އިއްޒުއްދީންގެ ޓީޗަރުންތަކެއް ބަދަލުކުރީ އުފެދުނު މައްސަލަތަކެއް ހައްލުކުރަން

އިއްޒުއްދީން ސްކޫލް: އެތަނުގެ ހަތަރު ޓީޗަރަކު ވަނީ އެހެން ސްކޫލްތަކަށް ބަދަލުކޮށްފައި.

އިއްޒުއްދީން ސްކޫލް: އެތަނުގެ ހަތަރު ޓީޗަރަކު ވަނީ އެހެން ސްކޫލްތަކަށް ބަދަލުކޮށްފައި.

އިއްޒުއްދީން ސްކޫލުގެ ޓީޗަރުންތަކެއް މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރުމުގައި އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅުމެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު ޓީޗަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަން ސާބިތުވުމުން ވެސް ފިޔަވަޅު އެޅީ ޓީޗަރުންނަށް ކަމުގެ ތުހުމަތު ޓީޗާސް އެސޯސިއޭޝަނާއި އެ ޓީޗަރުން ތަމްސީލްކުރާ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ކޮށްފައި ވަނިކޮށެވެ.

މާލޭގައި އެންމެ ފަހުން ހުޅުވި ސްކޫލްގެ ޕްރިންސިޕަލާ ދެކޮޅަށް ބޮޑު ތުހުމަތުތަކަކާ އެކު ތެދުވީ އެތަނުގެ ހަ ޓީޗަރެކެވެ. ސިވިލް ސާވިސް ކޮމިޝަންގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގައި އޮންނަ ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ހުއްޓުވުމުގެ ކޮމިޓީއަށް ވެސް މި މައްސަލަ ހުށަހެޅި އެވެ. ކޮމިޓީން ވަނީ އެ މައްސަލަ ބަލައި ނިންމައިފަ އެވެ.

ޕްރިންސިޕަލާ ދެކޮޅަށް ނެރުނު ދެ ބަޔާނުގައި ބުނީ ޕްރިންސިޕަލަށް ޕްރޮމޯޝަންދީ، ޓީޗަރަން އެހެން ސްކޫލްތަކަށް ބަދަލުކުރުމަކީ ބޭއިންސާފެއް ކަމަށެވެ. މިނިސްޓްރީން ޓީޗަރުންނާ މެދު ފިޔަވަޅު އެޅީ މަޝްވަރާ ވެސް ނުކޮށް ކަމަށް ބުނެފައިވެ އެވެ.

އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި ބުނީ އިއްޒުއްދީންގެ ހަތަރު ޓީޗަރަކު މާލޭގެ އެހެން ސްކޫލްތަކަށް ބަދަލުކުރަން ނިންމީ މި އަހަރުގެ ކުރީކޮޅު ދިމާވި މައްސަލައިގައި އުފެދުނު ނުތަނަވަސްކަން ހައްލުކުރަން ކަަމަށެވެ.

އެކަން ކުރަނީ، ހަތަރު ލީޑިން ޓީޗަރުން އެއްފަހަރާ އިސްތިއުފާ ދިނުމުން ސްކޫލްގައި އުފެދުނު ނުތަނަވަސްކަން ހައްލުކުރުމަށް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ހިންގުނު ލީޑަޝިޕް އެންޑް މެނޭޖްމަންޓް ރިވިއުއަށް ރިއާޔަތްކޮށް ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

"ދެންނެވުނު ރިވިއުއިން ސްކޫލް ހިންގުމާއި ދޭދޭ ގުޅުންތަކުގައި ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރާނެ މައްސަލަތަކެއް ހުރި ކަމަށް ފާހަގަވެފައިވާތީ އެ މައްސަލަތައް ހައްލުކުރުމަށް ކުރާނެ ކަންކަން ނިންމުމަށް އެކުލަވާލެވުނު ކޮމިޓީން، ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސްކޫލްގެ ބައެއް މަގާމްތައް އާ ދިރާސީ އަހަރު ފެށޭއިރަށް ބަދަލުކުރުމަށް ލަފާ ދެއްވާފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

އެޑިއުކޭޝަނުން ބުނި ގޮތުގައި އެތަނަށް ހުށަހަޅާ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ވަރަށް ސީރިއަސްކަމާ އެކު ބަލަން އިސްކަންދެ އެވެ. ޓީޗަރުން ބަދަލުކުރަން ނިންމުމުގައި، އެފަދަ މައްސަލައަކާ ގުޅުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

ޓީޗަރުން އެއްފަހަރާ އިސްތިއުފާ ދެއްވި ސަބަބާއި އޭގެ ސަބަބުން އުފެދުނު ނުތަނަވަސްކަމަކީ ކޮބައިކަމެއް އެޑިއުކޭޝަންގެ ބަޔާނުގައި ސާފުކޮށްދީފައެއް ނުވެ އެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ މި މައްސަލައިގައި ޓީޗާސް އެސޯސިއޭޝަނާއި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ހަގީގަތާ ހިލާފު ބަޔާންތަކެއް ކަމަށެވެ. އެކަން މިނިސްޓްރީން ވަނީ ކުށްވެރިކޮށްފަ އެވެ.

ޓީޗަރުންގެ ތުހުމަތުތަކާ ގުޅިގެން "އަދަދު"ން އިސްމާއިލް ނަސީރަށް ގުޅުމުން އޭނާ ވެސް ވަނީ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ. ވިދާޅުވީ އެއީ އެ ސްކޫލުން އިސްތިއުފާ ދެއްވި ލީޑިން ޓީޗަރުންތަކެއް އޭނާއާ ދެކޮޅަށް އުފައްދައިގެން އުޅޭ އަގު ވައްޓާލުމުގެ މައްސަލައެއް ކަމަށެވެ. އޭނާ އިއްޒުއްދީން ސްކޫލުން ބަދަލުވާން އެޑިއުކޭޝަނަށް ހުށަހެޅީ، ތުހުމަތުތަކާ އެކު ބިރުދައްކުމާއި ފާރަލުމުގެ އަމަލުތަކެއް ހިންގަމުންދާތީ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox