ޔޫރަޕްގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 183 އަށް އަރައިފި

ޖަރުމަނުގައި ފެންބޮޑުވުމުން ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޖަރުމަނުގައި ފެންބޮޑުވުމުން ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފްރެންކްފާޓް، ޖަރުމަނު (ޖުލައި 18) - ފެންބޮޑުވުމުގެ ސަބަބުން ހުޅަނގު ޔޫރަޕުން މަރުވި މީހުންގެ ޖުމްލަ އަދަދު 183 އަށް އަރައިފި އެވެ.

ފުލުހުން ބުނީ ޖަރުމަނުން އެކަނިވެސް 156 މީހުން މަރުވި ކަމަށެވެ. ހުޅަނގު ޖަރުމަނުގައި އެންމެ ބޮޑަށް އަސަރު ކުރި ރައިންލޭންޑް-ޕެލެޓިނޭޓް ސްޓޭޓުން 110 މީހުން މަރުވި އެވެ. އޭގެ އިތުރުން ޖަރުމަނުގެ ދެކުނުން ވެސް އެކަކު މަރުވި އެވެ.

ޖަރުމަނު ވިލާތާއި ހުޅަނގު ޔޫރަޕްގައި ފެންބޮޑުވެފައި ވަނީ ދުވަސްތަކެއް ވަންދެން އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހުމާ ގުޅިގެންނެވެ. ޖަރުމަނު ވިލާތުގައި ފެންބޮޑުވި ހިސާބުތަކަށް ޗާންސެލަރު އެންޖެލާ މާކަލް މިއަދު ޒިޔާރަތް ކުރަން ހަމަޖެހިފައިވެ އެވެ.

މިއީ ޖަރުމަނު ވިލާތުގެ ތާރީހުގައި ކުރިމަތިވި އެންމެ ބޮޑު ފެންބޮޑުވުމުގެ ހާދިސާ އެވެ. ޖަރުމަނު ކައިރީގައި އޮންނަ ބެލްޖިއަމުގައި ވެސް ފެންބޮޑުވެ 27 މީހުން މަރުވި އެވެ. ދެ ގައުމުގައި ވެސް ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ހުޅަނގު ޔޫރަޕުގެ ސްވިޓްޒަލޭންޑް، ލަގްޒެމްބޯގް އަދި ނެދަލޭންޑްސްއަށް ވެސް ބޯކޮށް ވާރޭ ވެހިފައި ވެ އެވެ. ޖަރުމަނުގެ ހުޅަނގަށް ވާރޭ ވެހުން މަދުވުމާއެކު ހޮނިހިރު ދުވަހު ވަނީ ދެކުނުގެ ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެން ފަށާފަ އެވެ. އެހެންވެ އެ ހިސާބުތައް ވަނީ ހައި އެލާޓަށް ގެނެސްފަ އެވެ.

ދެކުނު ބެވޭރިއާ ޑިސްޓްރިކްޓުން މިހާރު ވެސް އެކަކު ވަނީ މަރުވެފަ އެވެ. އޮސްޓްރިއާގެ ސޮލްޒްބާގް އަދި ޓައިރޯލް ސަރަހައްދުތައް ހައި އެލާޓުގައި އޮތް އިރު، ތާރީހީ އަވަށެއް ކަމަށްވާ ހެލެއިން މިހާރު އޮތީ ފެނު އަޑީގަ އެވެ.

މާކަލް ވިދާޅުވީ ގެއްލުންވު ހުރިހާ ހިސާބަކަށް އެހީ ފޯރުކޮށްދޭނެ ކަމަށެވެ. ޖަރުމަނު ސަރުކާރުން ބުނީ ހާއްސަ ފަންޑެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބެލެވޭ ގޮތުގައި ލިބުނު ގެއްލުމުގެ އަގު އެތައް ބިލިއަން ޔޫރޯއަކަށް އަރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox