އަލިފާން ރޯވެ 52 މީހުން މަރުވުމުން ބަންގްލަދޭޝްގެ ފެކްޓްރީ ވެރިޔާ ހައްޔަރުކޮށްފި

ބަންގްލަދޭޝްގައި ރޯވި ފެކްޓްރީ ކައިރިއަށް މީހުން ޖަމާވެފައި.-- ފޮޓޯ: އޭއެފްޕީ

ބަންގްލަދޭޝްގައި ރޯވި ފެކްޓްރީ ކައިރިއަށް މީހުން ޖަމާވެފައި.-- ފޮޓޯ: އޭއެފްޕީ

ދާކާ، ބަންގްލަދޭޝް (ޖުލައި 10) - ބަންގްލަދޭޝްގެ ފެކްޓްރީއެއްގައި ރޯވެ 52 މީހުން މަރުވި ހާދިސާއާ ގުޅިގެން އެ ފެކްޓްރީގެ ވެރިޔާ ހައްޔަރުކޮށްފި އެވެ.

ރޯވި ފެކްޓްރީގައި އުމުރުން 11 އަހަރުގެ ކުޑަކުދިން ވެސް މަސައްކަތް ކުރަމުން ދިޔަކަން ފަޅާ އަރާފައިވަނީ ފުލުހުން އިއްޔެ ފެށި ތަހުގީގުންނެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި އަށް މީހުންގެ ތެރޭގައި، ކާބޯތަކެތި އުފައްދާ ފެކްޓްރީގެ ވެރިޔާ އާއި އޭނާގެ ހަތަރު ދަރިން ވެސް ހިމެނޭ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފެކްޓްރީގައި ރޯވެ، އެއް ދުވަސް ވަންދެން އަނދާފައި ވެ އެވެ. އަލިފާން ރޯވި ސަބަބާއި އެ ތަނުގައި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވި މައްސަލަ ތަހުގީގު ކުރަނީ ވަކިވަކިންނެވެ.

ނަރާޔަންގަންޖް ޑިސްޓްރިކްޓުގެ ފުލުހުންގެ ވެރިޔާ ޖައިދުލް އާލަމް އޭއެފްޕީއަށް ވިދާޅުވީ އަލިފާން ރޯވި އިރު ފެކްޓްރީއަށް ވަދެވެން އޮންނަ ދޮރުގައި އޮތީ ތަޅު އަޅުވާފައި ކަމަށެވެ. އަދި އެތަން ހިންގަމުން ދިޔައީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގިނަ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވި އެވެ.

"އެއީ ގަސްތުގައި ގިނަ ބަޔަކު މަރާލުން،" އޭނާ ވިދާޅުވި އެވެ.

ރޯވި ހާޝިމް ފުޑް އެންޑް ބެވެރޭޖް ފެކްޓްރީ ހުންނަނީ ދާކާގެ ބޭރުން އޮންނަ ރުޕްގާންޖް ސިނާއީ އަވަށުގަ އެވެ. މަރުވެފައިވާ 48 މީހެއްގެ ހަށިގަނޑު ފެނުނީ އެ ތަނުގެ ތިން ވަނަ ބުރިންނެވެ.

އަލިފާން ނިއްވާ ހިދުމަތުގެ ތަރުޖަމާނަކު ބުނީ، މައި ސިޑިއަށް ދާން ހުންނަ ދޮރުގައި ވެސް ހުރީ ތަޅު އަޅުވާފައި ކަމަށެވެ. އެ އިމާރާތުގައި ގިނަ އަދަދެއްގެ ކެމިކަލް އާއި އަލިފާން ރޯވާ ޒާތުގެ ޕްލާސްޓިކް ތަކެތި ވެސް ރައްކާކޮށްފައި ހުުއްޓެވެ.

ސްޓޭޓް ލޭބާ މިނިސްޓަރު މޮންނުޖާން ސުފިއާން ވިދާޅުވީ ފެކްޓްރީގައި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވި މައްސަލައިގެ ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

ބަންގްލަދޭޝްގައި 2013 ވަނަ ނުވަ ބުރީގެ ރާނާ ޕްލާޒާ ކޮމްޕްލެކްސް ބިމާ ހަމަވެ، 1،100 އަށް ވުރެ ގިނަ މީހުން މަރުވި ހާދިސާއަށް ފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދައަށް ތަންފީޒު ކުރާނެ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.

ނަމަވެސް އޭގެ ފަހުން ނުރައްކާތެރި އަލިފާނާއި އިމާރާތް ވެއްޓުމުގެ ހާދިސާތައް ހިނގާފައި ވެ އެވެ. އެގޮތުން ފެބްރުއަރީ 2019 ގައި ގަވާއިދާ ހިލާފަށް ދާކާގެ އެޕާޓްމަންޓުތަކެއްގެ ތެރޭގައި ކެމިކަލް ރައްކާކޮށްފައި ހުއްޓާ އަލިފާން ރޯވެ، 70 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox