އިރާގުގެ ކޮވިޑް ފެސިލިޓީއެއްގައި ރޯވެ 52 މީހުން މަރުވެއްޖެ

މަރުވި މީހުންގެ ހަށިތައް ގެންދަނީ.-- ފޮޓޯ: ރޮއިޓާޒް

މަރުވި މީހުންގެ ހަށިތައް ގެންދަނީ.-- ފޮޓޯ: ރޮއިޓާޒް

ނާސިރިއްޔާ، އިރާގު (ޖުލައި 13) - އިރާގުގެ ހޮސްޕިޓަލެއްގައި ކޮވިޑް ބަލި މީހުން ބައިތިއްބާ ވޯޑެއްގައި ހޯމަ ދުވަހުގެ ރޭ ރޯވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 52 މީހުން މަރުވެ، 22 މީހުންނަށް އަނިޔާވެއްޖެ އެވެ.

އަލިފާނުގެ ހާދިސާގެ ހިނގީ ދެކުނު ނާސިރިއްޔާ ސިޓީގައި ހުންނަ އަލް ހުސެން ހޮސްޕިޓަލުގަ އެވެ. ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރީ އިރާގުގެ ސިވިލް ޑިފެންސް ފޯސްގެ މަސައްކަތުންނެވެ.

ހެލްތު ޑައިރެކްޓެރޭޓްގައި ހިމެނޭ ސިއްހީ މަސްދަރަކުން އޭއެފްޕީއަށް ބުނީ "އަލިފާން ރޯވާން ދިމާވި މައިގަނޑު ސަބަބަކީ އޮކްސިޖަން ޓޭންކުތައް ގޮވުން" ކަމަށެވެ.

ނާސިރިއްޔާގެ ސިއްހީ އިދާރާގެ ތަރުޖަމާނު ހައިދަރު އަލް ޒަމީލީ ވިދާޅުވީ މިހާތަނަށް 52 މީހެއްގެ ހަށިގަނޑު ފެނިފައި ވާއިރު، އިތުރު 22 މީހަކަށް އަނިޔާވެގެން ފަރުވާދެމުންދާ ކަމަށެވެ.

"ގިނަ ބަޔަކު މަރުވީ ފިހިގެން. އިތުރު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް. ބައެއް މީހުން އެތަނުގެ ތެރޭގައި ތާށިވެފައި ތިބުމުގެ ބިރު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

އެ ހޮސްޕިޓަލުގައި ކޮވިޑް ބަލި މީހުންނަށް ހާއްސަ ވޯޑުގައި 70 އެނދު ހުރެ އެވެ. މިއީ ފާއިތުވި ތިން މަހުގެ ތެރޭގައި އިރާގުގެ ކޮވިޑް ފެސިލިޓީއެއްގައި މިގޮތަށް ރޯވި ދެ ވަނަ ފަހަރެވެ.

އެކަމާ ހިތްހަމަނުޖެހި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ހޮސްޕިޓަލުގެ ބޭރުގައި މުޒާހަރާކޮށްފަ އެވެ. އޭގެ އިތުރުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އިސްވެރިންގެ އިސްތިއުފާއަށް ގޮވަމުންނެވެ.

އަލް ހުސެން ހޮސްޕިޓަލް ހުންނަ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާއިރު، ނާސިރިއްޔާގެ ސިޓީގެ އެހެން ހޮސްޕިޓަލުތަކުގެ ޑޮކްޓަރުންނަށް އަންގާފައި ވަނީ އަލިފާނުގައި ޒަހަމްވި މީހުންނަށް އަވަހަށް ފަރުވާ ދިނުމަށެވެ.

ބޮޑު ވަޒީރު މުސްތަފާ އަލް ހަދޭމީ ވަނީ ކުއްލި ބައްދަލުވުމަށް ފަހު އަލިފާން ރޯވި ސަބަބު ދެނެގަންނަން އަމުރު ކުރައްވާފައި ކަމަށް އެމަނިކުފާނުގެ އޮފީހުން ކުރި ޓްވީޓެއްގައި ބުންޏެވެ.

އަލިފާން ރޯވި ހޮސްޕިޓަލް ހުންނަ ސަރަހައްދުގެ ސިއްހީ އިދާރާގެ ވެރިޔާ އާއި ހޮސްޕިޓަލުގެ ވެރިޔާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ފުލުހުން ދަނީ އެ މީހުންނާ ސުވާލު ކުރަމުންނެވެ.

މިދިޔަ އޭޕްރިލް މަހު ބަގްދާދުގައި ހުންނަ ކޮވިޑް ފެސިލިޓީއެއްގައި ރޯވެ 82 މީހުން މަރުވެ، 110 މީހުންނަށް އަނިޔާވި އެވެ. އެ ފަހަރު ވެސް ރޯވީ އޮކްސިޖަން ސިލިންޑަރުތައް ގޮވައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox