އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލާގެ ހައިކޯޓުގެ ނިންމުން ރިވިއު ކުރަން ހުށަހަޅައިފި

އަލީ ވަހީދު: އޭނާގެ ޕާސްޕޯޓް މައްސަލާގެ ހައިކޯޓުގެ ނިންމުން ރިވިއު ކުރަން ވަނީ ހުށަހަޅާފައި

އަލީ ވަހީދު: އޭނާގެ ޕާސްޕޯޓް މައްސަލާގެ ހައިކޯޓުގެ ނިންމުން ރިވިއު ކުރަން ވަނީ ހުށަހަޅާފައި

ޖިންސީ ފުރައްސާރައިގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން ރިވިއު ކުރަން ހުށަހަޅައިފި އެވެ.

އަލީ ވަހީދުގެ މައްސަލާގައި އެންމެ ފުރަތަމަ ވެސް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓި އެވެ. ނަމަވެސް، އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަދީ، ކުރިމިނަލް ކޯޓުން އެ އަމުރު ފަހުން ބާތިލުކުރި އެވެ.

އެ އަމުރު ބާތިލުކޮށް، އަލީ ވަހީދަށް ރާއްޖޭން ބޭރަށް ދެވޭ ގޮތް ހެދީ އޭނާގެ މައްޗަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނުވެގެންނެވެ. ޖާމިނު އެއްބަސްވުން ހެދީ ހަތަރު މަހެވެ. އެ މުއްދަތު މިދިޔަ މަހުގެ ނުވަ ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.

އޭގެފަހުން ވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައިނުވާތީ ފުލުހުން މެދުވެރިކޮށް އަލީ ވަހީދުގެ ޕާސްޕޯޓް އަލުން ހިފެހެއްޓުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދުނެވެ. ނަމަވެސް، އެ އަމުރު ނެރެދޭނެ ތަނެއް ނެތް ކަމަށް ކުރިމިނަލް ކޯޓުން ނިންމުމުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހުށަހެޅި އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ މިދިޔަ އާދިއްތަ ދުވަހު ނިންމި އެވެ.

އެގޮތަށް އެ ކޯޓުން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ ޖިނާއީ މައްސަލައެއްގައި މީހެއްގެ މައްޗަށް ދައުވާ ކުރުމަށްފަހު، އެ މައްސަލައެއްގެ ތެރެއިން ނިންމާ އެއްވެސް ނިންމުމެއްގެ އިސްތިއުނާފު، ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެތީ އެވެ. އެކަން ސުޕްރީމް ކޯޓުން ވެސް ކަނޑައަޅާފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިރޭ ވިދާޅުވި ގޮތުގައި ހައިކޯޓުގެ ރަޖިސްޓްރާގެ އެ ނިންމުން ރިވިއުކުރުމަށް މިއަދު އެ އޮފީހުން ހުށަހަޅާފައިވާ ކަމަށެވެ.

މީގެކުރިން ވެސް އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ހައިކޯޓަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހުށަހެޅި އެވެ. އެ މައްސަލަ ބަލައިގަތުމަށްފަހު ބޭރުކޮށްލީ، އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގިގެން، އޭނާގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ އެވެ.

ހަމަ އެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވެސް ނިންމާފައިވަނީ ހަމަ އެގޮތަށެވެ.

އަލީ ވަހީދުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށް އިނގިރޭސިވިލާތުގައި ހުރެގެން އަލީ ވަހީދަށް ބައިވެރިވެވޭ ގޮތަށެވެ.

ގާޒީ ހަސަން ސައީދު، އިސް ގާޒީ އަހުމަދު ޝަކީލްގެ ލަފާގެ މަތިން ނިންމެވި ނިންމެވުމާ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އިއުތިރާޒުކުރި އެވެ. ދައުލަތުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ގާނޫނީ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވިގެން ނުވާނެ އެވެ. އެގޮތަށް ކުރިއަށް ގެންދާ ޝަރީއަތްތައް ގާނޫނާ ހިލާފުވާނެ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް، އެ ކޯޓުން ނިންމީ އެ މައްސަލަ އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް މިހިނދުގައި ނެތް ކަމަށެވެ. ހައިކޯޓުގެ އެ ނިންމުން މިހާރު ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox