ގަރާޖު ހުއްދަ ދޫކުރުން ކުއްލިއަކަށް ހަވާލުކުރުމުން ކަންބޮޑުވުން

މާލޭގެ މަގެއްގައި ޕިކަޕުތަކެއް ދުއްވާފައިދަނީ: މާލޭގައި ގަރާޖުތަކަށް ވެހިކަލްތައް ރަޖިސްޓްރީ ކުރަނީ މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމުގެ ބޭނުމުގައި -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

މާލޭގެ މަގެއްގައި ޕިކަޕުތަކެއް ދުއްވާފައިދަނީ: މާލޭގައި ގަރާޖުތަކަށް ވެހިކަލްތައް ރަޖިސްޓްރީ ކުރަނީ މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމުގެ ބޭނުމުގައި -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ޓްރާންސްޕޯޓް މިނިސްޓްރީން މާލެ ސިޓީ ކައުންސިލަށް ގަރާޖު ސިޓީ ދޫކުރާ ގޮތަށް ބަދަލުކުރަން ނިންމުމާ ގުޅިގެން އެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ގަރާޖު ހުއްދަ ދޫކުރުމުގެ ކަންކަން ސިޓީ ކައުންސިލާ މަތިކޮށް ކުރި އިއުލާނުގައި އޮތް ތާރީހަކީ އޮގަސްޓު އެއް ވަނަ ދުވަހެވެ. އެ އިއުލާނުގައި ވަނީ އެ ތާރީހުން ފެށިގެން އުޅަނދު ބާއްވާ ގަރާޖް ޗެކް ކުރުމާއި ގަރާޖާއި ގުޅޭ ކަންކަމުގައި ވެވޭ އެއްބަސްވުންތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރާނީ ސިޓީ ކައުންސިލުން ކަމަށެވެ.

މިރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކައުންސިލަރުންގެ ކަންބޮޑުވުމަކަށްވީ އަންނަ މަހުގެ އެކަކުން ގަރާޖު ސިޓީގެ ހިދުމަތް އެ ކައުންސިލްގެ ދަށަށް ބަދަލު ކޮށްފައިވާކަން ޓްރާންސްޕޯޓުން އަންގާފައި ނުވާތީ އެވެ. އެގޮތުން ސިޓީއެއްވެސް ފޮނުވާފައި ނުވާ ކަމަށް ކައުންސިލުން ބުނެ އެވެ.

އަދި އެކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓްރީން އެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލްގައި އެދުނު ކަމަށާއި އެއީ ގަވައިދުގެ ތެރެއިން ކޮށްފައިވާ ކަމެއް ނޫން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

"އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެން އަތުގަ ނެތޭ އެކަށިގެންވާ އަދަދަށް މުވައްޒަފުންނެއްވެސް އަދި ވަސީލަތެއްވެސް. މިހާރު ވެސް ކައުންސިލްގެ މަސައްކަތް ކުރިއަށް ގެންދަނީ އެއް މުވައްޒަފެއް ތިން މަސައްކަތާ ހަވާލު ވެގެން،" ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވި އެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ ޓްރާންސްޕޯޓް މިނިސްޓްރީން ގަރާޖު ހުއްދަ ދޫކުރުމުގެ ކަންކަން މާލެ ސިޓީ ކައުންސިލަށް އަންނަ މަހުގެ އެކެއްގައި ހަވާލު ކުރަން ނިންމި ސިޓީ ރަސްމީކޮށް ލިިބިފައި ނުވާ ކަމަށެެވެ.

ގަރާޖު ސިޓީ ދޫކުރަން ފަށަން މިހާރު އިއުލާންކޮށްފައިވާ ތާރީހު ފަސްކޮށްދޭން ޓްރާންސްޕޯޓް އޮތޯރިޓީގައި މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެދިފަ އެވެ.

މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުން ހަވާލުކުރާ ކޮންމެ މަސައްކަތެއް ކުރަން މާލެ ސިޓީ ކައުންސިލުން ތައްޔާރަށް އޮތް ކަމަށެވެ. އަދި މާލެ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭން ބޭނުންވާ ކަންކަމުގެ ތެރެއިން ގަރާޖް ހުއްދަ ދޫކުރަން ވެސް ތައްޔާރު ކަމަށެވެ.

ނަމަވެސް ތާރީހު ފަސްކުރަން އެދެން ޖެހުނީ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި މި ހިދުމަތް ފޯރުކޮށްދޭން ޓްރާންސްޕޯޓް އޮތޯރިޓީން ބޭނުންވާ ވަސީލަތްތައް ހަމަޖައްސަން ކުރި މަސައްކަތްތައް ނާކާމިޔާބު ވެގެން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި މިކަމުގައި ޓްރާންސްޕޯޓް އޮތޯރިޓީން އެކަށީގެންވާ ވަރުގެ އެއްބާރުލުމެއް ނުލިބޭ ކަން މުއިއްޒު ތަކުރާރުކޮށް ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox