އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތެއް ނުވި

Jul 14, 2021, 3:01 PM
އަބްދުﷲ ގާޒީ: އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތެއް ނުވި

އަބްދުﷲ ގާޒީ: އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތެއް ނުވި

ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

އަބްދުﷲ ގާޒީއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލާ ނިންމާފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ހުށަހެޅި މައްސަލައެކެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ސާބިތުނުވާ ކަމަށް ވަނީ ނިންމާފަ އެވެ.

އެއީ ކޮން ކަމަކާ ގުޅިގެން އޭނާގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލައެއް ކަމެއް އެ ކޮމިޝަނުން ނުބުނެ އެވެ.

އަބްދުﷲ ގާޒީއަކީ މީގެކުރިން ކުރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ފެމެލީ ކޯޓަށް ބަދަލުކުރީ މިދިޔަ ސަރުކާރުގަ އެވެ.

ކުރިމިނަލް ކޯޓުގައި ހުންނެވިއިރު އަބްދުﷲ މުހައްމަދު ފާހަގަވީ ނުފޫޒުގަދަ ގާޒީއެއްގެ ގޮތުގަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ ވެސް އަބްދުﷲ ގާޒީ ހައްޔަރުކޮށް ބަންދުކުރުމާ ގުޅިގެން ފެށި މުޒާހަރާތައް ހޫނުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމު އިސްކުރާނަމަ ޕީއެންސީގެ ފަލްސަފާއާ ދެބަހެއް ނުވާނެ"

ޕީއެންސީގެ މައިގަނޑު ސިޔާސަތަކީ "އެންމެ ފުރަތަމަ ގައުމު" އިސްކުރުން ކަމަށާއި، އެ ފަލްސަފާއާ އެއްގޮތަށް މަސައްކަތްކުރާނަމަ އެއްވެސް ބަޔަކު އެ ޕާޓީއާ ދެބަސްނުވާނެ ކަމަށް މުއިއްޒު ވިދާޅުވި. އަދި އެހެން ސިޔާސީ ފިކުރުތަކަކީ ފަނާކުރަނިވި ފިކުރުތަކެއް ކަމަށާއި، ގައުމު އިސްކޮށްގެން މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމަށްވެސް މުއިއްޒު ވިދާޅުވި.

ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓު މުއިއްޒަށް ރަސްމީކޮށް އަރުވައިފި

ޕީއެންސީގެ އަސާސީ ގަވާއިދާ އެއްގޮތަށް، 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލައި ރައީސް މުހައްމަދު މުއިއްޒަށް އެރުވުމަށް އެ ޕާޓީގެ ކޮންގްރެސްއިން ވަނީ ނިންމައި، މިރޭ ރަސްމީކޮށް ޓިކެޓު ހަވާލުކޮށްފައި. މިއީ އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާތީ ނިންމި ނިންމުމެއް ކަމަށް ޕީއެންސީން ބުނޭ.

ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ދެ މީހުން ހައްޔަރަށް

ހިޔާ ޓަވަރެއްގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ 36 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ އަންހެނަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. ކޯޓުން މި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

މައްކާއަށް ހަމާލާ ދޭން އުޅުނީ ހޫތީން ކަމަށް ހުތުބާގައި ބުނެފި

ހޫތީން މައްކާއަށް ދޭން އުޅުނު ޑްރޯން ހަމަލާއެއް ހުއްޓުވާފައިވާ ބުނީ ސައުދީ އަރަބިއްޔާއިންނެވެ. ނަމަވެސް ހޫތީން އެކަން ދޮގުކޮށް، އެއީ ސައުދީ އަރަބިއްޔާއިން އުފެއްދި ވާހަކަތަކެއް ކަމަށް ވަނީ ބުނެފަ އެވެ.

ގާނޫނުއަސާސީގެ ފޮނިމީރުކަން ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށް: އަލީ

ގާނޫނުއަސާސީގެ ފޮނިމީރުކަމާއި އިންސާފު ލިބެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، ދައުލަތުގެ ހުރިހާ މުދަލާއި ފައިސާއަކީ ރައީސްގެ އަމިއްލަ އެއްޗަކަށް ވެފައިވާ ކަމަށް ގާނޫނީ ވަކީލު އަލީ ވިދާޅުވި. ގާނޫނުއަސާސީ ފަރުމާކޮށްފައިވާ ގޮތުން މަޖިލީހާއި، މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީގެ ކޮންޓްރޯލް ނެގުމުގެ ފުރުސަތު ރައީސަށް ފަހިވާ ކަމަށް.

ލޯނުގެ އިންޓްރެސްޓަށް އެރި 45 މިލިއަން ޑޮލަރު ދެއްކީ އިންޑިއާއިން

"މި ޓްރެޝަރީ ބިލުތަކުގެ ޕްރިސިޕަލް އެމައުންޓު ދެއްކީ ދިވެހި ސަރުކާރުން. އެކަމަކު މި ހުރިހާ ޓްރެޝަރީ ބިލަކަށް މިދިޔަ ފަސް އަހަރު ޖެހުނު އިންޓްރެސްޓް ދެއްކީ އިންޑިއާއިން. އިންޑިއާ ސަރުކާރުން ދެއްކީ ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު،" ޖައިސްވާލް ވިދާޅުވި އެވެ.

ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށްފި

މާލެ ސްކޭޓް ޕާކް ސަރަހައްދު ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި ތާށިވެފައި އޮތް ފިރިހެނަކު، ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ސަލާމަތްކޮށްފައި. ގިނަ ގަޑިއިރުތަކެއް ވަންދެން ތާށިވެފައި އޮތް ކަމަށް ބެލެވޭ މި މީހާ ފެނުނީ އޭނާ ހަޅޭއްލަވާ އަޑަށް ކަމަށްވާއިރު، މިހާރު އޭނާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން.

Newsletter

Get the latest news delivered straight to your inbox