އާުޖެންޓީނާގެ ޑެ ޕޯލް އެތުލެޓިކޯ އަށް ސޮއިކޮށްފި

Jul 13, 2021, 3:30 AM
އާުޖެންޓީނާގެ ޑެ ޕޯލް އެތުލެޓިކޯ އަށް ސޮއިކޮށްފި

މެޑްރިޑް (ޖުލައި 13) - އިޓަލީގެ އުދިނޭޒީ އަށް ކުޅެމުންދިޔަ އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރީގޯ ޑެ ޕޯލް ސްޕެއިނުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި އެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ޑެ ޕޯލްގެ ޑީލްގެ ހުރިހާ މަޝްވަރާއެއް އެތުލެޓިކޯ އާއި އުދިނޭޒީން ވަނީ ނިންމާލައިފަ އެވެ. އަދި ކޮޕަ އެމެރިކާ ނިމުމުން ޑެ ޕޯލްގެ މެޑިކަލާއި ކޮންޓްރެކްޓް ކަންކަން ކުރިއަށް ގެންދަން ނިންމާފައި އޮތްއިރު، އިއްޔެ ވަނީ އެ ބައި ފުރިހަމަކޮށްފަ އެވެ.

އުމުރުން 27 އަހަރުގެ ޑެ ޕޯލް އެތުލެޓިކޯއާ ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ގަންނަން އެތުލެޓިކޯ އިން ޖުމްލަ 40 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ.

"އަހަރެން މި ހުރީ ވަރަށް އުފަލުން. އަހަރެން މި ބަދަލުވަނީ ލަލީގާ ޗެމްޕިއަނުންނަށް. އަހަންނަށް އެނގޭ މި ކްލަބަށް ބަދަލުވުމަށް ފަހު ޒިންމާ ބޮޑުވާނެ ކަން. އަހަރެން ދެކެނީ މިއީ ކެރިއަރުގައި ލިބުނު ކުރިއެރުމެއް ކަަމަށް،" ޑެ ޕޯލް ބުންޏެވެ.

އާޖެންޓީނާގެ ރޭސިން ކްލަބަށް ކުޅުމަށް ފަހު ޑެ ޕޯލް އެންމެ ފުރަތަމަ ގުޅުނު ޔޫރަޕްގެ ކްލަބަކީ ސްޕެއިނުގެ ވެލެންސިއާ އަށެވެ. އެ ޓީމުގައި ދެ އަހަރު ހޭދަކުއިރު، އެއް ސީޒަނުގައި ލޯނަަކަށް ކުރީގެ ޓީމު ރޭސިން އަށް ކުޅުނެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އުދިނޭޒީ އަށް ކުޅެން ފަށައި މިދިޔަ ސީޒަނުގެ ނިޔަށް އެ ޓީމަށް ގިނަ މެޗުތަކެއް ކުޅުނެވެ. މިދިޔަ އަހަރުން ފެށިގެން އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ޑެ ޕޯލް ވަނީ ގިނަ މެޗުތަކެއްގައި ކުޅެފަ އެވެ.

މި ފަހަރުގެ ކޮޕަ އެމެރިކާ ކާމިޔާބުކޮށް 28 އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ތަށި ހޯދި އާޖެންޓީނާ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ޑެ ޕޯލްގެ އިތުރުން ލަޓާރޯ މާޓީނޭޒް ގެންނަން ވެސް އެތުލެޓިކޯ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެތުލެޓިކޯ އިން ދެން މަޝްވަރާ ކުރަމުން އަންނަ ޑީލަކީ އެ ޓީމަށް ކުރިން ކުޅުނު އެންޓޮއިން ގްރީޒްމަން އަލުން ގެންނަން ކުރާ މަސައްކަތެވެ. ބާސެލޯނާ އިން އެ ކްލަބްގެ މުސާރަ ކަންތައްތައް ހަމަޔަކަށް އަޅުވަން މަސައްކަތް ކުރުމުގެ ތެރެއިން ގްރީޒްމަން ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން މިހާރު ވަނީ އެތުލެޓިކޯ އަށް ކުޅޭ ސައުލް ނިގޭޒާއި ގްރީޒްމަން ބަދަލުކުރަން ހުށަހަޅައިފަ އެވެ. ސައުލް ހޯދަން އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލުން ވެސް މަސައްކަތް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox