ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި އަލީ ވަހީދަށް ޗިޓް ފޮނުވައިފި

އަލީ ވަހީދު: ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި ޗިޓް ވަނީ ފޮނުވާފައި

އަލީ ވަހީދު: ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި ޗިޓް ވަނީ ފޮނުވާފައި

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި ޗިޓް ފޮނުވައިފި އެވެ.

އޭނާއަށް ޗިޓް ފޮނުވީ ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތަކާ ގުޅޭ ޝަރީއަތުގައި އަލީ ވަހީދަށް އިނގިރޭސިވިލާތުގައި ހުރެގެން ބައިވެރިވެވޭނެ އިންތިޒާމްތައް ހަމަޖެއްސި ނިންމުން އިސްތިއުނާފުކޮށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ހާޒިރުވުމަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލާގެ އަޑުއެހުމަށް ހާޒިރުވާން އަލީ ވަހީދަށް ޗިޓް ފޮނުވާފައިވަނީ އެނގިފައިވާ ގޮތުގައި އީމެއިލް މެދުވެރިކޮށެވެ.

އަލީ ވަހީދު ވަނީ އޭނާ މިހާރު ދިރިއުޅޭ އެޑްރެހާއި އީމެއިލް އެޑްރެސް އަދި ވަޓްސްއެޕް ނަންބަރުގެ މައުލޫމާތު ވެސް މީގެކުރިން ކުރިމިނަލް ކޯޓާ ހިއްސާކޮށްފަ އެވެ. އެ މައުލޫމާތުތައް ކުރިމިނަލް ކޯޓުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާ ވެސް ހިއްސާކުރި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ޗިޓް ރައްދުވުމަށްފަހު، އޭގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ އެމީހަކާމެދު ފިޔަވަޅު އެޅުމުގެ ބާރު ކޯޓަށް ލިބެ އެވެ. އަދި، ޗިޓް ރައްދުވީ ދައުވާލިބޭ މީހާނަމަ، އޭނާ ބަންދުގައި ބަހައްޓައިގެން ވެސް ކޯޓަށް ހާޒިރުކުރެވިދާނެ އެވެ.

އަލީ ވަހީދުގެ މައްސަލަ ކުރިމިނަލް ކޯޓުގައި ބައްލަވާ ގާޒީ ހަސަން ސައީދު، އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމާފައިވަނީ އެއީ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމެވެ.

އެ ކޯޓުން ނިންމި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ހަސަން ސައީދުގެ ނިންމެވުމަކީ އިޖުރާއީ ނިންމުމަކަށްވާއިރު، އެފަދަ މައްސަލަތައް ދަށު ކޯޓުގައި ކުރިއަށް ދަނިކޮށް އިސްތިއުނާފު ނުކުރެވޭނެތީ އެވެ. ޝަރީއަތް ކުރިއަށް ދަނިކޮށް އިސްތިއުނާފު ކުރެވޭނީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ނިންމުންތައްކަން ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ.

އަދި، އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ޖިނާއީ ދައުވާއަކާ ގުޅޭ މައްސަލައެއް ކޯޓުގައި ކުރިއަށް ނުގެންދެވޭނެކަން ވެސް ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، އަލީ ވަހީދުގެ ބަންދުކޮށްގެން ނަމަވެސް ކޯޓަށް ހާޒިރުކޮށްދޭން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހައިކޯޓުގައި އެދުނެވެ.

މީގެކުރިން އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޗިޓް ނުފޮނުވިގެން އަލީ ވަހީދު ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލި އެވެ.

އެފަހުން ދެވަނަ ފަހަރަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކުރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލާގައި ހައިކޯޓަށް ދިޔަ އެވެ. ނަމަވެސް، އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، މައްސަލަ ބަލައިގެންފައިނުވެ އެވެ.

ހައިކޯޓުގެ ރެޖިސްޓްރާގެ އެ ނިންމުން ރިވިއުކޮށްދޭން އިއްޔެ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ.

ގިނަ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދަށް ބޭރަށް ފުރީ އޭނާގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލުމުންނެވެ. ދައުލަތުން ޓްރެވަލް ޑޮކިއުމެންޓެއްގައި ވަކި މުއްދަތަކަށް ހުއްދަ ދޭން އެދިފައި އޮއްވައި އަޑުއެހުމަށް އައިޖީއެމްއެޗުގެ ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން ހާޒިރުކޮށް، ކޯޓުން އަލީވަހީދުގެ ޕާސްޕޯޓް ދޫކޮށްލީ ރާއްޖެ އިން އޭނާގެ އޮޕަރޭޝަން ކުރުމުގެ ރިސްކު ބޮޑު ކަމަށް ނިންމަ އެވެ.

ލަންޑަނުގައި ހުންނަވައިގެން ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އަލީ ވަހީދަށް ބައިވެރިވެވޭނެ އިންތިޒާމް އެ ކޯޓުން ހަމަޖައްސައިދީފައިވަނީ އޭނާގެ ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ބުނެ އެވެ. ނަމަވެސް، "އަދަދު"އަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ވަހީދުގެ ބޭސްފަރުވާގެ އެއްވެސް ކަމެއް މިވަގުތު ނުހިނގަ އެވެ.

އަލީ ވަހީދު ކޯޓަށް ފޮނުވާފައިވަނީ އިނގިރޭސިވިލާތުގެ ޝާލީ ވިލެޖްގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޝާލީ އޯކްސް ހޮސްޕިޓަލުން ދޫކޮށްފައިވާ ލިޔުމެކެވެ.

އެ ލިޔުމުގައިވާ ގޮތުން މައިބަދައިގައި ރިއްސާތީ، އަލީ ވަހީދު ދެ ފަހަރެއްގެ މަތިން އެ ކްލިނިކަށް ދައްކާފައިވެ އެވެ. އަދި އެތަނުން އޭނާގެ އެމްއާރުއައި ވެސް ހަދާފައިވާ ކަމަށެވެ. އެ ލިއުމުން އެނގޭ ގޮތުގައި ބޭރަށް ވަޑައިގަތް ފަހުން އޭނާ މައިބަދައިގެ ސާޖަރީއެއް ކުރައްވައިފައެއް ނުވެ އެވެ. އަދި އެފަދަ ސާޖަރީއެއް ކުރަން އެ ލިއުމުގައި ޑޮކްޓަރުން ލަފާދެއްވައިފައެއް ވެސް ނުވެ އެވެ.

ޑޮކްޓަރުން ލަފާދެއްވީ އަލީ ވަހީދަށް ކަސްރަތުކުރުމަށާއި އެކަން މެދުނުކެނޑި ކުރިއަށް ގެންދެވުމަށެވެ.

އެކަމަކު ހަ މަސް ފަހުން އިތުރު ޓެސްޓްތަކަކާއި އެސެސްމެންޓްތަކެއް ކުރިއަށް ގެންދަން މިދިޔަ މާޗް މަހުގެ 25 ގައި ދޫކުރި އެ ލިއުމުގައި ޑޮކްޓަރުން ލަފާ ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox