ކްރިމިނަލް ކޯޓު: ފުރަތަމަ ހަތަރު މަހު ވެސް 2000 އަށް ވުރެ ގިނަ އަޑުއެހުން ކެންސަލްވި

ކުރިމިނަލް ކޯޓު ހިންގާ އިމާރާތް: 2000 އަށްވުރެ ގިނަ އަޑުއެހުން ކެންސަލްކުރި

ކުރިމިނަލް ކޯޓު ހިންގާ އިމާރާތް: 2000 އަށްވުރެ ގިނަ އަޑުއެހުން ކެންސަލްކުރި

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭ ކްރިމިނަލް ކޯޓުގައި ތާވަލުކުރި 2،354 އަޑުއެހުމެއް އެކި ސަބަބުތަކާ ހުރެ ކެންސަލް ކުރަން ޖެހުނުކަން އެ ކޯޓުން ހާމަކޮށްފި އެވެ.

މިކަން ކޯޓުން އާންމުކުރީ "އަދަދު"ން ކުރިމިނަލް ކޯޓަށް އާރްޓީއައިއެއްގެ ދަށުން އެ މައުލޫމާތު ސާފުކުރަން އެދުމުންނެވެ.

މައުލޫމާތު ހޯދުމުގެ ހައްގުގެ ދަށުން ސާފުކުރަން އެދުނީ، ކްރިމިނަލް ކޯޓުގައި މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ތާވަލުކުރި އަޑުއެހުމުގެ އަދަދާއި ކެންސަލްކުރި އަޑުއެހުންތަކުގެ ތަފްސީލެވެ.

ކްރިމިނަލް ކޯޓުން ފޮނުވި ޖަވާބުގައި ހަތަރު މަސް ތެރޭ ތާވަލުކުރި ޖުމްލަ އަޑުއެހުންތަކުގެ އަދަދު ބަޔާނެއް ކުރެ އެވެ. އޭގެ ބަދަލުގައި ބުނީ، އެ ކޯޓުގެ ވެބްސައިޓްގައި ތާވަލުކުރި އަޑުއެހުންތަކުގެ ތަފްސީލު ފެންނަން ހުންނާނެ ކަމަށެވެ.

އެ އަޑުއެހުންތަކުގެ ތެރެއިން ކެންސަލްކުރި ނޫނީ ކުރަން ޖެހުނު އަޑުއެހުންތަކުގެ ތަފްސީލު ކޯޓުން ދިނެވެ.

އެގޮތުން ކޯޓުން ފޮނުވާފައިވާ މައުލޫމާތުތަކަށް ބަލާއިރު އެންމެ ގިނަ އަޑުއެހުންތައް ކެންސަލްވެފައިވަނީ ދައުވާ ލިބޭ ފަރާތްތަކާ ގުޅުންހުރި ސަބަބުތަކާހުރެ އެވެ. އެއީ 606 އަޑުއެހެމެކެވެ.

އިދާރީ ސަބަބުތަކާހުރެ 516 އަޑުއެހުމެއް ހަތަރު މަސް ތެރޭ ކެންސަލްކޮށްފައިވެ އެވެ. އަދި، ކޮވިޑްއާ ގުޅިގެން 189 އަޑުއެހުމެއް ކެންސަލްކުރަން ޖެހުނެވެ.

އޭގެއިތުރުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން، ކަރެކްޝަނަލް ސާވިސް އަދި ފުލުހުންއާ ގުޅުންހުރި ސަބުބަތާހުރެ 298 އަޑުއެހުމެއް ކަންސަލްކުރަން ޖެހިފައިވެ އެވެ.

ހެކިންނާ ގުޅުންހުރި ސަބަބުތަކާ ހުރެ 121 އަޑުއެހުމެއް ކަންސަލްކުރަމް ޖެހުނުއިރު ވަކީލުންނާ ގުޅުންހުރި ސަބަބުތަކާ ހުރެ 332 އަޑުއެހުމެއް ކެންސަލްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox