އިނގިރޭސި ބަހުން ކޯޓު އަމުރުތައް ނެރެވޭނެ ގޮތް ހަދައިފި

Jul 12, 2021, 10:05 AM
ސުޕްރީމް ކޯޓު: ކޯޓު އަމުރުތައް އިނގިރޭސި ބަހުން ނެރެވޭ ގޮތަށް ވަނީ ހަދާފައި.

ސުޕްރީމް ކޯޓު: ކޯޓު އަމުރުތައް އިނގިރޭސި ބަހުން ނެރެވޭ ގޮތަށް ވަނީ ހަދާފައި.

ބިދޭސީންގެ މައްޗަށް ނެރޭ ކޯޓު އަމުރުތައް އިނގިރޭސި ބަހުން ނެރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކާއި ހުކުމްތައް އަދި އަމުރުތައް ވެސް ނެރެނީ ދިވެހި ބަހުންނެވެ. އެއީ ބިދޭސީއެއްގެ މައްޗަށް ހިންގާ ޝަރީއަތެއް ނަމަވެސް، އެކަން އޮންނަނީ އެގޮތަށެވެ.

މީހުން ހައްޔަރުކުރުމަށާއި ބަންދު ޖެހުމަށް އަދި ބަލާފާސްކުރުމަށް އަމުރުތައް ދިވެހި ބަހުން ނެރެމުންދާއިރު، މިފަދަ އަމުރުތައް ބިދޭސީންގެ މައްޗަށް ނެރޭ މިންވަރު ވެސް އިތުރެވެ.

އެމީހުންގެ މައްޗަށް ނެރޭ އަމުރުތައް ނޭނގޭ ބަހަކުން އޮންނާތީ އެކަމުގެ ކަންބޮޑުވުން އޮވެ އެވެ.

އެކަމަށް ހައްލު ގެނައުމުގެ ގޮތުން ސުޕްރީމް ކޯޓުން މިއަދު ވަނީ ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފަ އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސޮއިކުރައްވާ ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަނުގައި ބުނީ ބިދޭސީއެއްގެ މައްޗަށް ނޫނީ އެމީހުންގެ ބޭނުމަށް ނެރޭ އަމުރުތައް އެމީހުންނަށް ދޭހަވާނެ ބަހަކުން އޮތުން މުހިންމު ކަމަށެވެ.

އެހެންވެ، އަމުރުތައް ނެރުމުގައި ގަވައިދުގެ ޖަދުވަލުގައިވާ ނަމޫނާގައި ބަޔާންކޮށްފައި ހުރި ކަންކަން ހިމެނޭ ގޮތަށް އިނގިރޭސި ބަހުން ނެރުމަށް ހުރަހެއް ނެތް ކަމަށް ޕްރެކްޓިސް ޑައިރެކްޝަންގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމު އިސްކުރާނަމަ ޕީއެންސީގެ ފަލްސަފާއާ ދެބަހެއް ނުވާނެ"

ޕީއެންސީގެ މައިގަނޑު ސިޔާސަތަކީ "އެންމެ ފުރަތަމަ ގައުމު" އިސްކުރުން ކަމަށާއި، އެ ފަލްސަފާއާ އެއްގޮތަށް މަސައްކަތްކުރާނަމަ އެއްވެސް ބަޔަކު އެ ޕާޓީއާ ދެބަސްނުވާނެ ކަމަށް މުއިއްޒު ވިދާޅުވި. އަދި އެހެން ސިޔާސީ ފިކުރުތަކަކީ ފަނާކުރަނިވި ފިކުރުތަކެއް ކަމަށާއި، ގައުމު އިސްކޮށްގެން މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމަށްވެސް މުއިއްޒު ވިދާޅުވި.

ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓު މުއިއްޒަށް ރަސްމީކޮށް އަރުވައިފި

ޕީއެންސީގެ އަސާސީ ގަވާއިދާ އެއްގޮތަށް، 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލައި ރައީސް މުހައްމަދު މުއިއްޒަށް އެރުވުމަށް އެ ޕާޓީގެ ކޮންގްރެސްއިން ވަނީ ނިންމައި، މިރޭ ރަސްމީކޮށް ޓިކެޓު ހަވާލުކޮށްފައި. މިއީ އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާތީ ނިންމި ނިންމުމެއް ކަމަށް ޕީއެންސީން ބުނޭ.

ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ދެ މީހުން ހައްޔަރަށް

ހިޔާ ޓަވަރެއްގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ 36 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ އަންހެނަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. ކޯޓުން މި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

މައްކާއަށް ހަމާލާ ދޭން އުޅުނީ ހޫތީން ކަމަށް ހުތުބާގައި ބުނެފި

ހޫތީން މައްކާއަށް ދޭން އުޅުނު ޑްރޯން ހަމަލާއެއް ހުއްޓުވާފައިވާ ބުނީ ސައުދީ އަރަބިއްޔާއިންނެވެ. ނަމަވެސް ހޫތީން އެކަން ދޮގުކޮށް، އެއީ ސައުދީ އަރަބިއްޔާއިން އުފެއްދި ވާހަކަތަކެއް ކަމަށް ވަނީ ބުނެފަ އެވެ.

ގާނޫނުއަސާސީގެ ފޮނިމީރުކަން ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށް: އަލީ

ގާނޫނުއަސާސީގެ ފޮނިމީރުކަމާއި އިންސާފު ލިބެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، ދައުލަތުގެ ހުރިހާ މުދަލާއި ފައިސާއަކީ ރައީސްގެ އަމިއްލަ އެއްޗަކަށް ވެފައިވާ ކަމަށް ގާނޫނީ ވަކީލު އަލީ ވިދާޅުވި. ގާނޫނުއަސާސީ ފަރުމާކޮށްފައިވާ ގޮތުން މަޖިލީހާއި، މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީގެ ކޮންޓްރޯލް ނެގުމުގެ ފުރުސަތު ރައީސަށް ފަހިވާ ކަމަށް.

ލޯނުގެ އިންޓްރެސްޓަށް އެރި 45 މިލިއަން ޑޮލަރު ދެއްކީ އިންޑިއާއިން

"މި ޓްރެޝަރީ ބިލުތަކުގެ ޕްރިސިޕަލް އެމައުންޓު ދެއްކީ ދިވެހި ސަރުކާރުން. އެކަމަކު މި ހުރިހާ ޓްރެޝަރީ ބިލަކަށް މިދިޔަ ފަސް އަހަރު ޖެހުނު އިންޓްރެސްޓް ދެއްކީ އިންޑިއާއިން. އިންޑިއާ ސަރުކާރުން ދެއްކީ ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު،" ޖައިސްވާލް ވިދާޅުވި އެވެ.

ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށްފި

މާލެ ސްކޭޓް ޕާކް ސަރަހައްދު ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި ތާށިވެފައި އޮތް ފިރިހެނަކު، ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ސަލާމަތްކޮށްފައި. ގިނަ ގަޑިއިރުތަކެއް ވަންދެން ތާށިވެފައި އޮތް ކަމަށް ބެލެވޭ މި މީހާ ފެނުނީ އޭނާ ހަޅޭއްލަވާ އަޑަށް ކަމަށްވާއިރު، މިހާރު އޭނާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން.

Newsletter

Get the latest news delivered straight to your inbox