އަފްގާން ސިޓީތަކުގައި ހަނގުރާމަ ކުރަން ބޭނުމެއް ނޫން: ތާލިބާން

ތާލިބާން ހަނގުރާމަވެރިން.-- ފޮޓޯ: އޭއެފްޕީ

ތާލިބާން ހަނގުރާމަވެރިން.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ޖުލައި 14) - އަފްގާނިސްތާނުގެ ސިޓީތަކުގައި ހަނގުރާމަ ކުރަން ބޭނުން ނުވާ ކަމަށާއި އޭގެ ބަދަލުގައި ސިފައިން އަމާން ދިނުމަށް އެދޭ ކަމަށް ތާލިބާނުން ބުނެފި އެވެ.

ބޭރުގެ ސިފައިން އަފްގާނިސްތާން ދޫކޮށް ދާން ފަށާފައިވާ މި ދަނޑިވަޅުގައި ތާލިބާނުން ވަނީ ހަނގުރާމަ ވަރުގަދަކޮށް، ބޮޑު ސަރަހައްދުތަކެއް ހިފައިފަ އެވެ.

އަފްގާނިސްތާނުގެ ހާލަތު ނުރައްކާވުމުން ގިނަ ގައުމުތަކުގެ ރައްޔިތުން އެ ގައުމުން ފޭބުމަށް ދަނީ އަންގަމުންނެވެ. ޗައިނާ އާއި އިންޑިއާއިން އެގޮތަށް އަމަލުކޮށްފައި ވާއިރު، ފްރާންސުން ވެސް ނިންމީ އަންނަ ހޮނިހިރު ދުވަހު ޗާޓަރު ފްލައިޓެއްގައި ރައްޔިތުން ގައުމަށް ގެންދިޔުމަށެވެ. އޭގެ އިތުރުން ޖަރުމަނުން ވެސް ވަނީ ރައްޔިތުން އަފްގާނިސްތާނުން ފޭބުމަށް އަންގާފަ އެވެ.

އަމާން ދޭ ސިފައިންގެ ފައުޖުތަކުގެ ކަންކަން ބަލަހައްޓާ ތާލިބާން ކޮމިޝަނުގެ ވެރިޔާ ބުނީ ސިޓީތަކުގައި ހަނގުރާމަ ކުރަން އެއް ގޮތަކަށް ވެސް ބޭނުން ނުވާ ކަމަށެވެ.

"ފަރުބަދަތަކާއި ސަހަރާތަކުގައި ހަނގުރާމަކޮށް ނިމި، ސިޓީތަކުގެ ދޮރާއްޓާ ހަމައަށް މިހާރު ފޯރާފައި ވާއިރު، ތާލިބާނުން ސިޓީ ތެރޭގައި ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން،" އާމިރް ހާން މުއްތަގީ ކުރި ޓްވީޓެއްގައި ބުންޏެވެ.

އޭނާ ބުނީ ސިޓީތަކަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނީ ތާލިބާނުންނާ ގުޅުމުން ކަމަށާއި އެ ދައުވަތުގެ ބޭނުން ހިފުމަށް ގޮވާލާ ކަމަށެވެ.

މީގެ ކުރިން 1990 ގެ އަހަރުތަކުގައި ތާލިބާނުން ބާރުގަދަވިއިރު ވެސް ގެންގުޅުނީ މި ސްޓްރެޓެޖީ އެވެ. އެގޮތުން އަވަށްތަކާއި ސިޓީތަކުގެ މުސްކުޅި ބޮޑުން މެދުވެރިކޮށް،ނަސޭހަތް ދީ ހަދައިގެން ސިފައިންނަށް އަމާން ދެވޭނެ ގޮތެއް ހަމަޖައްސަ އެވެ.

މުއްތަގީ އެހެން ބުނިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ވެރިރަށް ކާބުލްގެ މެދުގައި އޮތް ބޮމެއް ގޮއްވާލާ ހަތަރު މީހަކު މަރުވި އެވެ. އެ ހަމަލާގައި އިތުރު 11 މީހުން ޒަހަމްވި ކަމަށް ފުލުހުން ބުނެ އެވެ.

އަފްގާނިސްތާނުގެ ޑިފެންސް މިނިސްޓްރީން ބުނީ ގިނަ ދުވަސްތަކެއް ވަންދެން ހަމަލާ ބަދަލު ކުރުމަށް ފަހު ގާލާއިނޯ ސިޓީން ތާލިބާނުން ފައްސާލާފައިވާ ކަމަށެވެ. އެ ސިޓީއަކީ މިދިޔަ މޭ މަހުން ފެށިގެން ތާލިބާނުންނަށް ހަމަލާދެވުނު ފުރަތަމަ މައި މަރުކަޒެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox