަރު، އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox