އަފްގާނިސްތާނަށް ބޭނުމީ ސިޔާސީ ހައްލެއް: ތާލިބާންގެ ރޫހާނީ ލީޑަރު

އަފްގާން މީހަކު ތާލިބާން ދިދަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

އަފްގާން މީހަކު ތާލިބާން ދިދަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ޖުލައި 18) - އަފްގާނިސްތާނުގެ ހަމަނުޖެހުން ހުއްޓުމަކަށް ގެންނަން ބޭނުން ވަނީ ސިޔާސީ ހައްލެއް ކަމަށް ތާލިބާނުންގެ ރޫހާނީ ލީޑަރު ހިބާތުﷲ އަހުންދްޒާދާ ބުނެފި އެވެ.

ހިބާތުﷲ އެހެން ބުނެފައި ވާއިރު، ތާލިބާނުން އަންނަނީ އަފްގާން ސިފައިންނާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަ ކުރަމުންނެވެ. އަދި ބޮޑު ސަރަހައްދުތަކެއް ކުޑަ ދުވަސްކޮޅެއް ތެރޭގައި ހިފާފައި ވެ އެވެ.

އަފްގާން ސަރުކާރުގެ މަންދޫބުންނާއި ތާލިބާނުންނާ ދެމެދު ނިމުނު ހަފްތާ ބަންދުގައި އަލުން ވަނީ ސުލްހައިގެ މަޝްވަރާތައް ފަށާފަ އެވެ. އެއާއެކު ސުލްހަ ގެނެވިދާނެ ކަމުގެ އުއްމީދު އަލުން އެބަ އޮތެވެ.

"އަސްކަރީ ގޮތުން ކުރިއެރުންތައް ލިބެމުން ދިޔަ ނަމަވެސް، އިސްލާމީ އަމީރުން ބޮޑަށް ބުރަވަނީ މި ގައުމަށް ސިޔާސީ ހައްލެއް ހޯދަން،" އީދާ ގުޅިގެން ފޮނުވި މެސެޖުގައި ހިބާތުﷲ ބުންޏެވެ.

"އިސްލާމީ ނިޒާމް ގާއިމްކޮށް، ސުލްހަ އާއި ހަމަޖެހުން ގެންނަން ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އިސްލާމީ އަމީރުން ހިފަމުން ދާނެ،" އޭނާ ބުންޏެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ތާލިބާނުންނާއި އަފްގާން ސަރުކާރާ ދެމެދު މަޝްވަރާތައް ބާއްވާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

ތާލިބާނުންގެ ލީޑަރު ބުނީ އެ ގްރޫޕުން އިސްކަން ދޭނީ ހައްލެއް ހޯދަން ކަމަށެވެ. އެކަމަކު ވާދަވެރި ފަރާތްތަކުން ވަގުތު ބޭކާރު ކުރަމުންދާ ކަމަށް ތުހުމަތު ކުރި އެވެ.

"އަހަރުމެންގެ މެސެޖަކީ ބޭރު މީހުން ބައިވެރި ނުކޮށް، ގައުމުގެ އެތެރޭގެ މައްސަލަތައް އަމިއްލައަށް ހައްލުކޮށްގެން، މި ކާރިސާއިން މި ބިން ސަލާމަތް ކުރަމާ ހިނގާށޭ".

އެމެރިކާ އާއި ނޭޓޯގެ ފައުޖުތައް ސެޕްޓެމްބަރު 11 ގެ ކުރިން އަފްގާނިސްތާން ދޫކޮށް ދިޔުމުގެ މަސައްކަތް ކުރާތީ ތާލިބާނުން ވަނީ އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފަ އެވެ.

އެގޮތުން އަފްގާނިސްތާނުގެ 400 ޑިސްޓްރިކްޓުގެ 50 ޕަސެންޓު ކޮންޓްރޯލް ކުރަނީ ތާލިބާނުންނެވެ. އޭގެ އިތުރުން މުހިއްމު ބޯޑަރު ސަރަހައްދުތައް ވެސް ހިފާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox