ނަހުލާގެ އޯޑަރަށް ކައުންސިލް މެމްބަރުންތަކަކަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލައެއް އެލްޖީއޭއަށް

މެމްބަރު ނަހުލާ: އޭނާގެ މައްސަލަ އެލްޖީއޭއަށް ފޮނުވުމަށް ތާއީދު ކުރެއްވީ އެ ޕާޓީގެ މެމްބަރު ނަރީޝް -- ފޮޓޯ: ފައިލް

މެމްބަރު ނަހުލާ: އޭނާގެ މައްސަލަ އެލްޖީއޭއަށް ފޮނުވުމަށް ތާއީދު ކުރެއްވީ އެ ޕާޓީގެ މެމްބަރު ނަރީޝް -- ފޮޓޯ: ފައިލް

އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ އެންގުމަކަށް މާލޭ ސިޓީ ކައުންސިލް މެމްބަރުންތަކަކާ ގްރޫޕަކުން މަގުމަތިން ދިމާކޮށް ބިރުދެއްކި މައްސަލައެއް ބެލުމަށް އެ ކައުންސިލްގެ ފަރާތުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މާލޭ ސިޓީ ކައުންސިލަށް ހުށަހަޅާފައި ވަނީ އެމްޑީޕީގެ ކައުންސިލް މެމްބަރު ސައިފް މުހައްމަދު ފާތިހެވެ.

ސައިފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ވިލިމާލެއަށް ކައުންސިލަރުންތަކެއް ދިޔުމުން ނަހުލާގެ އެންގުމަށް ކަމަށް ބުނެ މަގުމަތިން އެމީހުންނާ ބަޔަކު ދިމާކޮށް މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސްއަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ބަހެއް ހޯދަން ގުޅުމުން ފޯނު ނިއްވާލާފައި އޮންނާތީ ނަހުލާގެ ބަހެއް ލިބޭގޮތެއް ނުވި އެވެ.

ވިލިމާލެއަށް ދިޔަ ކައުންސިލަރުންނަކީ ޕީޕީއެމްގެ މެމްބަރުން އަބްދުﷲ ނާސިރާއި އައިމިނަތު ޔުމްނާ އާއި އިބްރާހިމް އަބޫބަކުރާއި އެމްޑީޕީގެ މެމްބަރު މުހައްމަދު އަރީޝެވެ.

ކައުންސިލަށް އެ މައްސަލަ ހުށަހެޅުމުން މެމްބަރު މަރިޔަމް ރީހާން ނިޒާމް ހުށަހެޅުއްވީ އެ މައްސަލަ އެލްޖީއޭ އަށް ހުށަހެޅުމަށެވެ. އެކަމަށް ތާއީދު ކުރެއްވީ ޕީޕީއެމްއަށް ނިސްބަތްވާ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ.

ނަހުލާގެ މައްސަލަ އެލްޖީއޭއަސް ފޮނުވުމަށް ބައްދަލުވުމުގައި ބައިވެރިވި 17 މެމްބަރުންގެ ތެރެއިން 16 މީހަކު ތާއީދު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox