ޕީޖީގެ ކުރީގެ ދެ ވެރިޔަކު މަރުގެ ޝަރީއަތެއްގައި ދިފާއީ ވަކީލަކަށްވި މައްސަލަ ބޮޑުވެއްޖެ

މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން: ފަޒުނާ އާއި ނިހާޔަތު ދިފާއީ ވަކީލެއްގެ ގޮތުގައި ބައިވެރިވުމަށް އިއުތިރާޒުކުރި

މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން: ފަޒުނާ އާއި ނިހާޔަތު ދިފާއީ ވަކީލެއްގެ ގޮތުގައި ބައިވެރިވުމަށް އިއުތިރާޒުކުރި

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ އިސް މަގާމުތަކެއް ތިއްބެވުމަށްފަހު ވަކިވެވަޑައިގަތް ދެ ބޭފުޅަކު، ގިނަ ދުވަސްވެފައިވާ މަރުގެ މައްސަލައެއްގައި އިސްތިއުނާފު ޝަރީއަތުގައި ދިފާއީ ވަކީލުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވުމުން ދައުލަތުން އިއުތިރާޒުކޮށްފި އެވެ.

މި މައްސަލައަކީ 2006 ވަނަ ގއ. މާމެންދޫގައި މުހައްމަދު ޝިހާބު ކިޔާ މީހެއްގެ ގައިގާ ލަކުޑިބުރިތަކަކުން ހަތަރު މީހަކު ވެގެން ތަޅައި މަރާމާރީ ހިންގުމުގެ ސަބަބުން ޝިހާބު މަރުވި ހާދިސާއާ ގުޅޭ މައްސަލައެކެވެ.

މި މައްސަލާގައި މާމެންދޫ ހަތަރު މީހެއްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލި އެވެ. އެ މައްސަލާގައި ކުށް ސާބިތުވާ ކަމަށް ކުރިން ޖިނާއީ ކޯޓުން ހުކުމްކުރި އެވެ. ނަމަވެސް، މައްސަލަ އިސްތިއުނާފުކުރުން މައްސަލާގައި ހިމެނޭ ދެ މީހެއްގެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އެންގި އެވެ.

Advertisement

އެ އެންގުމުގެ ދަށުން ކުރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށްފަހު ހުކުމްކުރީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެއީ، މާމެންދޫ މާސް، އަލީ މަސްއޫދު ސައީދު، މާމެންދޫ، ޕިންކްލައިޓް، މުހައްމަދު ޝިފްރާޒެވެ.

ކުރިމިނަލް ކޯޓުން ކޮށްފައިވާ އެ ހުކުމް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން މައްސަލާގެ ޝަރީއަތް މިއަދު ވަނީ ފަށާފަ އެވެ.

ދައުވާ ލިބޭ މުހައްމަދު ޝިފްރާޒުގެ ދިފާއީ ވަކީލުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތާއި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒުނާ އެވެ.

އެ ދެ ބޭފުޅުން ދިފާއީ ވަކީލުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވުމުން އެކަމާ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އިއުތިރާޒުކޮށް، އެ ވަކީލުން މި މައްސަލަައިން ތަނާޒަލުވުމަށް އެންގުމަށް އެދުނެވެ.

ދައުލަތުން ފާހަގަކުރާ ގޮތުގައި އެ ދެ ބޭފުޅުން، މި މައްސަލާގެ ދިފާއީ ވަކީލުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ގާނޫނީ ފަންނުގެ ގާނޫނާ ހިލާފަށެވެ. އެގޮތުން ދެ ބޭފުޅުންގެ އަމަލަކީ ގާނޫނުގެ 39 ވަނަ މާއްދާގެ (ށ)އަށް ފެތޭ އަމަލެކެވެ.

އެ މާއްދާގައި ބުނަނީ އަޅަންޖެހޭ ފަރުވާތެރިކަމުގެ ފިޔަވަޅު އެޅުމަކާ ނުލައި، މުވައްކިލު ގާނޫނީ އެހީތެރިކަން ބޭނުންވާ މައްސަލައާ ގުޅޭގޮތުން، ގެއްލުމެއްވުމުގެ އިހްތިމާލެއް އޮތް ނުވަތަ އެފަދަ ކަމެއް މެދުވެރިވެދާނެ ކަމެއް ކުރުމަކީ ސުލޫކާ ހިލާފު ކަމެއް ކަމަށެވެ.

އަދި، ގާނޫނުގެ 41 ވަނަ މާއްދާގައި ބުނާ ގާނޫނީ ވަކީލެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދިދާނެ ފަދަ އެއްވެސް ކަމެއް އެ ވަކީލަކު ކޮށްގެން ނުވާނެ ކަމަށް ބުނާ މާއްދާއާ ވެސް ހިލާފު ކަމެއް ކަމަށެވެ.

އެކަން ދައުލަތުން ފާހަގަ ކުރުމުން، ފަޒުނާ އަދި ނިހާޔަތު ވެސް ވިދާޅުވީ ގާނޫނާ ހިލާފަށް ގަސްދުގައި ކަމެއް ކޮށްފައިނުވާ ކަމަށެވެ. އަދި، ޕީޖީ އޮފީހުގައި ވަކި މަގާމެއް، ވަކި މުއްދަތެއްގައި މަސައްކަތް ކޮށްފައިވުމަކީ މިހާރު މައްސަލައެއްގައި ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހުރަސްއެޅޭނެ ކަމެއް ނޫން ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް އަހުމަދު ތައުފީޒު ވިދާޅުވީ، ޑެޕިއުޓީއެއްގެ ގޮތުގައި ނިހާޔަތު މަސައްކަތް ކުރެއްވިއިރު ހުންނެވީ އިސްތިއުނާފު މައްސަލަތަކާ ހަވާލުވެ ކަމަށާއި މި މައްސަލާގެ އިސްތިއުނާފުގައި ވެސް ރިމާކްސް ދެއްވާފައިވާ ކަމަށެވެ.

"ރިމާކްސްގަ އެބަހުރި ބައެއް އިސްލާހުތައް ގެނައުމަށް ލިޔުއްވާފައި ވެސް،" ތައުފީގު ވިދާޅުވި އެވެ.

އަދި، މައްސަލައާ ގުޅޭ ބައްދަލުވުންތަކުގައި ނިހާޔަތާއި ފަޒުނާ ބައިވެރިވެވަޑައިގެންފައިވާ ކަމަށް ވެސް ތައުފީގު ވިދާޅުވި އެވެ. ނަމަވެސް، އެ ބައްދަލުވުންތަކުގައި ޔައުމިއްޔާއެއް ނެތެވެ.

އެ ވާހަކަތަކާ ގުޅިގެން ނިހާޔަތާއި ފަޒުނާ ފާހަގަ ކުރެއްވީ ޕީޖީ އޮފީހުގައި މަސައްކަތް ކުރެއްވިއިރު، ސީދާ މި މައްސަލާގައި މަސައްކަތް ކުރެއްވިކަން ހަނދާން ނެތް ކަމަށެވެ. ނަމަވެސް، މައްސަލާގައި ބައިވެރިވެފައި އޮތްކަން އެނގޭ ފަދަ ލިޔުންތަކެއް ދައުލަތުން ހުށަހަޅައިފިނަމަ މައްސަލައިން ތަނާޒުލްވުމަށް ތައްޔާރަށް ތިއްބެވި ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވި އެވެ.

ދެ ވަކީލުންގެ އެހެން ވިދާޅުވުމުން، ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ސުވާލުތަކެއް އަމާޒު ކުރެއްވި އެވެ.

"މަރުގެ މައްސަލައެއް މައްސަލައަކީ، ހަމަ އެއްގޮތަކަށް ވެސް ތިޔަ ބޭފުޅުންގެ އިންވޯލްމެންޓެއް އޮތްކަން ނޭނގެނީތޯ، އެހާ ވެސް ހަނދާން ބަލީތޯ؟" ފަނޑިޔާރު ނިޔާޒު އެއްސެވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ނިހާޔަތު ވިދާޅުވީ މި މައްސަލައަކީ އެއްވެސް އިރެއްގައި އޭނާއަށް ހަވާލުކުރި މައްސަލައެއް ނޫން ކަމަށެވެ. މޭޖާ ކްރައިމްސް ޔުނިޓެއް އޭރު އޮންނަ ކަމަށާއި މައްސަލަ ކުރިއަށް ދިޔައީ އެ ޔުނިޓްގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެ ޔުނިޓްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަހުމޫދު ސަލީމް ކަމަށެވެ.

"މަހުމޫދު ސަލީމް ރަށުގައި ނޫޅެންޏާ ވަގުތީ ގޮތުން ހަވާލުކުރޭ އަޅުގަނޑާ، އެހެން ހުންނަ މުއްދަތެއްގައި އެކި މައްސަލަތަކުގައި ޕްރޮސިކިއުޓަރުން ވަޑައިގެން ލަފައެއް ހޯދައި އެއްޗެއްގަ ސޮއިކޮށްފަ ނޯންނާނެއެކޭ ދަންނަވާކަން ނުކުރޭނެ، އެކަމަކު ޔަގީންވާ ކަމަކީ އަޅުގަނޑަކީ މި މައްސަލާގެ ޕްރޮސިކިއުޓަރެއް ނޫނޭ،" ނިހާޔަތު ވިދާޅުވި އެވެ.

ނިހާޔަތު އަދި ފަޒުނާ ވެސް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގައި މަސައްކަތް ކުރި ކަމަށް ހަމައެކަނި ބުނެގެން، ދިފާއީ ވަކީލުންގެ ގޮތުގައި އެ ބޭފުޅުން މަސައްކަތް ކުރެއްވުމަށް އިއުތިރާޒު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް، ފަނޑިޔާރު ނިޔާޒު ވިދާޅުވީ، އެ ދެ ބޭފުޅުންނަކީ އިސް މަގާމެއްގެ ފުރުއްވި ދެ ބޭފުޅުން ކަމުން އާންމު އުސޫލުން ހުރިހާ މައްސަލަތަކެއްގެ މައުލޫމާތު ވެސް އެނގޭނެ ކަމަށް ބަލަން ޖެހޭ ކަމަށެވެ.

"ޕީޖީ އޮފީހުގައި އުޅުނީތީއޭ ބުނާ ސްޓޭޓްމެންޓަކީ އެއީ ވަރަށް އާންމު ލެވެލެއްގަ މަސައްކަތް ކުރާ ވަޒީފާ އަދާކުރާ މުވައްޒަފުންނާ ދޭތެރޭ ބަޔާންކުރާ ފަދަ ސްޓޭޓްމެންޓެއް، ޓައިޓަލް ހޯލްޑްކުރާ ގޮތަކުން އެ މަގާމުގެ މަސްއޫލިއްޔަތު ހުރި މިންވަރެއްގެ މައްޗަށް ބިނާކޮށް ޖަވާބުތައް ދެއްވަންވާނީ،" ފަނޑިޔާރު ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ، ނިހާޔަތާއި ފަޒުނާގެ އެއްވެސް ބައިވެރިވުމެއް މައްސަލާގައި އޮތްކަން އެނގޭ ފަދަ ލިޔުމެއްވާނަމަ އެ ލިޔުމެއް ތިން ދުވަސް ތެރޭ ހުށަހެޅުމަށް އެންގުމަށްފަހު އެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި ދިފާއީ ވަކީލުންނާމެދު ގޮތެއް އެ ލިޔުންތައް ލިބުމުން ކަނޑައަޅާ މައްސަލާގައި އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox