އިންޑިއާގައި އެތައް ހާސް ބަޔެއްގެ ގެދޮރު ބިމާ ހަމަކުރަނީ!

ދިރިއުޅޭ ގެ ހަލާކުކޮށްލުމުން މީހަކު ހިތާމަ ކުރަނީ.-- ފޮޓޯ: ދަ ނިއުސް

ދިރިއުޅޭ ގެ ހަލާކުކޮށްލުމުން މީހަކު ހިތާމަ ކުރަނީ.-- ފޮޓޯ: ދަ ނިއުސް

ފަރީދްއާބާދް، އިންޑިއާ (ޖުލައި 17) - އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުންނާއި އދ. ގެ ތަޖުރިބާކާރުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ނިއު ދިއްލީ ކައިރީގައިވާ އަވަށެއް ނެތިކޮށްލުމުގެ މަސައްކަތް އިންޑިއާ ސަރުކާރުން ފަށައިފި އެވެ.

ހޯރީއަކީ ދިއްލީގެ ބޯޑަރުގައި އެތައް ހާސް ބަޔަކު ދިރިއުޅޭ އަވަށެކެވެ. ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ތަނުގައި ހުރި ގެތައް ބިމާ ހަމަކުރުމުގެ މަސައްކަތް ފަށާފަ އެވެ. އެއީ ގެތައް އަޅާފައިވަނީ ރައްކާތެރިކޮށްފައިވާ ޖަންގަލީގެ ބިމެއްގައި ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.

އެގޮތަށް ނިންމުމަށް ފަހު ސުޕްރީމް ކޯޓުން އެންގީ އެ ބިން ހުސް ކުރުމަށެވެ. ނަމަވެސް އެކްޓިވިސްޓުން ބުނާ ގޮތުގައި ހިޖުރަކޮށްގެން އުޅޭ މަސައްކަތްތެރިންނާއި ފަގީރު ލޭބާ މަަސައްކަތްތެރިން އެ ތަނުގައި ގެ އަޅައިގެން ދިރިއުޅޭތާ މިހާރު 30 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

Advertisement

އޭގެ އިތުރުން ގެތައް އެޅިއިރު ވެސް ޖަންގަލި އޮތީ މައިން ކުރުމުގެ ސަބަބުން ހަލާކުވެފައި ކަމަށް އެކްޓިވިސްޓުން ބުނެ އެވެ. ކޯޓުން އަމުރުކޮށްފައި ވަނީ ޖުލައި 19 ގެ ކުރިން އެ ބިން ހުސް ކުރުމަށެވެ. ފުލުހުން ވަނީ ނޫސްވެރިންނަށް ނުވަދެވޭނެހެން މުޅި ސަރަހައްދުން ބަންދުކޮށްފަ އެވެ.

އެކްޓިވިސްޓުން ބުނެފައި ވަނީ އެ އަވަށުގައި 5000 ގެ ހުންނަ ކަމަށެވެ. އަދި އަވަށުގެ ކުދިންނަށް ހާއްސަ ސްކޫލުތަކާއި އަޅުކަން ކުރާ ތަންތަން ވެސް ގާއިމްކޮށްފައި ވެ އެވެ. ގެތައް ހަލާކު ކުރަން ފަށާފައި ވާއިރު، އޭގެ ކުރިން ވަނީ ފެނާއި ކަރަންޓުގެ ހިދުމަތް ކަނޑާލާފަ އެވެ.

އާއްމުންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް ފުލުހުން އެކަން ދޮގުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox